Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވާދޫ ދިވެހި ޓީޗަރު

ރައީސް ވާދޫ އަށް ދެއްވި އުންމީދު - އެންމެން ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި ނުކުމެ ދިވެހި ޓީޗަރެއް ހޯދުން!

ސަރުކާރުން ތައުލީމީ ގޮތުން އެންމެ އިސްކަންދިން ރަށުގައި ދިވެހި ޓީޗަރެއް ނެތި އެއް އަހަރުވީއެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2025 | ބުރާސްފަތި 12:30
ގދ. ވާދޫ ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންތަކެއް

ގދ. ވާދޫ ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންތަކެއް

ރައީސް ޑރ މުޙައްމަދު މުއިއްޒު ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ގދ. ވާދޫ އަށް ވަޑައިގެން ދެއްކެވި މަޖާ ވާހަކަފުޅުތަކެއް ކަމަށް ޖަލްސާ ބެލި މީހަކު އަޅުގަނޑަށް ކިޔާދިނެވެ. އޭނާ ބުނީ ރައީސްގެ ވާހަކަފުޅު އަޑުއަހާފައި ހީހީ ހަލާކުވެއްޖެ ކަމަށެވެ. ފަހުން ދެރަވެސް ވި ކަމަށް އޭނާ ކިޔައި ދިނެވެ. އޭނާ ބުނީ ރައީސްގެ ވާހަކަފުޅުގައި ވާދޫއަށް ތައުރީފްކުރައްވަން ފެއްޓެވި އިރު، ރައީސަށްވުރެ ބޮޑަށް ވާދޫގެ ތާރީޚު އިނގޭ މީހަކު ނުހުންނާނެއޭ ހިތަށް އެރި ކަމަށެވެ. ސްކޫލަކީ ވާދޫ އަށް ޚާއްސަ ތަނެއް ކަމަށާއި، ސަބަބަކީ ވާދޫ އަކީ ވާދޫ ދަންނަކަލޭގެފާނުގެ ރަށް ކަމުގައި ވާތީ ކަމަށް ރައީސް ވިދާޅުވި ކަމަށް އޭނާ ކިޔައިދިނެވެ.

ކަން މިހެން އޮތުމުން ވާދޫގެ ތައުލީމަށް މި ސަރުކާރުން ވެސް ޚާއްސަ އިސްކަމެއް ދޭ ކަމަށާއި، އަދި ހުރިހާ ސަރުކާރަކުން ވެސް އެހާ އިސްކަން ދޭންޖެހޭނެ ކަމަށް ރައީސް ވިދާޅުވީމާ އޭނާ ހީކުރީ ވާދޫގެ ތައުލީމީ ކަންކަން އޮންނާނީ ވަރަށް ފުރިހަމަވެފައި ކަމަށެވެ. ނަމަވެސް ދެން ރައީސް ވިދާޅުވި އެއްޗަކުން އޭނާއަށް ކުރެވުނު ހީ ކުށް ހީއަކަށް ބަދަލުވީއެވެ. ރައީސް ވިދާޅުވީ އެހެންވެގެން ވާދޫގައި މަސައްކަތް ކުރިއަށް ނުގޮސްފައި ހުރި މަލްޓިޕާޕަސްހޯލާ ސްކޫލަށް އިތުރު ކުރެވޭ ކްލާސްރޫމްގެ މަސައްކަތް ވީ އެންމެ އަވަހަކަށް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ. ރައީސް މިހެން ވިދާޅުވި އިރު، ރައީސްގެ ވެރިކަމަށް އަހަރަކާ ދެމަސްވެއްޖެއެވެ. ވާދޫގެ ތައުލީމަށް އިސްކަންދެވޭނީ މިވަރަށޭ ހިތައް އެރިކަމަށް އޭނާ ބުންޏެވެ.

މިވާހަކަތަކަށްފަހު ރައީސް ދެން ދެއްކެވީ އަދި މާ ބޮޑު ވާހަކައެކެވެ. އެއީ ވާދޫ އަށް ދިވެހި ޓީޗަރެއް ހޯދަން ޖެހިގެން އުޅޭ ވާހަކައެވެ. ސަލާމް ކުރެއްވި ސަފުގައި ތިބި ބެލެނެވެރިންނާ ތުއްތު ކުދިންނާ ޕްރިންސިޕަލްއާއި ކައުންސިލްގެ ރައީސް ވެސް އެކަމަށް އެދުނު ވާހަކައެވެ. އަދި މިދިއަ އެއް އަހަރުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން އެކަމަށް ވަރަށް މަސައްކަތް ކުރަމުންދާ ވާހަކައާއި، ވޭޖް އުސޫލުން ވިއަސް، ވަގުތީ ގޮތުން ވިއަސް ރިސޯސް މީހަކަށް ވިއަސް ކޮންމެވެސް ގޮތަކުން ދިވެހި ޓީޗަރެއް ވާދޫއަށް ހޯދުމަށް 100 ޕަސެންޓް އެއްބާރުލުން ސަރުކާރުން ދޭނެ ކަމަށެވެ.

ދިވެހި ޓީޗަރެއް ހޯދާ ނުދެވިގެން އަހަރު ދުވަސް ހޭދަވި ސަރުކާރެއްގެ ވާހަކަ އަޑު އިވުނު މިއީ ފުރަތަމަ ފަހަރެވެ. ސަރުކާރަކުން އެރަށެއްގެ ތައުލީމަށް އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ އެއް ރަށަކީ ވާދޫ ކަމަށް ރައީސް ވިދާޅުވި ރަށުގެ ހާލު ނަމަ ދެން އެހެން ރަށްރަށާއި މެދު ކަން ހިނގާނީ ކިހިނެއްބާވައެވެ.

ރައީސްގެ މިވާހަކަފުޅު ނިންމަވާލައްވަމުން ވާދޫ އަށް ދިވެހި ޓީޗަރެއް ހޯދުމުގެ މަސައްކަތުގައި އެންމެން ގުޅިގެން އެކީއެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްދިނުމަށް ރައީސް އެދިވަޑައިގެންނެވުމުން ދެން ތައުލީމީ ދާއިރާގެ އެހެނިހެން ތަރައްގީގެ ވާހަކަ މި ސަރުކާރުން ދެއްކުމުގެ ބޭނުމެއް އެބަ އޮތްބާވައޭ ހިތަށް ނާރާވަރެއް ނޫނެވެ. ރައީސް މި ވިދާޅުވީ އެންމެން ގުޅިގެން އެއް އަޒުމެއްގައި ނުކުމެ ވާދޫ އަށް ދިވެހި ޓީޗަރެއް ހޯދަންވީ ކަމަށެވެ. ކޮންމެ އަކަސް ރައީސް އަތޮޅު ތެރޭގެ ރަށްރަށަށް މިކުރައްވާ ދަތުރުފުޅުތަކުގައި ދައްކަވަމުންގެންދަވާ ވަހަކަފުޅުތައް އަޑު އަހާ ގިނަމީހުން ތިބެނީ ވާނުވާގައެވެ. ރައީސް ވިދާޅުވާން އުޅުއްވަނީ ކޮން އެއްޗެއް ކަމެއް، ވެވަޑައިގަންނަވަން ބޭނުންފުޅުވަނީ ކޮން ވައުދުފުޅެއް ކަމެއް، ހައްދަވަން އުޅުއްވަނީ ކޮންއެއްޗެއް ކަމެއް އިނގޭ މީހަކު ނެތް އިރު ޚުދު ރައީސަށް ވެސް މިކަންކަން އެނގިވަޑައިގަންނަވާ ހެނެއް ހިޔެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު