Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަގުމަތީ ހަރަކާތް

ރާއްޖޭގެ ހާލަތު އޮތްގޮތުން މަގުމަތީ ހަރަކާތަށް ނުނުކުމެ ތިބުން އެއީ ކުރަން ހެޔޮވާ ވަރު ކަމެއް ނޫން - ޝިފާޒް

ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަން އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު ފާސްކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2025 | ހޯމަ 07:11
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

ރާއްޖޭގެ ހާލަތު އޮތްގޮތުން މަގުމަތީ ހަރަކާތަށް ނުނުކުމެ ތިބުން އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ޝިފާޒު މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ހެނދުނު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގެ ޚާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަން އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު ފާސްކޮށްފައެވެ. އިދިކޮޅު މައި ސިޔާސީ ޕާޓީ، އެމްޑީޕީން މަގުމައްޗަށް ނުކުންނަން ފާސްކުރީ އެ ޕާޓީން ބުދަ ދުވަހުގެރޭ ބޭއްވި ގައުމީ މަޖިލީހަށް ހުށަހަޅައި ފާސްކޮށްގެންނެވެ. މި ބައްދަލުވުމުގައި ރިޔާސަތުން ހުށަހެޅީ 31 ޖެނުއަރީގައި "ގާނޫނުއަސާސީގެ ދިފާއުގައި" މަގުމައްޗަށް ނުކުތުމަށެވެ. ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިފާޒް ވަނީ މަގުމަތީގެ ހަރަކާތްތައް މިވަގުތު މުހިންމުކަމަށް ޤަބޫލުކުރައްވާ ސަބަބު ތަފްސީލްކޮށް ހާމަކޮށްދެއްވާފައެވެ.

ރާއްޖޭގެ ޤާނޫނުއަސާސީން ލިބޭ އެންމެ މުހިންމު އެއް ހައްގަކީ ޚިޔާލުފާޅުކުރުމާއި ޖަވާބުދާރީކުރުވުމުގެ ބާރުކަމަށް ޝިފާޒް ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ސިޔާސީ ހަރަކާތެއް ހިންގާ އިރު ބައެއް ފަހަރު ދަތި އުނދަނގޫތަކާއި ދިމާވާ ކަމަށް ފާހަގަކުރައްވާ ޝިފާޒް ވަނީ އެއީ ބަލަންޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މިއަދު ވާ ދައްޗަށް ވުރެ މާދަމާ ވާނެ ދަތި މާ ގޯސް ކަމަށް ޤަބޫލުކުރައްވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ. އެހެންކަމުން މިއަދު ދިމާވާ ދަތިތަކާއި އެކު ވެސް އެ ހަރަކާތް ހިންގުން މުހިންމު ކަމަށް ޝިފާޒް ވަނީ ފާހަގަކުރައްވާފައެވެ. ޝިފާޒް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮތްކަން ސަރުކާރަށް އެނގެންޖެހޭ ކަމަށެވެ. އަދި ރައްޔިތުންނަށް ލިބިދީފައިވާ އެފަދަ މުހިންމު ހައްގެއް ނަގާލައިގެން ނުވާނެ ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ މި އެއްވުން އިއުލާންކޮށްފައި ވަނިކޮށް ރައީސް މުއިއްޒު ވަނީ މަސްލަހަތު ނަގާލުމަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެކަމަށް އިޝާރާތްކުރައްވާ ޝިފާޒް ވިދާޅުވީ މަސްލަހަތު އޮތްގޮތަކީ މަގުމައްޗަށް ނުކުތުން ކަމަށް ވިދާޅުވެފައެވެ. ރައީސަކަށް ހުންނަވައިގެން ރައީސް މުއިއްޒު ގެންދަވަނީ ރާއްޖޭގެ މަސްލަހަތު ނަގާލަމުން ކަމަށް ވެސް ޝިފާޒް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ރައްޔިތުންގެ ފައިސާ ބަލަހައްޓަން ހަވާލުކުރުމުން އެ މަސްލަހަތު ވެސް ރައީސް ހިފަހައްޓަވާ ނުދެއްވި ކަަމަށް ޝިފާޒް ވިދާޅުވިއެވެ. އެހެންކަމުން އެއަށް ވުރެ ބޮޑަށް ރައްޔިތުންގެ މަސްލަހަތު ނަގާލެވޭނެ ކަމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން ވަނީ ސަރުކާރު ޖަވާބުދާރީކުރުމަށްޓަކައި "ގާނޫނުއަސާސީގެ ދިފާއުގައި" ނަމުގައި މިދިޔަ ޑިސެމްބަރު މަހުގައި ވެސް ބޮޑު ޖަލްސާއެއް ބާއްވާފައެވެ. ކާނިވަލުގައި ބޭއްވި މި ޖަލްސާއަކީ އެމްޑީޕީން އިދިކޮޅުގައި ތިބެގެން ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތް ފެށިފަހުން އެމްޑީޕީން ބޭއްވި އެންމެ ބޮޑު ޖަލްސާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު