Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެނެޑާ

ކެނެޑާގެ ބޮޑު ވަޒީރު ޓްރޫޑޯ އިސްތިއުފާ ދެއްވަން ނިންމަވައިފި

ކެނެޑާގެ ބޮޑު ވަޒީރުކަމާ ޓްރޫޑޯ ހަވާލު ވެވަޑައިގަތީ 2015 ވަނަ އަަހަރުގެ ނޮވެމްބަރު މަހު އެވެ. ބޮޑު ވަޒީރު ކަމުން ހޯމަ ދުވަހު ޓްރޫޑޯ އިސްތިއުފާ ދެއްވަން ނިންމަވައި އެކަން އިއުލާން ކުރެއްވިއިރު، ޓްރޫޑޯ ވަނީ ނުވަ އަހަރު ވަންދެން ކެނެޑާގެ ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖެނުއަރީ 2025 | އަންގާރަ 08:06
ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާކަން ޓްރޫޑޯ އިއުލާން ކުރައްވަނީ

ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާކަން ޓްރޫޑޯ އިއުލާން ކުރައްވަނީ

ކެނެޑާގެ ބޮޑު ވަޒީރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވަން ނިންމަފާއިވާކަން ޖަސްޓިން ޓްރޫޑޯ އިއުލާން ކުރައްވައިފި އެވެ.

ހޯމަ ދުވަހު ޓްރޫޑޯ ވަނީ އޭނާ ނިސްބަތްވާ ލިބަރަލް ޕާޓީގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވަން ނިންމެވިކަންވެސް ހާމަކުރައްވާފައެވެ. އެއާއެކު ކެނެޑާގެ ބޮޑުވަޒީރުކަމުން ވެސް ޓްރޫޑޯ އިސްތިއުފާ ދެއްވާނެ އެވެ. ނަމަވެސް ލިބަރަލް ޕާޓީ އިން، އެ ޕާޓީގެ އައު ލީޑަރަކު ހޮވުމާ ހަމައަށް، ޓްރޫޑް ޕާޓީ ލީޑަރު ކަމުގަ އާއި ބޮޑު ވަޒީރު ކަމުގެ މަސްއޫލިއްޔަތު އަދާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކެނެޑާގެ ބޮޑު ވަޒީރުކަމާ ޓްރޫޑޯ ހަވާލުވެވަޑައިގަތީ 2015 ވަނަ އަަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ދެ އަހަރު ކުރިން، 2013 ވަނަ އަހަރު ޓްރޫޑޯ އަށް ވަނީ ލިބަރަލް ޕާޓީގެ ލީޑަރުކަމުގެ މަޤާމު ވެސް ލިބިވަޑައިގެންފަ އެވެ. ބޮޑު ވަޒީރުކަމުން ހޯމަ ދުވަހު ޓްރޫޑޯ އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން އިއުލާން ކުރެއްވިއިރު، ޓްރޫޑޯ ވަނީ ނުވަ އަހަރު ވަންދެން ކެނެޑާގެ ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ.

އުމުރުން 53 އަހަރުގެ ޓްރޫޑޯ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަން ނިންމެވިކަން އިއުލާން ކުރައްވަމުން ވިދާޅުވީ އައު ލީޑަރަކު އައްޔަން ކުރުމާ ހަމައަށް، މިއަހަރުގެ މާޗު މަހުގެ 24 ވަނަ ދުވަހާ ހަމައަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް ސަސްޕެންޑު ވާނެ ކަމަށެވެ. ޓްރޫޑޯ ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގައި އެ ޤައުމަށް ރަނގަޅު ޗޮއިސެއް ބޭނުންވާ ކަމަށެވެ. އަދި އެތެރޭގެ ވާދަވެރިކަމުގައި އުފެދިފައި އޮތް ތަޅާފޮޅުމުގައި އޭނާ ދެމި ހުރެއްޖެ ނަމަ، އިންތިޚާބުގައި އޭނާ އަކީ ރަނގަޅޫ ޗޮއިސް އަކަށް ނުވާނެ ކަމަށް ވެސް ޓްރޫޑޯ ދެއްވި ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.

ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވަން ޓްރޫޑޯ ނިންމެވިއިރު، ކެނެޑާގައި އޭނާގެ މަޤުބޫލުކަން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ލިބަރަލް ޕާޓީގެ އިސްވެރިންނާއި، އާންމު ގިނަ މެމްބަރުން ވެސް ޓްރޫޑޯ އިސްތިއުފާ ދެއްވުމަށް އެދެމުން އަންނަ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް

04 ފެބުރުއަރީ 2017
ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު