Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވިއަންގެ ވައިޑް- ބޮޑީ މަތިންދާބޯޓު

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް - ބޮޑީ މަތިންދާބޯޓު ދައްކާލަން އެއާ ޝޯއެއް

31 ޑިސެމްބަރު 2024 | އަންގާރަ 06:04

އަލަށް ގެންނަ އެއާބަސް އޭ-330 މަރުކާގެ މި ބޯޓަކީ 264 މީހުންގެ ޖާގައިގެ މަތިންދާބޯޓެއްކަމަށް މޯލްޑިވިއަނުން ބުނޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 31 ޑިސެމްބަރު 2024 | އަންގާރަ 06:04
މޯލްޑިއަން ފްލައިޓެއް ރަންވޭމަތިން ފުރުމައް ތައްޔާރުވަނީ

މޯލްޑިއަން ފްލައިޓެއް ރަންވޭމަތިން ފުރުމައް ތައްޔާރުވަނީ

މޯލްޑިވިއަންއަށް ގެންނަ ފުރަތަމަ ވައިޑް- ބޮޑީ މަތިންދާބޯޓު ދައްކާލަން އެއާ ޝޯއެއް ބާއްވަން ހަމަޖައްސަވައިފި އެވެ.

ގައުމީ އެއާލައިން އިން އަލަށް ގެންނަ އެއާބަސް އޭ-330 މަރުކާގެ މި ބޯޓަކީ 264 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ. އަދި މިއީ މިހާތަނަށް ރާއްޖޭގެ ގައުމީ އެއާލައިނަށް ގެންނަ އެންމެ ބޮޑު މަތިންދާބޯޓުކަމަށް ގައުމީ އެއާލައިނުން ބުނެއެވެ.

Advertisement - newsAdvertisement

މޯލްޑިވިއަންއިން ބުނީ މަތިންދާބޯޓު ދައްކާލުމަށް ބާއްވާ އެއާ ޝޯ އޮންނާނީ އަންނަ ޖެނުއަރީ 6 ވަނަ ދުވަހު ކަމަށާއި މި އެއާ ޝޯ މާލޭގެ އުސްފަސްގަނޑު ސަރަޙައްދާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ހިމެނޭ ސަރަޙައްދުގައި ކުރިއަށްދާނެ ކަމަށެވެ. އަދި އެއާ ޝޯ ކުރިއަށްދާނީ ހޯމަ ދުވަހު ހަވީރު 5:00 އިން 5:30 އަށްކަމަށް ވެސް މޯލްޑިނއަންއިން ބުނެއެވެ.

މޯލްޑިވިއަންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ވައިޑް ބޮޑީ އެއާކްރާފްޓެއް ގެނައުމަކީ ސަރުކާރުގެ މުހިންމު ވައުދެކެވެ. އެގޮތުން މޯލްޑިވިއަންއަށް ގެންނަ އޭ-330 ބޯޓު މިވަގުތު އޮތީ ސިންގަޕޫރުގަ އެވެ.

ބޯޓުގެ ޚިދުމަތް ފެށުމަށް މޯލްޑިވިއަންއިން އަންނަނީ ފުރިހަމައަށް ތައްޔާރުވަމުންނެވެ. ވައިޑް ބޮޑީގެ އޮޕަރޭޝަންތައް އެންމެ ފުރަތަމަ ވެސް ފެށުމަށް ހަމަޖެހިފައި ވަނީ ޗައިނާގެ ތިން މަންޒިލަކަށް ކަމަށް މޯލްޑިވިއަންއިން ބުނެ އެވެ. ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ މުހިންމު އެއް މާކެޓެވެ. އެއަށްފަހު ޔޫރަޕަށް ވެސް ދަތުރުތައް ފެށުމަކީ މޯލްޑިވިއަންގެ އަމާޒެކެވެ.

މި ބޯޓާއެކު އިތުރު 60،000 ފަސިންޖަރުން ކޮންމެ އަހަރަކު ރާއްޖެ ގެނެވޭނެ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ.

މި ބޯޓުގައި ތިން ކެޓަގަރީއެއްގައި ފަސިންޖަރުންނަށް ޚިދުމަތް ދޭނެ އެވެ. އެއީ އިކޮނޮމީ ކްލާސް، ބިޒްނަސް ކްލާސްގެ އިތުރުން ޕްރިމިއަމް ކްލާސް އެވެ. މޯލްޑިވިއަންގެ ފްލީޓްގައި މިވަގުތު 20އަށް ވުރެ ގިނަ މަތިންދާބޯޓު ދަނީ ބޭނުންކުރަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

09 މެއި 2017

ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން

09 މެއި 2017
ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން
24 އެޕްރީލު 2017

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު

24 އެޕްރީލު 2017
މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު
15 އެޕްރީލު 2017

އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

15 އެޕްރީލު 2017
އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި
07 އެޕްރީލު 2017

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
08 މާރިޗު 2017

ރައީސް މައުމޫންގެ ބޮޑީ ގާޑުންނަށް ނުފުރޭނެ ކަމަށް އަންގައިފި

08 މާރިޗު 2017
ރައީސް މައުމޫންގެ ބޮޑީ ގާޑުންނަށް ނުފުރޭނެ ކަމަށް އަންގައިފި
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް