Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މި ސަރުކާރުގެ ކެބިނެޓް

ރައީސް މުއިއްޒުގެ ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސް، އަދިވެސް ކެބިނެޓް އެކުލަވާލައި ނުނިމޭ

26 ޑިސެންބަރު 2024 ވަނަ ދުވަހު ކެބިނެޓަށް ވަނީ ކުއްލި ބަދަލުތަކެއް ގެނެސްފައެވެ. މިއީ ސަރުކާރުގައި ކެބިނެޓަށް ބަދަލު ގެނައި ދެވަނަ ފަހަރު ކަމަށްވާއިރު، ބައެއް މިނިސްޓަރުންނަށް ރައްޔިތުންގެ އިތުބާރު ވަނީ ގެއްލިފައެވެ. މިއީ ސަރުކާރުގެ ކޮރަޕްޝަންތައް ހިންދާލައި، މިސްރާބު އޮޅުވާލުމަށް ސަރުކާރުގެ އެތެރެއަށް ގެންނަ ކުއްލި ބަދަލުތައް ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. އަދި ރައީސް މުއިއްޒާއި ސަރުކާރަށް އާމާޒުވެފައިވަނީ ރައްޔިތުންގެ ނުރުހުމާއި ފާޑުކިޔުމެވެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2024 | ހުކުރު 09:49
ރައީސް ޑރ.މުހައްމަދު ވަޒީރުންނާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސް ޑރ.މުހައްމަދު ވަޒީރުންނާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންގެ ވޯޓާއެކު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު ގެނައީ ވަރަށް އުންމީދާއެކުއެވެ. ކުރީގެ ސަރުކާރުގައި ރައްޔިތުން ނުރުހުންވި ކަންކަން ރައީސް މުއިއްޒު ރަނގަޅުކޮށް ދެއްވައި، ގައުމުގެ މިސްރާބު ބަދަލުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކު އެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރަށް އަހަރެއް ވެގެންދިޔައިރު ގައުމަށް، އަދި ރައްޔިތުންނަށް ލިބުނު އެއްވެސް ކުރިއެރުމެއް ނެތެވެ. ނަމަވެސް ސަރުކާރުގެ ބައެއް އިސްބޭފުޅުންގެ ދިރިއުޅުން ވަރަށް ވެސް ބޮޑަށް ތިޔާގިވެ ކުރިއަރައިގެން ގޮސްފައިވާއިރު، ސަރުކާރުގެ ކޮރަޕްޝަންގެ ގިނަ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. ކޮރަޕްޝަންގެ ގިނަ ލިޔެކިއުންތައް ވަނީ އާއްމުވެފައެވެ.

އެއާއެކު މިސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ބޯހިޔާވަހިކަން ހޯދައިދިނުމަށް އައި މިސަރުކާރުން ރައްޔިތުންގެ ގޯއްޗާއި، ފްލެޓުތައް ވައްގަށް ނަގާފައިވާ ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. ގިނަ ރައްޔިތުން މިސަރުކާރަށް ނުރުހުންވެފައިވަނިކޮށް، އެޗްޑީސީގެ ގޯތީގެ ވައްކަމާއި ގުޅިގެން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މިމައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި، އުންމީދުކުރަނީ މިކަމުގެ ހަގީގަތް ހާމަވަގެންދާނެ ކަމަށެވެ. އަދި ހަގީގީ މާނައިގައި ކޮރަޕްޝަންގެ ޒީރޯ ޓޮލަރެންސް ތަންފީޒުކުރާނެ ކަމަށެވެ. ނަމަވެސް އޭގެފަހުން އަނެއްކާ ވެސް ހާމަވަގެންދިޔައީ ރައީސް މުއިއްޒު އެމައްސަލާގައި ވެސް ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކޮށްފައިވާ ތަނެވެ. އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ކޮރަޕްޝަންގެ މައްސަލަތައް ސަމާލުކަމަށް ގެންނަވާ އެޗްޑީސީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު ފޮނުއްވި ސިޓީ ލިބިވަޑައިގެންފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާއިރު، ރައީސް އޮފީހުން ސިޓީ ބަލައިގަތް ކަމުގެ ޗިޓް ވަނީ އާއްމުވެގެން ގޮސްފައެވެ.

މިފަދަ ހުރިހާ ކަމެއްގެ ރައްޔިތުން ކުރިމަތީގައި ސަރުކާރު ބަދުނާމުވުމުން އަނެއްކާ ވެސް މިސްރާބު އޮޅުވާލުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.

އެގޮތުން 26 ޑިސެންބަރު 2024 ވަނަ ދުވަހު ކެބިނެޓަށް ސަރުކާރުން ވަނީ ކުއްލި ބަދަލުތަކެއް ގެނެސްފައެވެ.

މިނިސްޓްރީ އޮފް ފިނޭންސް އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލައި މިހާރު ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަށް ބަދަލުކޮށްފައެވެ. އެ މިނިސްޓްރީ ގެ މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވީ މޫސާ ޒަމީރެވެ. މީގެ އިތުރުން ހައުސިންގ އާއި އިންފްރާސްޓްރަކްޗާރ އެއްކޮށްލައި މިހާރު ވަނީ އެ މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އަށް ބަދަލުކޮށްފައެވެ. އެ މިނިސްޓްރީ ގެ މިނިސްޓަރު ކަމުގެ މަގާމް އަށް އައްޔަން ކުރެއްވީ ޑރ. އަބްދުﷲ މުއްތޮލިބެވެ. އަދި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑރ. މަރިޔަމް މާރިޔާ ބަދަލުކުރައްވާފައިވަނީ އެނިމަލް ވެލްފެއަރ އެންޑް އެގްރިކަލްޗަރ މިނިސްޓަރަކަށެވެ. އަދި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވަނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ކަމަށް ބަދަލުކުރައްވާފައެވެ.

މީގެ އިތުރުން ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ކަމަށް ބަދަލުކުރައްވާފައިވާތީ ވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ރައްޔިތުންނާ ގުޅުންހުރި އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ގޯއްޗާއި، ފްލެޓު މައްސަލާގައި ރައްޔިތުންނަށް ޖަވާބުދާރީނުވެ، އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ރައީސް މުއިއްޒުގެ މަސްލަހަތު އިސްކޮށް، ފްލެޓާއި، ގޯތި ދޫނުކޮށް، ބުރަކި ޖައްސަވައިގެން މިނިސްޓަރު ހައިދަރު ހުންނެވުމުން މިއަދު މިނިސްޓަރު ހައިދަރަށް އިތުބާރު ކުރާ ރައްޔިތެއް ނެތޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. އަދި ކުރިއަށް އޮތްތާގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ހާލަތު ވެސް ދާނީ ދަށަށް ކަމަށާއި، ދަރިވަރުންނަށް ލިބެމުންދިޔަ އިނާޔަތްތަކުގައި ބުރަކި ޖެހުން ގާތް ކަމަށް ބައެއް މީހުން ދަނީ ތުހުމަތު ކުރަމުންނެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގައި މިއީ ކެބިނެޓަށް ބަދަލު ގެނައި ދެވަނަ ފަހަރެވެ. މި ގެނައި ބަދަލާއެކީ މިހާރު ސަރުކާރުގައި އޮންނަނީ 21 މިނިސްޓްރީއެކެވެ. މިސްރާބު އޮޅުވާލުމަށް ސަރުކާރުގެ އެތެރެއަށް ގެންނަ ކުއްލި ބަދަލުތަކާއެކު ވެސް ރައީސް މުއިއްޒާއި ސަރުކާރަށް އާމާޒުވެގެން ދަނީ ރައްޔިތުން ނުރުހުމެވެ. މިސަރުކާރަށް އަހަރަކަށްވުރެ ގިނަ ދުވަސްގެންދާއިރު، ކެބިނެޓު އެކުލަވާލައި ނުނިމޭ ކަމަށާއި، ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވޭނީ ކޮން ދުވަހަކުން ކަމާއިމެދު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު