Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމެރިކާ

އެމެރިކާގެ ރައީސް ދެއްވާ ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް، މެސީ އަށް

އެމެރިކާގެ ރައީސް ޖޯ ބައިޑަން މިފަހަރު ވަނީ ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމްގެ ލަޤަބު 19 ފަރާތަކަށް ދެއްވަން ނިންމައިފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ އިންޓަރ މިއާމީ އަށް ވެސް ކުޅެމުން އަންނަ މެސީ ހިމެނެ އެެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖެނުއަރީ 2025 | ހޯމަ 06:32
އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ ލިއޮނަލް މެސީ

އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ ލިއޮނަލް މެސީ

އެމެރިކާގެ ރައީސްގެ ފަރާތުޕުުޅުން ދޭ ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ދެއްވައިފި އެވެ.

ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް އަކީ އެ ޤައުމުގައި ދެމުން އަންނަ މަދަނީ އެންމެ ޝަރަފުވެރި ލަޤަބެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން މިފަހަރު ވަނީ ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމްގެ ލަޤަބު 19 ފަރާތަކަށް ދެއްވަން ނިންމަވައިފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ އިންޓަރ މިއާމީ އަށް ވެސް ކުޅެމުން އަންނަ މެސީ ހިމެނެ އެެވެ.

މި ލަޤަބަކީ އެމެރިކާގެ އަސާސްތަކާއި، ނުވަތަ އެ ޤައުމުގެ ސަލާމަތާއި، ދުނިޔޭގެ ސުލްޙައާއި، ނުވަތަ އެނޫން ވެސް މުހިންމު އިޖްތިމާޢީ، ޢާންމު ނުވަތަ އަމިއްލަ މަސައްކަތްތަކުގައި ނަމޫނާ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށް ދެއްވާ، އެ ޤައުމުގެ އެންމެ މަތީ މަދަނީ ޝަރަފެވެ.

އިންޓަރ މިއާމީގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ މެސީ އަންނަނީ، ލިއޯ މެސީ ފައުންޑޭޝާން މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންނަށް ބޭނުންވާ ޞިއްޙީ އަދި ތަޢުލީމީ ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ، ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުންނެވެ.

އެމެރިކާގެ ރައީސް ބައިޑަންގެ އަތްޕުޅުން ދެއްވާ މި ލަޤަބު ދެއްވުމުގެ ހަފްލާގައި މެސީ ބައިވެރިވެފައެއް ނުވެ އެވެ. މުހިންމު އެހެން ކަމެއްގައި ބައިވެރިވާން ކުރިން ރާވާފައި އޮތުމުން، ލަޤަބު ދެއްވާ ޙަފްލާގައި ބައިވެރި ނުވެވޭނެ ވާހަކަ މެސީ ވަނީ ކުރިން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓްހައުސް އަށް އަންގާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ފަހުގެ ތާރީޚެއްގައި އެ ލަޤަބާ ހަވާލުވުމުގެ ފުރުސަތު ލިބޭނެ ކަމުގެ އުންމީދުގައި ހުރި ކަމަށް ވެސް މެސީ ވަނީ އަންގައިފަ އެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލުމަށްފަހު މެސީ އިންޓަރ މިއާމީ އަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު މިއަހަރު ހަމަވާނެ އެވެ. ނަމަވެސް، މެސީގެ މުސްތަޤުބަލާ މެދު މިހާތަނަށް އޭނާ ވަކި ނިންމުމެއް ނިންމާފައެއް ނުވެ އެވެ. އިންޓަރ މިއާމީން އޮތީ މެސީގެ އެއްބަސްވުން އައު ކުރަން ބޭނުންވެފަ އެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

16 މާރިޗު 2017
ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
09 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި

09 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު