Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކަނޑުހުޅުދޫ ޑްރާމާގެ ކާމިޔާބު ކަމާއެކު ރައީސަށް އެތައް އެތައް ނޯޓެއް

ރައީސް އޮފީހަށް ފޮނުވާ ސިޓީތައް ރައީސަށް ނުލިބި ވާނުވާ އެނގިވަޑައިނުގެންނެވިއަސް މިފަހަރު ރައީސަށް ކަންކަން އެނގިވަޑައިގަންނަވާނެއެވެ. ނޯޓުތައް ދެން ލިބިވަޑައިގަންނަވާނީ ސީދާ ރައީސް އަތްޕުޅަށެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2025 | ބުރާސްފަތި 16:58
ކުޑަކުއްޖަކު ރައީސަށް ދޭ މެސެޖަކާއި އެކު

ކުޑަކުއްޖަކު ރައީސަށް ދޭ މެސެޖަކާއި އެކު

ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުނުތާ ކުރީކޮޅު އުޅުއްވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ނުދެއްވިގެން އަވަހާރަފުޅުވެސް ނުލެއްޕެވިގެންނެވެ. އެކަމަށްޓަކައި ލައިވް ކޯލްތައް ކުރެއްވިއެވެ. ބޮޑެތި އިވެންޓްތައް އިންތިޒާމް ކުރެއްވިއެވެ. އެ ޑްރާމާވެސް ނިމުނީއެވެ. އެއްކަލަ ފޯންކޯލްތައް ނިމުނީ އެކަނޏެއް ނޫނެވެ. ނޫސްވެރިން ފޮނުވާ އާރުޓީއައިތަކަށްވެސް ޖަވާބު ދެއްވަނީކީ ނޫނެވެ. ދެން ފެނުނީ ވެހެމުންދާ ވާރޭގެ ތެރޭގައި ކޯޓެއް ތުރުކުރައްވައި، ގަންބޫޓަކަށް އަރުއްވައިގެން ރައްޔިތުންގެ ހާލު ބެއްލެވުމަށް ނުކުންނެވިތަނެވެ. އެއީވެސް ޑްރާމާއެއްކަމަށް ގަބޫލް ކުރެވުނީ ނިމިދިޔަ ހަފްތާގައި ރެކޯޑް އަދަދަކަށް މާލެއަށް ވާރޭވެހި އެތައް ބަޔަކަށް ތަކުލީފްތަކާއި ގެއްލުންތައް ލިބުނުއިރު ބަހެއްވެސް ވިދާޅުނުވެ އާރަށުގައި އުޅުއްވީތީއެވެ. އެ ޑްރާމާވެސް ނިމުނީއެވެ.

އަނެއްކާ އަނެއް ޑްރާމާއެވެ. ކަނޑުހުޅުދޫއަށް ވަޑައިގެންނެވުމުން ތުއްތު ކުއްޖަކު ދިއްކޮށްލި ނޯޓެކޯލައެވެ. ބަސްބުނި ހިނދުން އެގެނައީ އެހެން ރަށެއްގައިހުރި އެކުއްޖާގެ ބައްޕައެވެ. އެޑްރާމާ ވަރަށް ކާމިޔާބެވެ. އެކުއްޖާގެ އެއެދުމަށް ދެއްވި އަވަސް އިޖާބައެވެ. އެ ޕޮލިސް މީހާ ފައިބައިގެން އެއަންނަ ވީޑިއޯ އާއި އެކުއްޖާ އުރާލާ އުރާލުން ހަމަ އަސަރުގަދައެވެ. އެއާއެކު އެފަދަ އެތައް ކުއްޖަކަށް އެޑްރާމާ ކާމިޔާބު ވެއްޖެއެވެ. ކަމު ހިނގައްޖެއެވެ. އެއަށް ގަޔާ ވެވިއްޖެއެވެ. ނަތީޖާއެއްގެ ގޮތުން އެފަދަ އެތައް ކުއްޖެއްގެ އިހްސާސްތައް ބަންޑުންވާން ފަށައިފިއެވެ. ނޯޓާއި ސިޓީތައް އަދި ރައިވަރުތަކާއި ފަންވަތްތައް ރައީސަށް އޮހެން ފަށައިފިއެވެ.

އެއް ކުއްޖަކު ފޮނުވާ ނޯޓެއްގައި ވެއެވެ. "އެހެން މީހުން އެހެން މީހުންގެ ދަރިން ގޮވައިގެން ތަންތަނަށް ގޮއްސަ މަޖާކުރާއިރު އަޅުގަނޑުވެސް ބައްޕި މަތިން ހަނދާންވާނެ" އެވެ.

ރަށާކައިރި ހިސާބެއްގައި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ފުލުހެއްގެ ދަރިއަކު ފޮނުވި ނޯޓެއްގައި ވެއެވެ. " ރައީސް މުއިއްޒޫއެވެ. އަޅުގަނޑުގެ ބައްޕަ މިރަށަށް ގެނެސްދެއްވިދާނެތޯއެވެ. މިރަށުގައި ތިބޭ ފުލުސް ބޭބެތައް ފެންނަ ކޮންމެ ފަހަރަކު ކޮއްކޮއަށް ރޮވެއެވެ. ކޮއްކޮވެސް ބޭނުމީ ބައްޕައާއެކު ސްކޫލަށް ދާށެވެ."

އެމްއެންޑީއެފްގައި މަސައްކަތް ކުރާ މީހެއްގެ ދަރިފުޅު ފޮނުވި ނޯޓުގައި ވަނީ " އަޅުގަނޑު ވަރަށް ދެރަވޭ ބައްޕަ ނާންނާތީ. މަންމަ އެކަނި ހުރިހާ ކަމެއް އެކުރަނީ. އަޅުގަނޑުގެ ކަންތަކާއި މާމައާއި ކާފަ ފެންވަރުވާ ކާންދީ ބަލަހައްޓަނީވެސް މަންމަ. މަންމަ ހުންނަނީ ވަރުބަލިވެފައި" ކަމަށެވެ.

ދެން ފެނުނު ނޯޓުގައި ވަނީ މުޅިން އެހެން ވާހަކައެކެވެ.

"ރައީސް މުއިއްޒޫއެވެ. މަންމަ އެބަ ބުނުއްވާ ދެން ޖެހޭނީ ވަރަށް ބަލައިގެންނޭ އުޅެން. ބައްޕަ ބުނުއްވައިފިއޭ ރިސޯޓުން ދިވެހި ރުފިޔާއިން ދޭތީ ދެން މުސާރަ ލިބޭނީ ކުޑަކުންނޭ. އެހެންވީމާ ކުރިން ލިބޭ ވަރަކަށް ލާރިއެއް ނުލިބޭނެޔޭ. މިކަމަށް ހައްލެއް ގެނެސްދެއްވިދާނެތޯއޭ"އެވެ.

ދާދި މިދާކަށްދުވަހު ސަރުކާރު ކުންފުންޏެއްގެ ވަޒީފާއިން މީހަކު ވަކިކުރީ ކުއްލިއަކަށެވެ. ޑިއުޓީގައި ހުއްޓައެވެ. ކުރާނެ މަސައްކަތެއް ނެތްކަމަށް ބުނެއެވެ. ފަހުން ފާޑުކިއުން އަމާޒުވީމާ އޭނާއަށް ވަޒީފާ ދޭން އުޅުނީ އެހެން ރަށަކުންނެވެ.

އޭނާގެ އަންހެނުންވެސް އަސަރުގަދަ ނޯޓެއް ލިޔުއްވަފާނެހެން ހީވެޔެވެ.

"ވަރަށް ސަލާމް. ތިޔަ ދެއްވި ދީލަތި އޯގާތެރިކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑުމެންގެ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިފުޅު ގާތުގައި ހުރި އަޅުގަނޑުގެ ފިރިމީހާ ތިޔަ ވަޒީފާއިން ވަކިކޮށްލެއްވީ މިރަށުގައިތިބި ޕާޓީ ކުދިންކޮޅު ރުއްސަން. އެމީހުންގެ ސަޕޯޓް ހޯދަން. އަޅުގަނޑު އެކަނި އެދަރި ގޮވައިގެން އުޅުމަކީ ވަރަށް ވަރަށް ދަތިކަމެއްކަން މިރަށު ކޮންމެ މީހަކަށްވެސް އެނގޭނެ. އެކަމަކު އެކަމަށް ތިޔަ ބެހެއްޓެވި ހަމްދަރުދީއަށާއި ތިޔަ އޯގާތެރިކަމުގައި އަޅުގަނޑުގެ ފިރިމީހާގެ އެއްވެސް ކުށެއްނެތި ތިޔަ ދެއްވި އިނާމަށް ފަށްފަށުން ޝުކުރިއްޔާ. ރައީސް މުއިއްޒު ޒިންދާބާދު" ކަމަށެވެ. މިއީ އޭނާގެ އުދާސްތައް މިއަދު ހުންނާނެ ގޮތްކަމަށް އެރަށު މީހަކު ބުންޏެވެ. އެހެންކަމުން މިއީވެސް ލިބިދާނެ ނޯޓެއްހެން ހީވެޔެވެ.

މިހެންގޮސް ކިޔާނެ ކަމެއްނެތެވެ. އެތައް ނޯޓެކެވެ. ފްލެޓް ލިބޭނޭ ކަމުގެ ލިއުން ލިބިފައި އޮވެމެ އެކަމުގެ ވާނުވާގައިތިބި މީހުންގެ ނޯޓްތަކެވެ. ކަރަންޓްބިލާ ފެންބިލު ބޮޑުވެގެން އެނުދެއްކި ކަރަންޓް ކަނޑާލަފާނެތީ އެކަންބޮޑުވުމުގައި އުޅޭ މީހުންގެ ނޯޓުތަކެވެ. ބޭސްފިހާރަތަކުން އާސަންދައަށް ލިބޭ ބޭސްތައް މަދުވެ ބޭސްތަކަށް އިންތިހާއަށް ފައިސާދައްކަން ޖެހޭ މީހުންގެ ނޯޓުތަކެވެ. ބަލިހާލު ބޮޑުވެ ރާއްޖެއިން ފަރުވާ ލިބުންނެތް ހާލަތްތަކުގައިވެސް އާސަންދައިން ބޭސްފަރުވާ ހަމަޖެހުން ލަސްވާތީ އެކަމުގެ އުދާސްތަކުގެ ނޯޓުތަކެވެ. ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި ގޭތެރޭގެ ޚަރަދު ބަރަދު ބޮޑުވެގެން މާޔޫސް ކަމުގައި ފޮނުވޭ ނޯޓްތަކެވެ.

ކޮންމެއަކަސް ކަނޑުހުޅުދޫ ޑްރާމާ ވަރަށް ކާމިޔާބެވެ. އެއީ ސުޕަ ހިޓެކެވެ. އެޑްރާމާގެ އަލީގައި ފޮނުވާ ނޯޓުތައް އެދަނީ ކެނޑިނޭޅި އޮހެމުންނެވެ. ރައީސް ރަށްރަށަށް ކުރައްވާނެ ދަތުރުފުޅަށް އެފަދަ އެތައް ނޯޓަކާއެކު އެތައް ބަޔަކު އެތިބީ ތައްޔާރަށެވެ. ރައީސް އޮފީހަށް ފޮނުވާ ސިޓީތައް ރައީސަށް ނުލިބި ވާނުވާ އެނގިވަޑައިނުގެންނެވިއަސް މިފަހަރު ރައީސަށް ކަންކަން އެނގިވަޑައިގަންނަވާނެއެވެ. ނޯޓުތައް ދެން ލިބިވަޑައިގަންނަވާނީ ސީދާ ރައީސް އަތްޕުޅަށެވެ. ގަބޫލް ކުރެވެނީ ކަނޑުހުޅުދޫ ޑްރާމާ ފަދައިން ރައީސް ވަގުތުން ވަގުތައް އެކްޝަންވެސް ނަންގަވާނެ ކަމަށެވެ. ސީދާ ރައީސްގެ އޯގާތެރިކަމާއި ނިޔަނެތި ކަމުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނާއެކު ޕީޕީއެމަށް ދިމާވި ނާކާމިޔާބު!

ރައީސް ޔާމީނާއެކު ޕީޕީއެމަށް ދިމާވި ނާކާމިޔާބު!

29 ސެޕްޓެމްބަރު 2018
މިފަހަރު އިތުރު ވަގުތު ކުޅުނަސް ރައީސް ޔާމީނަށް ކާމިޔާބުވާނެ ކަމަށް ނުފެނޭ!

މިފަހަރު އިތުރު ވަގުތު ކުޅުނަސް ރައީސް ޔާމީނަށް ކާމިޔާބުވާނެ ކަމަށް ނުފެނޭ!

17 އޯގަސްޓު 2018
އިންޑިއާގެ ވޯޓު ލިބޭނެ، ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރާނަން: ޝައިނީ

އިންޑިއާގެ ވޯޓު ލިބޭނެ، ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރާނަން: ޝައިނީ

06 ޖޫން 2018
ޖަޒީރާ ރައީސް ބ އަތޮޅު ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު!

ޖަޒީރާ ރައީސް ބ އަތޮޅު ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު!

20 މެއި 2018
ރާއްޖެ ޓީވީން ހިންގި ޓެލެތޯން އެހާބޮޑަށް ކާމިޔާބުވީ ކީއްވެ؟

ރާއްޖެ ޓީވީން ހިންގި ޓެލެތޯން އެހާބޮޑަށް ކާމިޔާބުވީ ކީއްވެ؟

12 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު