Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ރޯމާ އިން ލާޒިއޯ ބަލިކޮށްފި

މެޗުން މޮޅުވެ، ތިން ވަނައިގައި އޮތް އިންޓަރ މިލާންއާ ދެމެދު ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ލާޒިއޯ އަށް އޮތް ނަމަވެސް، މެޗުން ބަލިވެ ވަނީ އެ ފުރުސަތު ގެއްލިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖެނުއަރީ 2025 | ހޯމަ 04:44
މެޗުގައި ލަނޑު ޖެހުމަށްފަހު ރޯމާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ރޯމާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިޓާލިއަން ލީގުގައި ލާޒިއޯއާ ދެކޮޅަށް ކުޅުނު މެޗުން ރޯމާ މޮޅުވެއްޖެ އެވެ.

ރޯމާގެ އަމިއްލަ ދަނޑުގައި ލާޒިއޯއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ރޯމާ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ.

މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ރޯމާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ލޮރެންޒޯ ޕެލެގްރިނީ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އެލެކްސިސް ސަލަމައެކާސް އެވެ. އޭގެ އަށް މިނެޓު ފަހުން މެޗުގައި ރޯމާގެ ދެ ވަނަ ލަނޑު ޖެހީ ސަލަމައެކާސް އެވެ. އޭގެ ފަހުން މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ލާޒިއޯ އިން ވެސް ތަނަވަސްކުރި އެވެ. ނަމަވެސް އެ ޓީމަށް އެ ފުރުސަތުތައް ނިންމާލެވޭ ގޮތެެއް ނުވި އެވެ.

މެޗުން މޮޅުވެ، ތިން ވަނައިގައި އޮތް އިންޓަރ މިލާންއާ ދެމެދު ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ލާޒިއޯ އަށް އޮތް ނަމަވެސް، މެޗުން ބަލިވެ ވަނީ އެ ފުރުސަތު ގެއްލިފަ އެވެ. ލީގު ތާވަލްގެ ހަތަރު ވަނައިގައި ލާޒިއޯ އޮތީ 19 މެޗުން 35 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން 10 ވަނައިގައި ރޯމާ އަށް ލިބެނީ 23 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

ސްޕަލެއިޓީ ރޯމާގެ ކޯޗުކަން ދޫކޮށްލިކަން އެ ކްލަބުން ކަށަވަރުކޮށްދީފި

30 މެއި 2017
ސްޕަލެއިޓީ ރޯމާގެ ކޯޗުކަން ދޫކޮށްލިކަން އެ ކްލަބުން ކަށަވަރުކޮށްދީފި
18 މެއި 2017

ލާޒިއޯ ބަލިކޮށް އިޓާލިއަން ކަޕްގެ ތަށި ޔުވެންޓަސްއިން އުފުލާލައިފި

18 މެއި 2017
ލާޒިއޯ ބަލިކޮށް އިޓާލިއަން ކަޕްގެ ތަށި ޔުވެންޓަސްއިން އުފުލާލައިފި
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
11 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި
02 އެޕްރީލު 2017

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު