Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ބޮޑު ވައްކަމާއެކު ސަރުކާރު "ހެލޭ ދަތަކަށް"

ބިންވެރިޔާ ސްކީމްގެ ދަށުން މަކަރާ ހީލަތުން ބަޔަކަށް ގޯތިތަކެއް ދިން މައްސަލަ އެއް ފެންމަތިވެ، ސަރުކާރުގެ އެތެރޭގެ ކޮރަޕްޝަންގެ އަޑު މިވަނީ ގަދަވެފައެވެ. އަޑެއް ކިއްޔާ ރެނދެއް ލާނެއޭ ބުނާ އުސޫލުންނެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2024 | ބުރާސްފަތި 12:39
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އަޑެއް ކިއްޔާ ރެނދެއް ލާނެއެވެ. ހެލޭ ހެލުމެއްގެ ފަހަތުން އިތުރު ކަންތައްތަކެއްވެސް  ހިނގާނެއެވެ. އެއީ އިހުތިބީންވެސް ބުނެއުޅޭ އިލާހީ ގާނޫނެވެ.

މިފަހުން ކީ އެންމެ ބޮޑު އަޑަކީ މަޝްހޫރު ގޯތި ވައްކަމުގެ އަޑެވެ. އެވާހަކަތައް ފުރަތަމަ ދެކެވުނީ ސިއްރު ސިއްރުންނެވެ. ދޭދޭ މީހުންގެ މެދުގައެވެ. ހީވާ ހީވުމަކަށެވެ. ފެންނަ ފެނުމަށް ލަފާކޮށްފައެވެ. އެކަމަކު ފަޅައިގެން ދިޔައީ ކުއްލިއަކަށެވެ. އެކްސް އެކައުންޓަކުން ލީކުކޮށްލި ލިޔެކިޔުންތަކަކާއެކު ބޮޑުކޮށެވެ. އިސާހިތަކު ސަރުކާރުގެ ހިންމިތަކުގައި މަދަން އަޅައިގެންވެސް ދިޔަ ނުހިފޭވަރަށެވެ. ބަނޑުފިލާގައި އުފެދުނު ބާގަނޑުގައި ގަނޑުލައިގެންވެސް ދިޔަގަނޑު ކޮންޓްރޯލް ނުކުރެވޭހާ ބޮޑަށެވެ.

ކުއްލިއަކަށް އެނެގި ރާޅު ހަފޮޅުން އެތެރެނުވަނީސް ސަލާމަތްވެވޭތޯ ސަރުކާރުން ލައްކަ މަސައްކަތް ފަށައިގަތެވެ. ލައްކަ ގޮތްގޮތައް އަނބުރާލެވޭތޯ އުޅެގަތެވެ. ވީކަމެއް ހަތްހަރާމުން ހަރާމެވެ. ހެލުނު ހެލުންގަނޑާއެކު ކުދި ހެލުންތައް އަދިވެސް އެދަނީ ކުރިއަށެވެ. އިންތިހާއަށްވީ ބޮޑެވެ.

މުޅިރާގު ބަދަލު ކޮށްލަން ކުރީ ސަރުކާރު ބޮލަށް ޖެހިޖެހުން ރައްޔިތުން ބަލައި ނުގަތީމާ ދެން ފެނުނީ އިދިކޮޅަށް ކުރުދޮށިންދޭން ބޭއްވި މަޝްހޫރު ހަރުގެ ޖަލްސާއެވެ. ކުއްލިގޮތަކަށް ކޮޅު ބަދަލުކޮށްލުމާއެކު ސްޓޭޓް މިނިސްޓަރުކަން ލިބުނު ކުރީގެ މަޖިލިސް މެމްބަރަކު ލައްވައި އިދިކޮޅަށް ވަށިވަށިން ދިނުމަށް ހަވާލުކުރެވުނު ޓާސްކް ގޮވީ ބޮޑުތަނުން އަތަށެވެ. ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގި އެކަލޭގެ ފަޅާލި ބޮޑު ވާހަކައާއެކު ސަރުކާރުގެ ރިހޭ ފައިމައްޗަށް ވެއްޓުނީ ފޮއެވެ. އެތެރެއިން ކުރި ބަޣާވާތެއް ކަމަށްބުނެ ޖަލްސާގެ ޕޯޑިއަމްގައި ހުރި މައިކުތަކުން އަޑު ކަނޑާލައި ބައިމީހުންނާ ދިމާލަށް ހެއްދެވި ނުހެއްދެވިއަށް ގޮވައި ޖަލްސާ ހުއްޓާލިއެވެ. އިތުރަށް ފަޟީޙަތްވާން ފުރުސަތު ނުދިނުމަށެވެ. އެވަރުންވެސް އެކަން ހަންމަތަ ކުރެވޭވަރެއް ނުވިއެވެ. މާ ގައްޑާވެލާފައި ފޮނުވާލި ބޯޅައިން ބައިކޮޅަށް ވަން ގޯލުން ސަލާމަތްވާން އަމިއްލަ ޕާޓީން ބަޔާނެއްވެސް ނެރެން މަޖްބޫރުވީއެވެ. ސްޓޭޓް މިނިސްޓަރު ސަސްޕެންޑްވެސް ކުރީއެވެ. އަނހަ!. އެކަމުންވެސް އެގޮވީ އަތަށެވެ.

ދެން އޮތީ ވަކި ބަޔަކަށް ދައުވަތު ދީގެން އޮފީހުން ނުކުމެވަޑައިގަންނަވާ ތަނަށް އިއްކީލި ނޫސްވެރިން ގެންގޮސްގެންވެސް ކުޅެން އުޅުނު ޑްރާމާއެވެ. ޓްރެއިލަރ ނުނިކުންނަނީސް އެކަންވެސްވީ ފްލޮޕެވެ. އަނގަގަޅި ޖެހިވަޑައި ނުގަތުމަށް ވިދާޅުވެވުނު އެއްޗަކުން ފެނުނީ އަލީގެ މައްޗަށް އައްޔެވެ. ވަގުގޯތީގެ އިތުރުން ނޭނގިއޮތްކަމަށް ވިދާޅުވި އެންސްޕާ ކޮރަޕްޝަން ރައީސްގެ ސަމާލުކަމަށް ނޫސްވެރިން ގެނައީއެވެ. ތަރުޖަމާން މެދުވެރިކޮށް އެންސްޕާ ލާރިގަނޑުން ހެދި އެމްއެމްޓީވީގެ ވާހަކަ ރަސްމީކޮށް ރައީސަށް ހުށަހެޅުނީއެވެ. އިތުރު ވައްކަމެއްގެ ވާހަކަ ފެންމަތިވެ ތަރުޖަމާންގެ އިސްތިއުފާއަށް ގޮވާއަޑު ގަދަވީއެވެ. ކެނޑިނޭޅި އެކަމުގެ މަގުމަތީ މުޒާހަރާތައްވެސް ފެށުނީއެވެ.

ދަނޑިވަޅު ބަލާފައި ފެނަކަ އެމްޑީވެސް ސަރުކާރުބޮލަށް ލައްކަ ވާހަކަ ޖަހާފައި އެއްކައިރިވެލައިފިއެވެ. ސަރުކާރަށް ޖެހުނީ ހުރިހާކަމެއް ހުއްޓާލާފައި އިސްތިއުފާދިން ފެނަކަ އެމްޑީއަށް ކުރުދޮށިން ދޭށެވެ. އޭނާވެސް ވަކި ސަހަލެއް ނުވިއެވެ. ކިޔަންހުރި އެއްޗެހި ލައްކަ ގިނަކަމަށްބުނެ ވަރުގަދަ އިންޒާރެއް އޭނާވެސް ދިނީއެވެ.

މަންޒަރުގައި އިތުރަށް ފޯރިގަދަވެގެން އެދިޔައީ އެޗްޑީސީގެ ލެޕްޓޮޕްތައް ވަގަށް ނެގުމުންނެވެ. އާއްމުން ސިފަކުރާންފެށީ ފްލެޓް ލިސްޓްތައްހުރި ހައުސިން މިނިސްޓްރީގައި ހުޅުހިފުން ފަދައިން ވަގުގޯތިތަކުގެ ލިޔުންތަކުގައިވެސް އަލިފާން ރޯވުމަށެވެ.

އިއްތިފާގަކުން ނަމަވެސް ދިމާވި އަނެއް ކަމަކީވެސް ވަކި ސަހަލު ކަމެއް ނޫނެވެ. ގައުމުތަކަށް ފޮނުވި ސިޓީތައް ސިއްރުކުރި ކުރުމާއި ޚަރަދުކުޑަކުރަން ކަނޑާލިކަމަށްބުނި ސިޔާސީ މީހުންތަކުގެ ވަނަވަރު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު ދެއްވި ފަސްދުވަހުގެ މުޚުލަތެވެ. އެކަންވެސް އެއޮތީ އަނެއްކާ އަނެއް ބޮލުގެ ރިހުމަށް ވެފައެވެ. ހެދޭނެ މަންތަރެއް ފެނޭތޯ އެކޮޅުމިކޮޅު ބަލާލިވަގުތު ލޮލުގައި އަޅައިގަތީ ފައިނަލް މެޗަށް ފައްކާވެފައި އޮތް ފުޓްބޯޅަ މުބާރާތެކެވެ. ރަށުފޯރީގައި އައްޑޫ ރައްޔިތުންނާއި އޭދަފުށީ ރައްޔިތުން ވެގެން ދަނޑު ފުރާލި ފުރާލުމަކީ ރައީސް މުއިއްޒުގެ ސިޔާސަތެއް ކާމިޔާބުވީކަމަށް ނިންމާ އޭގެ މެޑެލް ޖަހާލަން މުޅި ސަރުކާރު އެނބުރުނީއެވެ. ވައްކަމުގެ އަޑު ކަނޑުވާލެވޭނެ ހަތިޔާރަކަށް ހަދާފައެވެ. އެކުޅިގަނޑު ފެނިފައި ރައްޔިތުންގެ ގާތަށް އައީ ނުބައިޒާތެއްގެ ހިންޏެކެވެ. އެއީ ސަރުކާރާ ވާވެސް ކަމެއް ނޫނެވެ. އެހީތެރިކަމެއް ނުވެއެކޭއެއް ނޫނެވެ. އެ މުބާރާތަކީ އަމިއްލަ މީހަކު އިންތިޒާމްކޮށްގެން ބޭއްވި މުބާރާތެއްކަން ރައްޔިތުންނަށް ނޯޅޭތީއެވެ.

ކޮންމެއަކަސް ހިލުންގަނޑުގެ ފަހަތުން އަންނަ އިތުރު ހިލުން ގަނޑުތައް އެދަނީ ބާރަށް ކުރިއަށެވެ. ކެބިނެޓަށްވެސް އެގެނައީ ބޮޑު ބަދަލެކެވެ. އެއްކަލަ ފްލެޓްތަކާ ގޯތިތަކާ ބެހޭ ވަޒީރު ގެންގޮސް މުޅި އެހެންތަނަކަށް ބަދަލުކޮށްލެއްވީއެވެ. ސަރުކާރުން ހެދުނިއްޔާ ހެދުނުހާއެއްޗެއް ހަދަނީއެވެ. ފެންނަ ފެނުމަށް ސަރުކާރު އެވަނީ ހެލިހެލިއިން ދަތަކަށް ވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު