Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމްއާ ގުޅޭ ކުއްލި މައްސަލަ

އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ބުނާ ކަންކަން ކުރުމަށްފަހު ނޫނީ އިންތިޚާބު ނުބޭއްވުމަށް މަޖިލީހަށް ކުއްލި މައްސަލައެއް

މައްސަލައިގައި ޤާނޫގައިވާ ގޮތަށް ފިޔަވަޅު އަޅައިދިނުމަށް އެދި ހުށަހަޅާފައިވޭ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 30 ޖޫން 2020 | އަންގާރަ 10:44
އެފްއޭއެމްގެ ރައީސް ބައްސާމް: އަސާސީ ގަވައިދުގައި ބުނާ ކަންކަން ކުރުމަށް ވަނީ ގޮވާލާފައި

އެފްއޭއެމްގެ ރައީސް ބައްސާމް: އަސާސީ ގަވައިދުގައި ބުނާ ކަންކަން ކުރުމަށް ވަނީ ގޮވާލާފައި

ކުޅިވަރާ ބެހޭ ވުޒާރާއިން ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނާއި އެއްގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ދޭތެރޭގައި ފިޔަވަޅު އަޅާފައި ނުވާތީ، އެފްއޭއެމްއާ ދޭތެރޭ ޤާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅައިދިނުމަށް އެދި މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަދި އޭއެފްސީ ހިންގާ ކޮމިޓީގައި މަސައްކަތް ކުރެއްވި އާޒިމް އަންގާރަ ދުވަހު ހުށަހެޅި މައްސަލަގައި ކުޅިވަރާ ބެހޭ ވުޒާރާ އާއި އެފްއޭއެމަށް ގިނަ ކަންތަކަށް ވަނީ ތުހުމަތުކޮށް ވަގުތުން ވަގުތަށް އެކަންކަން ބަލައި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

މި މައްސަލާގައި ބަހުސް ކުރައްވަމުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި 2008-2012 އަށް އެފްއޭއެމްގެ ރައީސްކަން ކުރެއްވި، އެ އެސޯސިއޭޝަނުގެ ފުރަތަމަ އިންތިޚާބީ ރައީސް އަލީ އާޒިމް ވިދާޅުވީ މި ޒަމާނުގައި ކުޅިވަރަކީ ކުޅިވަރެއް ނޫން ކަމަށާއި ކުޅިވަރަކީ ތަޢުލީމެއް އުނގަންނައިދިނުމެއް ކަމަށާއި، އަދި ކުޅިވަރަކީ ވިޔަފާރިއެއް ކަމަށެވެ. ކުޅިވަރުން އަޅުގަނޑުމެންގެ ކުޑަކުދިން ޒުވާނުން އުމުރުން ދުވަސްވީ މީހުން އެތައްއެތައް ކަމެއް ދަސްކުރާ ކަމަށާއި ޤާނޫނެއް ހަދައި ޤާނޫނު ތަންފީޒު ކުރުމަށް އެންގުމުން އެކަން ނުކުރުމުން މިއީ ޤާނޫނު ދައުލަތެކޭ ބުނެ ބަލަން ތިބެވޭކަށް ނެތް ކަމަށް އާޒިމް ވިދާޅުވި އެވެ.

ކުޅިވަރުގެ ޤާނޫނަކީ ވަކި ގޮތަކަށް ކުޅިވަރުގެ ކަންތައް ކުރިއަށްގެންދިޔުމަށް ވުޖޫދު ކުރެވުނު ޤާނޫނެއް ކަމަށާއި ފުޓްބޯޅައަކީ ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ ލެއާއި ގުޅިފައިވާ ކުޅިވަރަކަށް ވާއިރު، މި މައްސަލައިގެ ބޭނުމަކީ އެފްއޭއެމް ސިޔާސީ ނުފޫޒުން އެއްކިބާ ކުރުން ކަމަށް އާޒިމް ވިދާޅުވިއެވެ.

މި ވާހަކަ ދައްކަން ފެށުމުން ތިންވަނަ ފަރާތެއް ވަންނަނަމަ، ފުޓްބޯޅަ ސަސްޕެންޑް ކުރާނެ ކަމަށް ބުނެ ބިރުދައްކާނެ ކަމަށާއި އެހެން ނަމަވެސް މި މައްސަލާގައި ނުފޫޒް ފޯރުވަން ކަމެއްކޮށްފައި ނުވާއިރު، ފީފާ އާއި އޭއެފްސީ މިތަނަށް އައުމުން ދައްކާނެ ވާހަކަ އެބަހުރި ކަމަށް އާޒިމް ވިދާޅުވިއެވެ.

މި މައްސަލައަށް ނުވަ މެންބަރަކު ވާހަކަ ދެއްކެވިއިރު، މި މައްސަލާއި ޚިޔާލުތަފާތުވުން ހުރި ހަމަ އެކަނި މެމްބަރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ މިއަދަކީ މަޖިލީހުގެ ތާރީޚުގައި ކަޅުއަދިރި ދުވަހެއް ކަމަށެވެ. ހުށައެޅިފައިވާ މައްސަލަ އަކީ މަޖިލީހުގައި ނެތް ބާރެއް ބޭނުންކޮށްގެން ހުށަހެޅި މައްސަލައަކަށް ވާއިރު، މި މައްސަލާގައި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ހުށަހެޅުން ނަމަ އެއީ މައްސަލައެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުގެ ވަކި ވުޒާރާއަކަށް ވަކި ގޮތަކަށް ވަކިކަމެއް ކުރުމަށް ބާރުއަޅައި އެކަން ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި މައްސަލައެއް އުޅޭނަމަ، އެކަން ބެލުމަކީ ކުރެވޭނެ ކަމެއްކަން ފާހަގަކުރަމުން ޝަރީފް ވިދާޅުވީ މިހާރު ހުށަހެޅިފައިވާ މައްސަލައަކީ އެފްއޭއެމްގެ ހިންގުމުގެ ތެރެއަށް ވަނުން ކަމަށް ދެކޭ ކަމަށެވެ.

މި މައްސަލާގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް އާއި ކެޔޮދޫ ދާއިރާގެ މެންބަރު ޙުސައިން ޤާސިމް އާއި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން އާއި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ އާއި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުހިސިން ޙަމީދު އާއި ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން އާއި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ ވާހަކަގައި ވެސް ހުށަހެޅިފައިވާ މައްސަލައަށް ތާއީދުކޮށް ވާހަކަ ދައްކާފައިވާއިރު، މައްސަލާގައިވާ ކަންތައްތައް ބެލުމަށް ވަނީ ގޮވާލާފައެވެ.

މި މައްސަލަގައި ވާހަކަ ދައްކަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ވިދާޅުވީ ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ފުޓްބޯޅައަށް ޚަރަދު ކުރެވޭ ކަމަށާއި އެހެން ނަމަވެސް ކުރެވޭ ޚަރަދާއި ބަލާއިރު އެފްއޭއެމްގެ ފަރާތުން ފެންނަނަމުން ދަނީ ހަމަހަމަ އުސޫލުން ކްލަބުތަކާއި މެދު އަމަލު ކުރަމުން ނުދާތަން ކަމަށާއި، އެ ހާލަތުގައި ވެސް ސަރުކާރަށް ޗުއްޕުވެސް ބުނެވެން ނެތް ކަމަށް އެފްއޭއެމުން ބުނަމުންދާ ކަމަށެވެ.

ޤާނޫނާއި ގަވާއިދާ ޚިލާފަށް އަމަލުކުރާނަމަ، އެފްއޭއެމާ މެދު ފިޔަވަޅު އެޅުމަށް ފީފާގެ އެއްވެސް ގަވާއިދެއްގައި ނެތް ކަމަށާއި، ރާއްޖޭގެ އެންމެ ބޮޑެތި ކްލަބުތައް ކަމަށްވާ ވިކްޓަރީ، ނިއުރޭޑިއަންޓް އަދި ވެލެންސިއާއަށް ހެދި ގޮތް އެއީ ފެންނަން ހުރި ކަންކަން ކަމަށާއި، އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތަށް އެ އިދާރާ ހިންގަމުން ނުދާ ކަމަށް އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް ވިދާޅުވީ ފުޓްބޯޅަ ހަލާކު ވެގެންދިޔައީ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފުޓްބޯޅައަކީ ކޯއްޗެއްކަން ނޭނގި އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް ވަން ހިސާބުން ކަމަށާއި، މުޅިރާއްޖެ ހިމެނޭ ގޮތައް އެފްއޭއެމްގެ ރައީސްއަކު ހޮވެން ޖެހޭ ކަމަށެވެ. ފީފާ އާއި އޭއެފްސީގެ ވޯޓު އެފްއޭއެމްގެ ރައީސްކަން ކުރި ފަރާތްތަކުން ބޮޑު އަގުގައި ވިއްކާފައިވާ ކަމަށާއި، އެއީ ބޮޑު ވިޔަފާރިއަކަށް ހަދާފައިވާއިރު، ސިޔާސީ ބޭނުމަށް ފުޓްބޯޅައިން ނާޖާއިޒު ފާއިދާ ނަގާފައިވާ ކަމަށް ކުރީގެ މަޝްހޫރު ޑިފެންޑަރު އަޙްމަދު ހަލީމް ވިދާޅުވިއެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ވިދާޅުވީ ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބު ނިއުރޭޑިއަންޓް ވުޖޫދުން ފޮހެލުމަށް މަސައްކަތް ކުރަނީ އެފްއޭއެމްގައި ހުރި މައްސަލަތަކުގެ ވާހަކަ ދެއްކުމުން ކަމަށެވެ. ކުޅިވަރުގެ އާޖު ފާޖު ނޭނގޭ މުޙައްމަދު ޝަވީދު ކިޔާ މީހެއްގެ އަވާގައި ޖެހިގެން ކުޅިވަރު ހަލާކުވަމުންދާއިރު، އެކަން ހުއްޓުވަން ޖެހޭ ކަމަށް ނިއުގެ ޗެއާމަންކަންވެސް ކުރައްވަމުން ގެންދަވާ މުޙައްމަދު ނަޝީދު ޢަބްދުﷲ ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހުގައި މި މައްސަލަ ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވުމަށް ވޯޓަށް އެހުމުން، މަޖިލީހަށް ހާޒިރުވެ ތިއްބެވި 66 މެންބަރުގެ ތެރެއިން 65 މެންބަރުގެ ވޯޓުން މި މައްސލަ އިޖްތިމާއީ ކޮމިޓީއަށް ފޮނުވުމަށް ވަނީ ފާސްކޮށްފައެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ފަސްކުރި އެފްއޭއެމްގެ އިންތިޚާބީ ކޮންގްރެސް މި ޖޫން މަހުގެ ތެރޭގައި ބޭއްވުމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށާއި ކޮންގްރެސް އަންނަ ޖުލައި މަހުގެ ތެރޭގައި ބޭއްވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެފްއޭއެމްގެ އިންތިޚާބީ ކޮންގްރެސް ބޭއްވުމަށް އެންމެ ފުރަތަމަ މަސައްކަތްކޮށްފައި ވަނީ މާޗު މަހުގެ 20 ވަނަ ދުވަހުގެރޭއެވެ. އެކަމަކު އެ ކޮންގްރެސް ނުބޭއްވުނީ ކޮވިޑް-19ން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުންނެވެ. އެފްއޭއެމްގެ އިންތިހާބާއި ގުޅިގެން ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް އަންގާރަ ދުވަހު ވިދާޅުވީ އިންތިހާބު ބޭއްވުން އެ ކޮމިޝަނުން މަނާކޮށްފައިނުވާނެ ކަމަށާއި ކޮމިޝަނުން ކުރާނެ ކަމަކީ އިންތިހާބު ކުރިޔަށްދާއިރި އޮބްޒާވް ކުރުން ކަމަށެވެ.

އަސާސީ ގަވާއިދުގައި ބަޔާން ކޮށްފައިވާ އިންތިޚާބު ބާއްވަން ޖެހޭ ތާރީޚުގެ ނުވަ މަސް ދުވަސް ކުރިން އެފްއޭއެމްގެ އިންތިޚާބު ބޭއްވުމަށް އެ އިދާރާގެ ހިންގާ ކޮމިޓީން ނިންމާފައި ވަނީ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުއެވެ. ބައްސާމަށް ތާއީދުކުރާކަން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބުތަކުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ޓީސީ ސްޕޯޓްސް ކްލަބާއި، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި، ޔުނައިޓެޑް ވިކްޓަރީ އާއި، ކްލަބު ގްރީން ސްޓްރީޓްސް އަދި ކްލަބު އީގަލްސް ހިމެނޭއިރު، ދެވަނަ ޑިވިޝަނުން ކްލަބު ވެލެންސިއާ އާއި ކްލަބު ޕީކޭ އާއި ޖޭޖޭ ސްޕޯޓްސް ކްލަބުވެސް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްއޭއެމްގެ އެކްސްކޯގެ ތިން މެމްބަރަކު މަގާމުން ދުރުކޮށްފި

އެފްއޭއެމްގެ އެކްސްކޯގެ ތިން މެމްބަރަކު މަގާމުން ދުރުކޮށްފި

23 ޖުލައި 2017
ޓެކްސް ނުދައްކާކަމަށް ބުނާ ވާހަކަ ރޮނާލްޑޯ ދޮގުކޮށްފި

ޓެކްސް ނުދައްކާކަމަށް ބުނާ ވާހަކަ ރޮނާލްޑޯ ދޮގުކޮށްފި

14 ޖޫން 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް

23 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި

09 އެޕްރީލު 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު