Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހާމިދު އަބްދުލްގަފޫރު

ޖަޒީރާވަންތަ ގޮތަކަށް އަސާސީ ގަވައިދު ބަދަލުކުރެވިއްޖެނަމަ، އެފްއޭއެމްއަށް ޝައުގުވެރިކަން އެބަހުރި: ހާމިދު

24 ފެބުރުއަރީ 2019 | އާދީއްތަ 05:46

ކޮންގްރެސް ބާއްވަން ސޮއިކުރި 12 ކްލަބް އެއްތަންވާންޖެހޭ

ލީވާން އަލީ
ލީވާން އަލީ | 24 ފެބުރުއަރީ 2019 | އާދީއްތަ 05:46
ހާމިދު އަބްދުލްގަފޫރު - ހާމިދަކީ އެފްއޭއެމްގެ ކުރީގެ ސެކެޓްރީ ޖެނެރަލް

ހާމިދު އަބްދުލްގަފޫރު - ހާމިދަކީ އެފްއޭއެމްގެ ކުރީގެ ސެކެޓްރީ ޖެނެރަލް

ޖަޒީރާވަންތަ ގޮތަކަށް އަސާސީ ގަވައިދު ބަދަލުކުރެވިއްޖެނަމަ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ޝައުގުވެރިކަން ހުރިކަމަށް އެ އިދާރާގެ ކުރީގެ ސެކެޓްރީ ޖެނެރަލް ހާމިދު އަބްދުލްގަފޫރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހާމިދު ވިދާޅުވީ، ދުނިޔެއަށް ސާމްޕަލްއަކަށްވާވަރުގެ ޖަޒީރާވަންތަ ގޮތަކަށް އެފްއޭއެމްގެ އަސާސީ ގަވައިދު ބަދަލުކުރަން ސަރުކާރާއި، ކުޅުންތެރިންނާއި، ރަށްރަށާއި، އަދި ކްލަބްތަކުގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ. އެގޮތުން ހާމިދު ވިދާޅުވީ، އަސާސީ ގަވައިދު ބަދަލުކޮށް، އެހިސާބަށް ދެވިއްޖެނަމަ، އެފްއޭއެމްއަށް ޝައުގުވެރިވާ ކަމަށާއި، ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުރަން ރަނގަޅު ކަމެއް ކަމަށެވެ.

ހާމިދު ވިދާޅުވީ، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން ސޮއިކުރި 12 ކްލަބް އެއްތަންވާންޖެހޭ ކަމަށާއި، އެފްއޭއެމްއާ ނެގޯޝިއޭޓްކުރަންޖެހޭ ކަމަށެވެ. އަދި އެފްއޭއެމްގެ ވެރިން އެކަމާ އެއްގޮތަށް އަމަލުކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ވިކްޓްރީން ހުށަހެޅި ޕެޓިޝަނަކީ ވަރަށް ވަރުގަދަ ޕެޓިޝަނެއް ކަމަށާއި، އެ ޕެޓިޝަން އެކުލަވާލަން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށްވެސް ހާމިދު ވަނީ ވިދާޅުވެފައެވެ.

ހާމިދު ވިދާޅުވީ، ފާއިތުވެދިޔަ ދުވަސްތަކުގައި ސަރުކާރަށް ދިވެހި ރާއްޖޭގެ ކްލަބްތައް ސިފަވެފައި އޮތީ ސިޔާސީ ބޭނުމަށް އުފައްދާފައިވާ ތަންތަން ކަމަށާއި، ނަމަވެސް އެއީ އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫން ކަމަށެވެ. އެގޮތުން ހާމިދު ވިދާޅުވީ، ކްލަބްތައް ނުދިރި އޮތީ ސަރުކާރުން ކްލަބްތައް ދެކެ ޖެހިލުންވާތީ ކަމަށާއި، ނަމަވެސް ސަރުކާރުން ކްލަބްތައް ދެކެ ޖެހިލުންވާން ނުޖެހޭ ކަމަށެވެ.

ހާމިދު ވިދާޅުވީ، ކްލަބްތައް ދިރެން ފުރުސަތު ދޭންޖެހޭ ކަމަށާއި، ކްލަބްތަކުން މަސައްކަތް ކުރަނީ ބޯޅަ ކުޅެން ކަމަށެވެ. އަދި ކްލަބްތަކަށް ފައިސާ ދިނުމުގެ އިތުރުން ކްލަބްތަކަށް އެހެން ގޮތްގޮތަށްވެސް އެހީވާންޖެހޭކަމަށްވެސް ހާމިދު ވިދާޅުވިއެވެ.

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ބޭނުންވަނީ 12 ކްލަބެއްގެ ސޮއެވެ. އެގޮތުން އެފްއޭއެމްއަށް ވިކްޓްރީން ހުށަހަޅާފައިވާ ސިޓީއާ އެއްގޮތަށް 14 ދުވަސް ތެރޭގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަންޖެހެއެވެ. ނަމަވެސް ފީފާގެ އިރުޝާދާއެކު، އެފްއޭއެމުން ވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ނުބާއްވަން ނިންމާފައެވެ.

އެފްއޭއެމްއިން މިހެން ނިންމިޔަސް، ފީފާ އާއި އޭއެފްސީގެ ޓީމެއް އަންނަ މަހު ތިންވަނަ ދުވަހު އަދި ހަތަރުވަނަ ދުވަހު ދިމާވެގެން އުޅޭ މައްސަލައާ ގުޅޭގޮތުން ރާއްޖޭގެ ކްލަބްތަކާ މަޝްވަރާކުރާނެއެވެ. އަދި އެ މަޝްވަރާއަށްފަހު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ނިންމުމަކީ ކައިރި ކަމެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 ޖުލައި 2018

ބެލްޖިއަމް އޮތީ ބްރެޒިލްއަށް ދޫކުރާ ގޮތަކަށް ނޫން

05 ޖުލައި 2018
ބެލްޖިއަމް އޮތީ ބްރެޒިލްއަށް ދޫކުރާ ގޮތަކަށް ނޫން
12 އެޕްރީލު 2018

ޗެމްޕިއަންސް ލީގު: ފަހު ވަގުތު ރޮނާލްޑޯ ޖެހި ލަނޑުން، ހަނި ގޮތަކަށް ރެއާލް ސެމީ އަށް!

12 އެޕްރީލު 2018
ޗެމްޕިއަންސް ލީގު: ފަހު ވަގުތު ރޮނާލްޑޯ ޖެހި ލަނޑުން، ހަނި ގޮތަކަށް ރެއާލް ސެމީ އަށް!
04 މާރިޗު 2018

ފިއޮރެންޓީނާގެ ކެޕްޓަން ކުއްލި ގޮތަކަށް މަރުވެއްޖެ

04 މާރިޗު 2018
ފިއޮރެންޓީނާގެ ކެޕްޓަން ކުއްލި ގޮތަކަށް މަރުވެއްޖެ
25 ޖެނުއަރީ 2018

ސްޕެނިޝް ކޮޕާ ޑެލްރޭ: ލެގާނޭސް އަތުން ހިތްދަތި ގޮތަކަށް ބަލިވެ ރެއާލް ކަޓައިފި

25 ޖެނުއަރީ 2018
ސްޕެނިޝް ކޮޕާ ޑެލްރޭ: ލެގާނޭސް އަތުން ހިތްދަތި ގޮތަކަށް ބަލިވެ ރެއާލް ކަޓައިފި
28 ސެޕްޓެމްބަރު 2017

ޔުއެފާ ޗެމްޕިއަންސް ލީގު: ހަނި ގޮތަކަށް ބާސާ މޮޅުވިއިރު ޔުވެންޓަސްއަށް ފުރަތަމަ މޮޅު

28 ސެޕްޓެމްބަރު 2017
ޔުއެފާ ޗެމްޕިއަންސް ލީގު: ހަނި ގޮތަކަށް ބާސާ މޮޅުވިއިރު ޔުވެންޓަސްއަށް ފުރަތަމަ މޮޅު
22 ޖޫން 2017

މާޒިޔާ ހުރިހާ ގޮތަކަށް ބަލާއިރުވެސް ވަރުގަދަ، ޕޮއިންޓެއް ނަމަވެސް ބޭނުން: ސާންތި

22 ޖޫން 2017
މާޒިޔާ ހުރިހާ ގޮތަކަށް ބަލާއިރުވެސް ވަރުގަދަ، ޕޮއިންޓެއް ނަމަވެސް ބޭނުން: ސާންތި
11 މެއި 2017

ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފި

11 މެއި 2017
ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފި
05 މެއި 2017

ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު ކުއްޓު ކުއްލި ގޮތަކަށް ނިޔާވެއްޖެ

05 މެއި 2017
ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު ކުއްޓު ކުއްލި ގޮތަކަށް ނިޔާވެއްޖެ
15 މާރިޗު 2017

އައިސީސީގެ ޗެއާމަން ކުއްލިގޮތަކަށް އިސްތިޢުފާ ދެއްވައިފި

15 މާރިޗު 2017
އައިސީސީގެ ޗެއާމަން ކުއްލިގޮތަކަށް އިސްތިޢުފާ ދެއްވައިފި
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް