Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

45 އަހަރުގެ ތެރޭގައި ޔުނައިޓެޑަށް ލަދުވެތި ނަތީޖާއެއް

އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޔުނައިޓެޑު ބަލިވެފައިވާއިރު، މިއީ 45 އަހަރުގެ ތެރޭގައި ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ޖެހި ޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޑިސެމްބަރު 2024 | އަންގާރަ 06:12
ޔުނައިޓެޑާއި ނިއުކާސަލް ކުޅުނު މެޗުގެ ތެރެއިން

ޔުނައިޓެޑާއި ނިއުކާސަލް ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، މެންޗެސްޓަރ ޔުނައިޓެޑަށް ލަދުވެތި ނަތީޖާއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެ ކުޅުނު މެޗުން އެ ޓީމު ބަލިވީ 2-0 އިންނެވެ. މެޗުގައި ނިއުކާސަލް އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ނިއުކާސަލަށް ލީޑު ނަގައިދިނީ އެލެގްޒެންޑާ އިސާކް އެވެ. އޭގެ ފަހުން މެޗުގެ 19 ވަނަ މިނެޓުގައި ނިއުކާސަލްގެ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްދިނީ ޖޮއިލަންޓަން އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އެންތަނީ ގޯޑަން އެވެ.

އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޔުނައިޓެޑު ބަލިވެފައިވާއިރު، މިއީ 45 އަހަރުގެ ތެރޭގައި ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ޖެހި ޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑު ބަލިވެފައިވާއިރު، ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން ވެސް ވަނީ ބަލިވެފަ އެވެ. ލީގު ތާވަލްގެ 14 ވަނައިގައި ޔުނައިޓެޑު އޮތީ 19 މެޗުން 22 ޕޮއިންޓާ އެކު އެވެ. މި ސީޒަންގެ ލީގުގައި ނުވަ މެޗަކުން ޔުނައިޓެޑު ވަނީ ބަލިވެފަ އެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު