Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-އެމެރިކާ

ދެ ވެރިންގެ ބައްދަލުވުމާ ބެހޭ ގޮތުން ޓްރަމްޕް ދެއްކެވި ވާހަކަފުޅު ރަޝިޔާ އިން ދޮގުކޮށްފި

11 ޖެނުއަރީ 2025 | ހޮނިހިރު 18:23

ޕުޓިން އާ ބައްދަލު ކުރެއްވުމާ ބެހޭ ގޮތުން ޓްރަމްޕް އެކިފަހަރު މަތިން ދައްކާވާފައިވާ ހުރިހާ ވާހަކަ އެއް ރަޝިޔާ އިން ވަނީ ދޮގުކޮށްފައެވެ.

ރާއްޖެ އެމްވީ | 11 ޖެނުއަރީ 2025 | ހޮނިހިރު 18:23
އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ޕޫޓިން 2018 ވަނަ އަހަރު ފިންލޭންޑްގެ ހެލްސިންކީގައި ބައްދަލު ކުރައްވަނީ

އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ޕޫޓިން 2018 ވަނަ އަހަރު ފިންލޭންޑްގެ ހެލްސިންކީގައި ބައްދަލު ކުރައްވަނީ

އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެފައިވާ ޑޮނަލްޑް ޓްރަމްޕް އޭނާ އާއި ރަޝިޔާގެ ރައީސް ވުލެޑިމިއަރ ޕުޓިންއާ ދެމެދު ބައްދަލުވުމެއް އިންތިޒާމު ވަމުންދާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅު ރަޝިޔާ އިން ދޮގު ކޮށްފިއެވެ. ރަޝިޔާގެ ނޫސް އިންޓަރފެކްސްގައިވާ ގޮތުން، ޕުޓިންގެ ސްޕޯކްސްޕަރސަން ވިދާޅުވެފައިވަނީ ބައްދަލުވުމެއް ހަމަޖެއްސުމަށް އެދި މޮސްކޯ އަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

ޖެނުއަރީ 9 ވަނަ ދުވަހު މާރ-އަ-ލާގޯގައި ރިޕަބްލިކަން ޕާޓީގެ ގަވަރނަރުންނާ ބައްދަލުކުރެއްވުމުގެ ކުރިން ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ، "އޭނާ (ޕުޓިން) ބައްދަލުކުރައްވަން ބޭނުންވޭ. އަދި އެކަން ހަމަޖައްސަމުން މިދަނީ." އޭގެ އިތުރަށް ވިދާޅުވީ ރައީސް ޕުޓިން ބައްދަލުކުރައްވަން ބޭނުންވާ ކަމަށާއި އޭނާ އެވާހަކަ ވަނީ ޢާންމުކޮށް ވެސް ވިދާޅުވެފައި ކަމަށެވެ. އަދި އެ ހަނގުރާމަ ނިންމަން ޖެހޭ ކަމަށާއި އެއީ ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުމެއް ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އޭގެ ދެ ދުވަސް ކުރިން، ޖެނުއަރީ 7 ވަނަ ދުވަހު ޓްރަމްޕްގެ ފްލޮރިޑާ ރިސޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕުޓިންއާ ބައްދަލުކުރެއްވުމާ ބެހޭގޮތުން ސުވާލެއް ދެންނެވުމުން، ޓްރަމްޕް ވަކި ތާރީޚެއް ދެއްވުމަށް އިންކާރުކުރެއްވި ނަމަވެސް ވިދާޅުވެފައިވަނީ، "އެނގޭ ޕުޓިން ބައްދަލުކުރައްވަން ބޭނުންވާކަން، 20 ވަނަ ދުވަހުގެ ކުރިން ބައްދަލުކުރުމަކީ އެކަށީގެންވާ ކަމެއް ނޫން،" ކަމަށެވެ.

ޕުޓިން އާއެކު ބައްދަލުވުމެއް އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، ޖެނުއަރީ 9 ވަނަ ދުވަހު ކްރެމްލިންގެ ތަރުޖަމާނު ޑްމިޓްރީ ޕެސްކޮވް ވިދާޅުވެފައިވަނީ އެކަމަށް އެދި ހުށަހަޅާފައި ނުވާ ކަމަށެވެ.

"ނޫން، އެއްވެސް ރިކުއެސްޓެއް ލިބިފައެއް ނުވޭ."

"މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ މަތީ ފެންވަރުގައި ވާހަކަތައް އަލުން ފެށުމަށް ސިޔާސީ ޝައުގު އޮތްނަމަ، އޭރުން، ޔަގީނުން ވެސް ރައީސް ޕުޓިން އެކަމަށް މަރުޙަބާ ކިޔުއްވާނެއެވެ. ވާހަކަދެއްކުމަށް ތައްޔާރަށް ހުންނެވި ކަމާއި ވާހަކަދެއްކުމުގެ މުހިންމުކަމާ ބެހޭގޮތުން ތަކުރާރުކޮށް ޕުޓިން ވާހަކަފުޅު ދައްކަވާފައިވެއެވެ." ތަރުޖަމާނު ވިދާޅުވިއެވެ.

މިއީ ޓްރަމްޕްގެ ބަޔާންތައް ކްރެމްލިނުން ދޮގުކުރި އެންމެ ފަހުގެ މިސާލެވެ. 2024 ވަނަ އަހަރުގެ އިންތިޚާބު ޓްރަމްޕް ކާމިޔާބު ކުރެއްވުމަށްފަހު، އޭނާ ވިދާޅުވެފައިވަނީ ރަޝިޔާގެ ރައީސްއާ ފޯނުން ވާހަކަދައްކަވައި، ޔޫރަޕްގައި ސުލްޙަ ޤާއިމުކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައި، ހަނގުރާމަ އިތުރަށް ގޯސްވިޔަ ނުދިނުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

ނަމަވެސް، އިންތިޚާބަށްފަހު ޓްރަމްޕާއި ޕުޓިން ފޯނުން ވާހަކަދެއްކެވި ކަމުގެ ރިޕޯޓުތައް ކްރެމްލިނުން ދޮގުކޮށް، ޕެސްކޮވް ވިދާޅުވެފައިވަނީ، "މިއީ މުޅިން ދޮގެކެވެ. މިއީ ހަމަ ހިޔާލީ ވާހަކައެކެވެ؛ މިއީ ހަމަ ދޮގު މަޢުލޫމާތެކެވެ." އޭނާ އިތުރަށް ވިދާޅުވެފައިވަނީ "އެއްވެސް ވާހަކަ ދެކެވުމެއް ނުހިނގައެވެ."

ދެ ލީޑަރުން އަވަހަށް ބައްދަލުކުރައްވާނެތޯ އެހުމުން، އޭނާ ވިދާޅުވެފައިވަނީ "އަދި ވަކި ޕްލޭނެއް ނެތެވެ."

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް