Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިހާދުގެ ކޮރަޕްޝަންގެ މައްސަލަ

އެންމެފަހުން ޖިހާދު ކޯޓަށް ހާޒިރުކުރީ ފުލުހުންގެ ބެލުމުގެ ދަށުން ލިޔުންތައް ހަވާލުކޮށްގެން

ޖިހާދުގެ ގެއަށް ޗިޓް ފޮނުވީ 2 ވަނަ ދުވަހު އަދި ގޭގައި ނޫޅުއްވާ ކަމަށް ބުނުމަށް މެއިޑްކައިރީގައި ވިދާޅުވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2025 | އަންގާރަ 14:28
ހައިކޯޓުގައި ކުރިއަށްދިޔަ ޖިހާދުގެ އަޑުއެހުން

ހައިކޯޓުގައި ކުރިއަށްދިޔަ ޖިހާދުގެ އަޑުއެހުން

ކުރީގެ ނައިބު ރައީސް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާރވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކޮަރަޕްޝަންގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް އޭނާ ހާޒިރުކުރީ ފުލުހުންގެ ބެލުމުގެ ދަށުން ލިޔުންތައް ހަވާލުކޮށްގެން ކަމަށް ފަނޑިޔާރުން ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމަކީ މި މައްސަލަ ހައިކޯޓުން ބަލައިގަނެ ބޭއްވި ފުރަތަމަ އަޑުއެހުމެވެ. ޖިހާދަށް މި މައްސަލައިގެ ޗިޓް ރައްދުކުރެވިފައިވަނީ ފުލުހުން މެދުވެރިކޮށް ކޯޓަށް ހާޒިރުކޮށްގެންނެވެ. މި މައްސަލައިގައި ޖިހާދުގެ މައްޗަށް ދައުވާކުރަނީ 2013 ވަނަ އަހަރު އޭނާ ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލުކުރެއްވި ކަމަށް ބުނެއެވެ.

އަދި ހައިކޯޓުގައި އިސްތިއުނާފުކުރާ މައްސަލައިގެ ފުރަތަމަ ނުކުތާއަކީ ކްރިމިނަލް ކޯޓުގެ ނިންމުމަކީ ގާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި، ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ހިލާފަށް ނިންމާފައިވާ ނިންމުމަކަށްވުމެވެ.

ދެވަނަ ނުކުތާއަކީ ކްރިމިނަލް ކޯޓުގެ ނިންމުމަކީ 13/2010 (ފަނޑިޔާރުންގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި ހިލާފަށް ނިންމާފައިވާ މައްސަލައެއްކަމުގައިވުމެވެ.

މި މައްސަލައަކީ ޖިހާދުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ މައްސަލައެވެ. މައްސަލައިގައި އިސްތިއުނާފްކޮށްފައިވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅިގެން ކްރިމިނަލް ކޯޓުން ނިންމި ނިންމުމެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމުގައި ޖަވާބުދާރީވަމުން ޖިހާދު ވިދާޅުވީ ކަންދިމާކުރިގޮތުން ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު ލިބިފައިނުވާކަމަށެވެ. ޖިހާދުގެ މި ވާހަކައާއި ގުޅިގެން ފަނޑިޔާރު މަޒީދު ވަނީ ފުރުސަތު ލިބިފައި ނުވާކަމަށް ވިދާޅުވާ ވިދާޅުވުން ތަފްސީލުކޮށްދިނުމަށް އެދިވަޑައި ގެންފައެވެ. ފަނޑިޔާރުގެ ސުވާލުގެ ޖަވާބުގައި ޖިހާދު ވިދާޅުވީ ވަކީލަކު އައްޔަންކުރަން އެކަށީގެންވާ ވަގުތު ލިބިފައި ނުވާ ކަމަށެވެ.

ޖިހާދު ވިދާޅުވީ ވަކީލަކު އައްޔަންކުރުމަށާއި، ލިޔެކިޔުންތައް ދިރާސާކުރުމަށް 5 ދުވަހުގެ މުއްދަތެއް ބޭނުންވާކަމަށް އެދި ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އަދި އެއާއެއްގޮތަށް އަމަލުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ވަކީލަކާއެކު ޖަވާބުދާރީވުމަށް ފުރުސަތު ދެއްވުމަށް ޖިހާދު އެދިވަޑައިގެންނެވިއެވެ.

މިއާއެކު ފަނޑިޔާރު މަޒީދު ވިދާޅުވީ ބައެއް މައްސަލަތަކުގައި މުވައްކިލުން އެދޭ މިންވަރުގެ މުއްދަތެއް ނޭރުވޭ ބާވަތުގެ މައްސަލަ ހުންނާނެ ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ކުރުމުއްދަތެއްގައި ނިންމަން ކަނޑައަޅާފައިވާ މައްސަލަތައް ހުންނަ ކަމަށާއި، ޖިހާދުގެ އިސްތިއުނާފު މައްސަލައަކީވެސް އެއަށް ފެތޭ މައްސަލައެއް ކަމަށެވެ. ފަނޑިޔާރު މަޒީދު ވިދާޅުވީ މި މައްސަލައަކީ ކުރު މުއްދަތެއްގައި ނިންމުމަށް ފެތޭ މައްސަލައެއް ކަމަށާއި، މައްސަލަ ވީހާވެސް އަވަހަށް ޝަރީއަތުން ނިންމަންޖެހޭ ކަމަށެވެ.

އަދި މި ބާވަތުގެ މައްސަލަތަކަށް މާގިނަ ފުރުސަތުތަކެއް ދެވެން ނޯންނާނެކަމަށް ފަނޑިޔާރު މަޒީދު ވިދާޅުވިއެވެ. މައްސަލަ ރަޖިސްޓްރީކުރެވިފައިވަނީ 31 ޑިސެމްބަރު 2024 ގައި ކަމަށާއި، ލިޔެކިޔުންތައް ޖިހާދަށް ރައްދުކުރުމަށްޓަކައި ފޮނުވުނު ކަމަށާއި މައްސަލަ ތާވަލުކުރެވި ޗިޓްވެސް ފޮނުވާފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

މީގެ އިތުރުން ލިޔެކިޔުންތައް ދީފައިވާ އެޑްރޭހަށް ފޮނުވުނު ނަމަވެސް އެ ލިޔެކިޔުންތަކާއި ހަވާލުނުވާ ކަމަށާއި، އެހެންކަމުން މި މައްސަލައިގައި ފުލުހުންގެ މައްޗަށް އަމުރެއް ނެރެގެން ޖިހާދު ހާޒިރުކޮށް ލިޔެކިޔުންތައް ހަވާލުކުރަންޖެހުނު ކަމަށް ފަނޑިޔާރު މަޒީދު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ޖިހާދު ވިދާޅުވީ އޭނާ ރާއްޖެ ވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހު (2 ޖެނުއަރީ 2025) ވަނަ ދުވަހު ކަމަށެވެ. އަދި އޭނާއާއި ބެހޭ އެއްވެސްކަމެއް ހުށަހެޅިފައި އޮތްކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އަދި އެކަން އެނގުނީ ހޯމަ ދުވަހު ކަމަށާއި، އެކަން އެނގުނީވެސް ފުލުހުން ގެއަށް ދިޔަކަމަށް އާއިލާގެ ފަރާތުން އެންގުމުން ކަމަށް ޖިހާދު ވިދާޅުވިއެވެ. އެ ވަގުތުން ފެށިގެން ކޯޓަށް ހާޒިރުވެ ހޯމަ ދުވަހު ލިޔެކިޔުންތަކާއި ހަވާލުވެފައިވާ ކަމަށް ޖިހާދު ވިދާޅުވިއެވެ. އަދި ކޯޓު އަމުރުވެސް ލިބިވަޑައިގަތީ ހޯމަ ދުވަހުގެ މެންދުރު ފަހުން ކަމަށާއި، އެހެންކަމުން ވަކީލެއް އައްޔަން ކުރުމަށް އިތުރު ވަގުތު ދެއްވަންޖެހޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޖިހާދުގެ ވާހަކައައި ގުޅިގެން އަނެއްކާވެސް ފަނޑިޔާރު ވިދާޅުވީ މައްސަލަ ހުށަހެޅުނީ 31 ޑިސެމްބަރުގައި ކަމަށާއި، މި މައްސަލައަކީ ހުސަހެޅޭ ތާރީހުން ފެށިގެން 14 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މައްސަލައެއް ކަމަށެވެ. އެކަށީގެންވާ މުއްދަތެއް ވަކީލުންނަށްވެސް އަދި މައްސަލައިގެ ހަސްމުންނަށް ވެސް ދިނުމަކީ މުހިންމުކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ލިޔެކިޔުންތައް ބަލާ ދިރާސާކުރަން ވަގުތު ބޭނުންވާނެކަމަށް ޝަރީއަތުންވެސް ގަބޫލުރައްވާ ކަމަށް ފަނޑިޔާރު މަޒީދު ވިދާޅުވިއެވެ.

ފަނޑިޔާރު މަޒީދު ވިދާޅުވީ 5 ދުވަސް ދީފިނަމަ މައްސަލަ ނިންމަން ދެން ލިބޭނީ 2 ދުވަސް ކަމަށާއި، އެ ދެދުވަސް ތެރޭގައި ކޯޓުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ފަނޑިޔާރުންގެ ރައުޔު ނުނެރެވޭނެކަމަށެވެ. ލިޔެކިޔުންތައް ނުލިބޭކަމަށް ޖިހާދު ވިދާޅުވާ ވާހަކައަށް އިޝާރާތްކުރައް ފަނޑިޔާރު ވިދާޅުވީ ލިޔެކިޔުންތައް ލިބޭނީ އެއާއި ހަވާލުވުމުން ކަމަށާއި، ގެއަށް ފޮނުވުމުން، ކޯޓުގެ އޮފިސަރަށް ޖަވާބު ދީފައިވަނީ ގޭގައި ނުއުޅުއްވާ ކަމަށް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރުގެ ވާހަކައާއި ގުޅިގެން ޖިހާދު ވިދާޅުވީ އޭނާ ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށެވެ.

ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގަތްކަމަށް ވިދާޅުވި ކަމަށާއި، އޭގެ ފަހުން ޗިޓް ހަވާލުވާން ފޮނުވުމުންވެސް ޗިޓާއި ހަވާލުނުވުމުން ކޯޓަށް މަޖުބޫރުވީ ފުލުހުން މެދުވެރިކޮށް ކޯޓަށް ހާޒިރުކޮށްގެން ލިޔެކިޔުންތައް ހަވާލުކުރުމަށް ކަމަށެވެ. އަދި އެ ހުރިހާކަމެއް ހިނގުމަށްޓަކައި 31 ޑިސެމްބަރުން ފެށިގެން މިހާރު 8 ދުވަސް ވެފައިވާ ކަމަށާއި، އިތުރަށް ފުރުސަތު ދީގެން ގާނުނުން ދެވެން ނެތް ފުރުސަތެއް ދީގެން، ވަކީލަކު އައްޔަންކުރުމާއި، ކޯޓުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރިނަމަ މި ފުރުސަތެއް ކުރިމަތިނުވާނެ ކަމަށެވެ.

ޖިހާދު ވިދާޅުވީ އޭނާއަށް ޗިޓްވެސް އަދި ލިޔެކިޔުންތައް ވެސް ލިބިފައިވަނީ ހޯމަ ދުވަހު ކަމަށާއި، އެއާއެކު މައްސަލައަށް އެއްބާރުލުންދެމުންދާ ކަމަށެވެ. އަދި މި މައްސަލަ 31 ގައި ކޯޓަށް ހުށަހެޅުނުކަމެއްވެސް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށާއި، މައްސަލައިގެ މައުލޫމާތު އެނގުނީ ގެއަށް ފުލުހުން ދިއުމުން ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފަނޑިޔާރު ނިޔާޒު ވިދާޅުވީ އެހެން ހަސްމުންނަން ނުދޭ ފުރުސަތުތަކެއް މި މައްސަލައިގައި ޖިހާދަށް ނުދެވޭނެ ކަމަށެވެ. އަދި ފަނޑިޔާރުން ނިންމެވީ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދިއުމަށެވެ. އަދި ޖިހާދަށް ޖަވާބުދާރީވާން ފުރުސަތު ދީފައިވެއެވެ.

ޖިހާދު ވިދާޅުވީ ލިޔެކިޔުންތައް ލިބިފައިވަނީ ހޯމަ ދުވަހު ކަމުގައިވާތީ، ގާނޫނީ ގޮތުން އެކަމުގައި ޖަވާބުދާރީ ނުވެވޭނެތީ ފުރުސަތެއް ދިނުމަށް އަނެއްކާވެސް ޖިހާދު ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ވަނީ އެކަމަށް ގޮތެއް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ވާހަކަތަށް ރައްދު ދިނުމަށް ފުރުސަތު ދިނުމުންވެސް ޖިހާދު ވަނީ ވަކީލެއްގެ ފުރުސަތު ދިނުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް އަންގާރަ ދުވަހުގެ އަޑުއެހުން ފަނޑިޔާރުން ނިންމާލާފައިވަނީ ޖިހާދަށް އެ ފުރުސަތު ނުދޭން ނިންމެވުމަށް ފަހުގައެވެ.

މި މައްސަލައިގައި ދެން އިތުރުކަމެއް ސާފުކުރަން ނެތްނަމަ އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު