Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޓިއުބްލައިޓް

"ޓިއުބްލައިޓް" ކާމިޔާބުތަ؟

8 ޖުލައި 2017 | ހޮނިހިރު 15:01

ޓިއުބްލައިޓްއަށް 15 ދުވަހުން ލިބުނީ 114.5 ކުރޯޑް ރުޕީސް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 8 ޖުލައި 2017 | ހޮނިހިރު 15:01
ޓިއުބްލައިޓްގެ ޕޯސްޓަރެއް

ޓިއުބްލައިޓްގެ ޕޯސްޓަރެއް

ސަލްމާން ޚާންގެ "ޓިއުބްލައިޓް" ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ރިލީޒްކޮށްފައެވެ. އެހެން ނަމަވެސް އެ ފިލްމަށް ވަނީ ހީކުރި ވަރަށްވުރެ ދަށް އާމްދަނީއެއް ލިބިފައެވެ.

"ޓިއުބްލައިޓް" ރިލީޒްކުރިތާ މިހާރު ގާތްގަނޑަކަށް ވަނީ 14 ދުވަސް ވެފައެވެ. މިހާތަނަށް އެ ފިލްމު ސިނަމާތަކުގައި އަޅުވައިގެން ލިބިފައިވަނީ 114.5 ކުރޯޑް ރުޕީސްއެވެ.

"ޓިއުބްލައިޓް" ސިނަމާތަކަށް އައިތާ ދެ ތިން ދުވަސްތެރޭގައިވެސް އެ ފިލްމަށް މާރަނގަޅު އާމްދަނީއެއް ނުލިބުނެއެވެ. ގިނަ މީހުން އުއްމީދުކޮށްގެން ތިބީ 3 ދުވަސް ތެރޭގައި މަދުވެގެން 100 ކުރޯޑް ރުޕީސް ލިބޭނެކަމަށެވެ. އެހެން ނަމަވެސް ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކުރި ޓުވީޓެއްގައި ބުނެފައިވަނީ "ޓިއުބްލައިޓް" އަށް އެންމެ ދުވަހަކުވެސް 30 ކުރޯޑް ރުޕީސް ލިބިފައި ނުވާކަމަށާއި އެއީ ހައިރާންވާންޖެހޭކަމެއް ކަމަށް ބުނެފައެވެ. "ޓިއުބްލައިޓް" ކުޑަ އީދާ ދިމާކޮށް ސިނަމާތަކަށް ގެނައީވެސް ރަނގަޅު އާމްދަނީއެއް ހޯދުމަށެވެ. ނަމަވެސް އިންޑިއާގައި "ޓިއުބްލައިޓް" ބަލަން ދާނެ އިތުރު މާ ގިނަ ބަޔަކު ނުވިއެވެ. ތަޖުރިބާކާރުން ބުނާގޮތުގައި އެ ފިލްމު ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދާނީ ދަށަށެވެ. "ޓިއުބްލައިޓް" އެޅުވުމުގެ ކުރިން އެ ފިލްމަށް ވަނީ ފާޑު ކިޔުންތައްވެސް އަމާޒު ވެފައެވެ. ފާޑުކިޔުންތެރިން ވަނީ ފިލްމު ބަލަން ވަންނަ ހިތް ނުވާ ވަރަށްވަނީ އެ ފިލްމަށް މަލާމާތް ކޮށްފަ އެވެ. ފަހަރެއްގައި އެއީ "ޓިއުބްލައިޓް" ކާމިޔާބު ފިލްމަކަށް ނުވި ސަބަބަކަށްވެސް ވެދާނެއެވެ.

މިއަހަރު ނިކުތް ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކު އިންތިޒާރުކުރި މި ފިލްމަށް އެހާބޮޑު ސަޕޯޓެއް ނުލިބުނު ސަބަބުތަކެއް ވެސް އެބަހުއްޓެވެ.

އޭގެ ތެރެއިން ޓްރޭޑް އެނަލިސްޓުން "ޓިއުބްލައިޓް" ކާމިޔާބު ނޫން ކަމަށް ބުނާ ސަބަބުތަކުގެ ތެރޭގައި ފިލްމުގެ ސްކްރިޕްޓް އެހާ ޝައުގުވެރިކަމެއް ނެތުން ހިމެނެ އެވެ. އެއް ސީނުން އަނެއް ސީނަށް ބަދަލުވާއިރު ފިލްމުގައި ދެން ވަނީ ކިހިނެއްކަމެއް ނޭގެއެވެ. ފިލްމުގެ ޑައިލޮގްތަކަށްވުރެ ޑްރާމާބައި ބޮޑުކަމަށް އެނަލިސްޓުން ވަނީ ބުނެފައެވެ.

މި ފިލްމުގެ ސީންތަކުގައި ފޭކް އެމޯޝަންސް ހުރިކަމަށާއި އަސްލު އިހުސާސްތައް ދެއްކުމަށް އުނދަގޫވާ ކަން ދޭހަވާކަމަށް އެނަލިސްޓުން ބުނެފައިވެއެވެ. މިސާލަކަށް ޒޫޒޫ އޭނާގެ ހަޔާތުގެ ވާހަކަ ސަލްމާނަށް ކިޔައިދޭން ފަށައިގަންނަ ސީނަކީ ކުއްލިއަކަށް އޭނާ ސަލްމާން އާއި ދިމާވާތަނުން ކިޔައިދޭން ފަށާ ސީން ކަމަށް ވުމުން ދެސީންބަދަލުވަމުން އަންނަ އިރު ނުގުޅޭ ކަމަށް ބުނެފައިވެއެވެ. އަދި ޒޫޒޫ ރޯ މަންޒަރަކީ އޭގައި އަސްލު ނުދެއްކުނު މަންޒަރެއްކަމަށްވެސް ބުނެފައިވެއެވެ.

"ޓިއުބްލައިޓް" ގެ އެންމެ ބޮޑު ނާކާމިޔާބީއަކީ އެހާ ރަނގަޅު ޓްރެއިލާއެއް ނުނެރެވުންކަމަށް އެނަލިސްޓުން ވަނީ ބުނެފައެވެ. މީގެ އިތުރުން ފިލްމުން އާންމުންނަށް ދޭން ބޭނުންވި މެސެޖް ނުދެވުނުކަމަށްވެސް ބުނެފައިވެއެވެ.

"ޓިއުބްލައިޓް" އެޅުވުމުގެ ކުރިން ސަލްމާން ޚާން ބުނެފައިވަނީ ފިލްމުން ވަރަށް ރަނގަޅު މެސެޖެއް އާންމުންނަށް ލިބޭނެކަމަށެވެ. އެހެން ނަމަވެސް އެ މެސެޖެއް ނުލިބޭކަމަށް އެނަލިސްޓުން ވަނީ ބުނެފައެވެ.

"ޓިއުބްލައިޓް" ސިނަމާތަކަށް އައުމުގެ ކުރިން ވަނީ ފިލްމުގެ ސެޓެލައިޓް އަދި މިއުޒިކް ރައިޓްސް ވިއްކާލައިގެން ވަނީ 150 ކްރޯޑު ރުޕީސް ފައިދާއެއްލިބިފަ އެވެ. އެހެން ނަމަވެސް ސިނަމާތަކަށް "ޓިއުބްލައިޓް" އައުމުން ފިލްމު ނުހިނގުމުގެ ސަބަބުން ސިނަމާތަކާއި ޑިސްޓްރިބިއުޓަރުންނަށް ވަނީ ގެއްލުން ވެފައިކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ.

ސަތޭކަ ކުރޯޑް ރުޕީސް އިން އުފެއްދި "ޓިއުބްލައިޓް" އަށް މިހާރު ވަނީ އެ ފިލްމު އުފެއްދުމަށް ދިޔަ ޚަރަދު ލިބިފައެވެ.

އެހެން ކަމުން "ޓިއުބްލައިޓް" އަކީ ކާމިޔާބު ފިލްމެއް ކަމަށް ބުނެވޭނެ ޖާގަ އެބައޮތެވެ. އެހެން ނަމަވެސް އެ ފިލްމަކަށް ހީކުރިވަރަކަށް ކާމިޔާބެއް ނުލިބުނެވެ.

=

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

މުޢިއްޒުގެ ހިޔާ ފުލެޓު ސްކޭމް: ދެ ލައްކަ އުނިކުރާނެ ކަމަށް ބުނެ ބޮލުގަ އެޅުވީ 7 އަހަރު ދުވަހުގެ ބޮޑު ދަރަންޏެއް

19 ޑިސެމްބަރު 2025
މުޢިއްޒުގެ ހިޔާ ފުލެޓު ސްކޭމް: ދެ ލައްކަ އުނިކުރާނެ ކަމަށް ބުނެ ބޮލުގަ އެޅުވީ 7 އަހަރު ދުވަހުގެ ބޮޑު ދަރަންޏެއް
18 ޑިސެމްބަރު 2025

ވަޒީރުން ރަތަށް، މުއިއްޒު ހޫނު ފެނަށް!

18 ޑިސެމްބަރު 2025
ވަޒީރުން ރަތަށް، މުއިއްޒު ހޫނު ފެނަށް!
17 ޑިސެމްބަރު 2025

ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

17 ޑިސެމްބަރު 2025
ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!
16 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ބައްދަލުވުން ތަކުން ފެންނަނީ، ޖުމްލަ ގޮތެއް ގައި މުޅި ސަރުކާރު ފެއިލް ވެއްޖެކަން!

16 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ބައްދަލުވުން ތަކުން ފެންނަނީ، ޖުމްލަ ގޮތެއް ގައި މުޅި ސަރުކާރު ފެއިލް ވެއްޖެކަން!
16 ޑިސެމްބަރު 2025

މަހުގެ އަގާ ބެހޭ ގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަތަކުގެ ހަގީގަތް މިއޮތީ!

16 ޑިސެމްބަރު 2025
މަހުގެ އަގާ ބެހޭ ގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަތަކުގެ ހަގީގަތް މިއޮތީ!
15 ޑިސެމްބަރު 2025

ނާގާބިލު ސަރުކާރެއްގެ ނާގާބިލު ކުންފުނިތައް: އޮޑިޓެއް ނުކުރޭ، ހާލަތު ބެލޭނެ ގޮތެއް ވެސް ނެތް!

15 ޑިސެމްބަރު 2025
ނާގާބިލު ސަރުކާރެއްގެ ނާގާބިލު ކުންފުނިތައް: އޮޑިޓެއް ނުކުރޭ، ހާލަތު ބެލޭނެ ގޮތެއް ވެސް ނެތް!
14 ޑިސެމްބަރު 2025

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025
މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
12 ޑިސެމްބަރު 2025

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟
11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް