Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލޮސް އެންޖެލެސް އަނދަނީ

ޕެރިސް ހިލްޓަން އާއި ބިލީ ކްރިސްޓަލްގެ ގެވެސް އަނދައިފި

ގެދޮރު އެނދި މީހުންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިންނާއި، ލަވަކިޔުންތެރިން ހިމެނޭ އިރު، ސަރަހައްދުން އެެހެން ސަރަހައްދުތަކަށް ބަދަލު ކުރި މީހުންގެ ތެރޭގައިވެސް މަޝްހޫރު ތަރިން ހިމެނޭ.

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2025 | ހުކުރު 10:27
ލޮސް އެންޖެލެސް ގައި އަނދަމުންދާ އަލިފާނުގައި މަޝްހޫރު އެތައް ބައެއްގެ ގެ ވަނީ އަނދާ ހުލިވެފައި

ލޮސް އެންޖެލެސް ގައި އަނދަމުންދާ އަލިފާނުގައި މަޝްހޫރު އެތައް ބައެއްގެ ގެ ވަނީ އަނދާ ހުލިވެފައި

ކެލިފޯނިއާގެ ލޮސްއެންޖެލެސް ގައި ރޯވަމުންދާ އަލިފާނުގެ ސަބަބުން އެތައް ހާސް އިމާރާތްތަކެއް އަނދާ ހުލިވެފައިވާއިރު އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިންނާއި މަހުޖަނުންގެ އަގުބޮޑު ގެތައްވެސް ހިމެނެއެވެ.

އޭގެ އިތުރުން ސަރަހައްދުން ރައްކާތެރި ސަރަހައްދުތަކަށް ގެންދެވުނު މީހުންގެ ތެރޭގައި ވެސް ހޮލިވުޑްގެ މަޝްހޫރު ތަރިން ހިމެނެއެވެ.

ފިލްމީ ތަރިންނާއި ބިލިއަނައަރުން ދިރިއުޅޭ އަގުބޮޑު ސަރަޙައްދުތައް ހިމެނޭ ގޮތަށް، އަލިފާން ރޯވަމުންދާއިރު ޕެރިސް ހިލްޓަނާއި އެކްޓަރ ބިލީ ކްރިސްޓަލްގެ އަމިއްލަ ގެ ވަނީ އަނދައިގެން ގޮސްފައެވެ.

އޮސްކާ ކާމިޔާބުކޮށްފައިވާ ލަވަކިޔުންތެރި ޑައިއޭން ވޮރެން، ޓޯކް ޝޯ ހޯސްޓް ރިކީ ލޭކް، އެކްޓަރ ކެރީ އެލްވެސް އަދި ރިއަލިޓީ ސްޓާރުންކަމަށްވާ ސްޕެންސަރ ޕްރެޓް އަދި ހައިޑީ މޮންޓާގް ވެސް ވަނީ އެ މީހުންގެ ގެތައް އަނދާހުލިވެއްޖެ ކަމަށް ބުނެފައެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ޔޫޖީން ލެވީ އަދި އެޑަމް ބްރޯޑީ އަދި ލެއިޓަން މީސްޓަރ ވެސް ގެދޮރު އެނދި މީހުންގެ ތެރޭގައި ހިމެނެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޓޮމް ހޭންކްސް، ބެން އެފްލެކް ހިމެނެނީ އެ ސަރަހައްދުން ރައްކާތެރި ސަރަހައްދަކަށް ގެންދެވުނު މީހުންގެ ތެރޭގައެވެ.

ސެންޓާ މޮނިކާ އާއި މަލިބޫގެ ދެމެދުގައިވާ ފަރުބަދައިގެ ސަރަޙައްދެއްކަމަށްވާ ޕެސިފިކް ޕެލިސޭޑްސްގައި ރޯވަމުންދާ އަލިފާނަކީ ކެލިފޯނިއާގައި މިވަގުތު އަދަމުންދާ ފަސް ސަރަހައްދުގެ ތެރެއިން އެންމެ ނުރައްކާތެރި އަލިފާންގަނޑު ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ސަރަޙައްދަކީ މަޝްހޫރު މީހުންގެ އަގުބޮޑު ގެތައް ގިނައިން ހުންނަ ސަރަޙައްދެކެވެ.

ފެތުރެމުންދާ އަލިފާނުގެ ސަބަބުން މިހާތަނަށް މަދުވެގެން 10 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ވަނީ ހާމަ ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި

ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި

22 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު