Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ-ޑިމޮކްރެޓްސް

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

މި ތިން ބޭފުޅުންގެ އިތުރުން އަމްރު ވެސް ވަނީ އެމްޑީޕީ އާއި އަލުން ގުޅިވަޑައިގަންނަވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2025 | ހޮނިހިރު 03:48
ޑިމޮކްރެޓްސްގެ އިސް ބައެއް ފަރާތްތައް އެމްޑީޕީ އަށް

ޑިމޮކްރެޓްސްގެ އިސް ބައެއް ފަރާތްތައް އެމްޑީޕީ އަށް

ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ހިމެނޭހެން އެ ޕާޓީގެ އިސް ބައެއް މީހުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރަން ނިންމައިފިއެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ގޮތުގައި، ޝިފާޒްގެ އިތުރުން ޑިމޮކްރެޓްސްގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ އާޒިމް އާއި ނިމިދިޔަ ސަރުކާރުގެ ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން އަދާކުރައްވާފައިވާ އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) ވެސް އެމްޑީޕީ އަށް ސޮއިކުރުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ތިން ބޭފުޅުންގެ އިތުރުން އެމްޑީޕީ ސަރުކާރުގެ އެސްޓީއޯގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ އެމްޑީޕީ އާއި އަލުން ގުޅިވަޑައިގަންނަވާފައެވެ. މީގެ އިތުރުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޑިމޮކްރެޓްސްގެ އިސް އެހެން ބައެއް ފަރާތްތަކުން ވެސް އެމްޑީޕީ އަށް ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން އެމްޑީޕީ އަށް ސޮއިކުރާ މީހުންގެ ތެރޭގައި ޑިމޮކްރެޓްސްގެ ކައުންސިލް މެމްބަރުންނާއި، މަޖިލީހުގެ މެމްބަރުކަން ކުރިން ކުރައްވާފައިވާ ބޭފުޅުން ހިމެނެއެވެ.

ޑިމޮކްރެޓްސް އުފެއްދީ އެމްޑީޕީގައި އުފެދުނު ދެބަސްވުންތަކަށް ފަހު 2023ގައެވެ. އެހެންނަމަވެސް ފަހަކަށް އައިސް މި ދެ ޕާޓީން އައީ ނުރަސްމީ ސިފައެއްގައި އެކުގައި މަސައްކަތްކުރަމުންނެވެ. ޚާއްސަ ގޮތެއްގައި ޤާނޫނުއަސާސީގެ ދިފާއުގައި އެ ދެ ޕާޓީން އެއް ޕްލެޓްފޯމެއްގައި މަސައްކަތްކުރަމުން އައިސްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މި ދަނޑީވަޅަކީ ވެސް ޤާނޫނުއަސާސީގެ ދިފާއުގައި ބޮޑު އެއްވުމެއް ބޭއްވުމަށް އެމްޑީޕީން ތައްޔާރުވަމުންދާ ދަނޑިވަޅެކެވެ.

ޑިމޮކްރެޓްސްގެ އިސް ބައެއް ބޭފުޅުން އެމްޑީޕީ އަށް ސޮއިކުރަމުންދާ އިރު އެ ޕާޓީގެ އިސް ބައެއް ބޭފުޅުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއި ޑިމޮކްރެޓްސްގެ އިސް ބައެއް ބޭފުޅުން ބައްދަލުކުރައްވާފައިވާކަން މި ނޫހަށް ވަނީ ކަށަވަރުވެފައެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު