Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނެޒުއެލާ

ވެނެޒުއެލާގެ ރައީސް މަދޫރޯ ހައްޔަރުކުރުމަށް 25 މިލިއަން ޑޮލަރުގެ އިނާމެއް އެމެރިކާއިން ހުށަހަޅައިފި

އެމެރިކާގެ މި އިނާމަކީ މަދޫރޯގެ ވެރިކަން ނިމުމަކަށް ގެނައުމަށާއި، ޑިމޮކްރަސީ އަނބުރާ ގެނައުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ބާރުދިނުމަށް ކުރި ކަމެއް ކަމަށް ރިޕޯޓުތައް ބުނޭ.

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2025 | ހުކުރު 19:31
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ

ވެނެޒުއެލާގެ ރައީސް ނިކޮލާސް މަދޫރޯ ހައްޔަރުކުރުމަށް ނުވަތަ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތު ތަކުގެ ދަޢުވާ ސާބިތުކުރުމަށް މަގުފަހިކޮށްދޭ މަޢުލޫމާތަކަށް 25 މިލިއަން ޑޮލަރުގެ އިނާމެއް ދޭނެކަމަށް އެމެރިކާއިން އިޢުލާންކޮށްފި ކަމަށް ބީބީސީން ރިޕޯޓުކޮށްފިއެވެ.

ހުކުރު ދުވަހު އެމެރިކާ އިން މި އިޢުލާން ކޮށްފައިވަނީ މަދޫރޯ ވެނެޒުއެލާގެ ރައީސްކަމުގެ އިތުރު ދައުރަކަށް ހުވާކުރެއްވި ދަނޑިވަޅާ ދިމާކޮށެވެ.

2013 ވަނަ އަހަރު ވެނެޒުއޭލާގެ ސޯޝަލިސްޓު އައިކަން ހިއުގޯ ޗާވެޒްގެ ފަހަތުން ވެރިކަމަށް އައުމަށް ޗާވެޒް އިޚްތިޔާރުކުރި މަދޫރޯ އަކީ ވެނެޒުއެލާ އިޤްތިޞާދީ ހަލާކެއްގެ ތެރެއަށް ވެއްޓިގެން ދިއުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތް ކަމަށް އޭނާ އާ އިދިކޮޅު ފަރާތްތަކުން ދެކެއެވެ. ކޮރަޕްޝަނާއި، އިންސާނީ ޙައްޤުތައް ނިގުޅައިގަތުމާއި، މަސްތުވާތަކެތީގެ ވިޔަފާރީގެ ތުހުމަތުތަކާ ކުރިމަތިލައްވަން ޖެހިފައިވާ މަދޫރޯ، އޭނާގެ ބާރު ހިފެހެއްޓުމަށް ބާރުގެ ބޭނުން ކޮށްގެން އިދިކޮޅު ފަރާތްތައް ނައްތާލުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތުވެސް ވަނީ ކުރެވިފައެވެ.

އެމެރިކާގެ މި އިނާމަކީ މަދޫރޯގެ ވެރިކަން ނިމުމަކަށް ގެނައުމަށާއި، ޑިމޮކްރަސީ އަނބުރާ ގެނައުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ބާރުދިނުމަށް އަލުން ފެށިފައިވާ މަސައްކަތެއްކަން ރިޕޯޓުތަކުގައި ވެއެވެ.

ރަޝިޔާ ހިމެނޭ ގޮތުން މަދު ޤައުމަކުން ނޫނީ، ވެނެޒުއެލާގައި ޖުލައި މަހު ބޭއްވުނު އިންތިޚާބު މަދޫރޯ ކާމިޔާބުކުރެއްވި ކަމަށް ބަލައިގެންފައެއް ނުވެއެވެ.

އަނެއްކޮޅުން، އެމެރިކާ އާއި ޔޫރަޕިއަން ޕާލަމެންޓުން އެޑްމުންޑޯ ގޮންޒާލެޒް އަކީ "އިންތިޚާބުވެފައިވާ ރައީސް" ކަމަށް އިޢުލާންކޮށްފައިވާތީ، މަދޫރޯގެ ވެރިކަމަށް އިތުރު ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ.

އިންތިޚާބު ކާމިޔާބު ކުރި ކަމަށް ހުޅަނގުގެ ގައުމުތަކުން ބަލައިގެންފައިވާ ގޮންޒާލެސް ފިލައިގެން ވަނީ ސްޕެއިނަށް ގޮސްފައެވެ. ސެޕްޓެމްބަރު މަހު ސްޕެއިނަށް ފިލައިގެން ދިޔަ ގޮންޒާލެޒް ހައްޔަރުކުރުމަށް 100،000 ޑޮލަރުގެ އިނާމެއް ދޭނެކަމަށް ވެނެޒުއެލާގެ އިސްވެރިން އިޢުލާންކޮށްފައިވެއެވެ.

މަދޫރޯގެ ސަރުކާރުން ޤައުމުން ބޭރަށް ފިލައިގެން ގޮސް އުޅޭ ސިޔާސީ އިސްފަރާތްތަކުގެ "ވޯންޓެޑް" ނޯޓިހެއް ނެރެފައިވެއެވެ.

ގޮންޒާލެޒް ވެސް ބުނެފައިވަނީ ޖުލައި މަހުގެ އިންތިޚާބު ކާމިޔާބުކުރީ އޭނާކަމަށެވެ. 75 އަހަރުގެ ގޮންޒާލެޒް ވަނީ ރައީސްކަމުގެ ހުވާކުރުމަށް ވެނެޒުއެލާއަށް އެނބުރި ދާނެކަމަށް ވަޢުދުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު