Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

މަރެސްކާ ބުނީ ޗެލްސީން އިތުރަށް ސަމާލުވާން ޖެހޭ ކަމަށް

7 ޖެނުއަރީ 2025 | އަންގާރަ 03:51

ހަމައެހެންމެ، ބައެއް ޙާލަތްތަކުގައި ދެ ލަނޑު ޖަހަން ވެސް، ދިހަ ފުރުސަތު ތަނަވަސްކުރަން ޖެހޭ ކަމަށް މަރެސްކާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖެނުއަރީ 2025 | އަންގާރަ 03:51
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ

ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ

އިނގިރޭސި ޕްރިމިއަރ ލީގުގައި ކުރިއަށްދާން ބަލާއިރު، ޗެލްސީން އިތުރަށް ސަމާލުވާން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި ޗެލްސީން ލަނޑު ޖަހައި ކުރި ވެސް ހޯދި އެވެ. ނަމަވެސް ޕެލަސް އިން ވަނީ ފަހު ވަގުތުގެ ތެރޭގައި ލަނޑު ޖަހައިގެން މެޗު އެއްވަރުކޮށްފަ އެވެ. މިއާއެކު ލީގުގައި އެންމެ ފަހުން ޗެލްސީ ކުޅުނު ތިން މެޗު ވެސް ނިންމާލަން ޖެހުނީ މޮޅެއް ނުހޯދި އެވެ.

މަރެސްކާ ބުނީ، މެޗުން ޗެލްސީ މޮޅުވެވޭ ވަރަށް އެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން މަސައްކަތް ފެނުނު ކަމަށެވެ. ފުރަތަމަ ހާފު އަދި ދެ ވަނަ ހާފަށް ބަލާއިރު ވެސް، ޗެލްސީން ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރި ކަމަށާއި، މެޗުން ޗެލްސީ އަށް މޮޅުވުން ހައްގު ކަމަށް މަރެސްކާ ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ފުޓުބޯޅައިގައި އަބަދު ވެސް ސަމާލުވެ ތިބެން ޖެހޭނެ ކަމަަށާއި، އެ ނޫން ނަމަ ވަރަށް ފަސޭހަ އިން މެޗުތައް ގެއްލިގެން ދާނެ ކަމަށް މަރެސްކާ ބުންޏެވެ.

މީގެ އިތުރުން މަރެސްކާ ބުނީ މެޗުތަކުގައި އެންމެ މުހިންމީ ލަނޑު ޖަހަން ފުރުސަތުތައް ތަނަވަސްކުރުން ކަމަށާއި، ފުރުސަތުތައް ތަނަވަސްކުރުމަކީ ރަނގަޅު ގޮތުގައި ކުރިއަށް ދެވޭ ކަމުގެ ހެއްކެއް ކަމަށް ވެސް މަރެސްކާ ބުންޏެވެ. މެޗުތަކުގައި ތަނަވަސްކުރެވޭ ކޮންމެ ފުރުސަތެއްގައި ލަނޑެއް ނުޖެހޭނެ ކަމަށާއި، އަދި ލަނޑު ޖެހޭ ފަހަރާ ވެސް ދިމާވާނެ ކަމަށް މަރެސްކާ ބުނެފައިވެ އެވެ. ހަމައެހެންމެ، ބައެއް ޙާލަތްތަކުގައި ދެ ލަނޑު ޖަހަން ވެސް، ދިހަ ފުރުސަތު ތަނަވަސްކުރަން ޖެހޭ ކަމަށް މަރެސްކާ ބުންޏެވެ.

އިތުރަށް މަރެސްކާ ބުނީ އެ މެޗުގައި ޗެލްސީގެ ހުރިހާ ކުޅުންތެރިން ވެސް ވަރަށް ރަނގަޅު ކަމަށާއި، ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތް އޭނާ ފުރިހަމަ އަށް ބަލައި ގަންނާނެ ކަމަށެވެ. އަދި ޗެލްސީން ދެން ތައްޔާރު ވާނީ އެފްއޭ ކަޕުގައި އެ ޓީމު ކުޅެން އޮތް މެޗަށް ކަމަށާއި، އެ މެޗުން މޮޅުވަން ވަރަށް މަސައްކަތް ކުރާނެ ކަމަށް ވެސް މަރެސްކާ ބުންޏެވެ.

އެފްއޭ ކަޕުގެ ތިން ވަނަ ބުރުގައި ޗެލްސީ ކުޅޭ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 މެއި 2017

މިރޭގެ މެޗަށް ސަމާލުވާން ޖެހޭ، ފައިނަލް ޔަގީނެއް ނޫން: ޒިދާން

10 މެއި 2017
މިރޭގެ މެޗަށް ސަމާލުވާން ޖެހޭ، ފައިނަލް ޔަގީނެއް ނޫން: ޒިދާން
08 އެޕްރީލު 2017

ކުޅުނު ކުޅުމަށް ބަލާއިރު މި ލިބުނީ ހައްގު 3 ޕޮއިންޓު: ޓަވަރޭޒް

08 އެޕްރީލު 2017
ކުޅުނު ކުޅުމަށް ބަލާއިރު މި ލިބުނީ ހައްގު 3 ޕޮއިންޓު: ޓަވަރޭޒް
08 އެޕްރީލު 2017

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް
06 އެޕްރީލު 2017

ޔޫވީއަކީ ކައުންޓަ އެޓޭކްގައި ނުރައްކާ ކުރާ ޓީމެއް، ސަމާލުވާންޖެހޭ: ނިޒާމްބެ

06 އެޕްރީލު 2017
ޔޫވީއަކީ ކައުންޓަ އެޓޭކްގައި ނުރައްކާ ކުރާ ޓީމެއް، ސަމާލުވާންޖެހޭ: ނިޒާމްބެ
04 އެޕްރީލު 2017

ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް

04 އެޕްރީލު 2017
ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް
30 މާރިޗު 2017

މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި

30 މާރިޗު 2017
މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި
16 ފެބުރުއަރީ 2017

ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި

16 ފެބުރުއަރީ 2017
ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް