Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓޮޓެންހަމް

ޕޮސްޓެކޮގްލޫ ހުރީ ޒިންމާ ނަގަން ތައްޔާރަށް

މިވަގުތަށް ބަލާއިރު، އޭނާގެ ބޮލުގައި އެޅިފައި އޮތް ޒިންމާ ވަރަށް ބޮޑު ކަމަށާއި، އޭނާ އަށް އޮތް އެންމެ ބޮޑު ޒިންމާ އަކީ މިވަގުތު އޮތް ޙާލަތު ބަދަލު ކުރުން ކަމަށް ޕޮސްޓެކޮގްލޫ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2024 | ބުރާސްފަތި 03:30
ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ

ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ

ޓޮޓެންހަމް އޮތް ޙާލަތުގެ ހުރިހާ ޒިންމާއެއް އޭނާ ނަގާނެ ކަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ އަންގޭ ޕޮސްޓެކޮގްލޫ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް އެ ޓީމު ނިކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. ފޮރެސްޓުގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނިކުންނައިރު، މިވަގުތު ޓޮޓެންހަމްގެ ނަތީޖާތައް ވަނީ ދަށްވެފަ އެވެ.

އެކަމަށް އިޝާރާތްކޮށް ވާހަކަ ދައްކަމުން ޕޮސްޓެކޮގްލޫ ބުނީ، ހުރިހާ ކަމެއްގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭ ފަރާތަކީ އޭނާ ކަމަށާއި، އޭނާ ހުރީ ޒިންމާ ނަގަން ތައްޔާރަށް ކަމަށެވެ. ޓޮޓެންހަމް ކުރިއަށް ދާނެ މަގު އިޚުތިޔާރު ކުރަން ހުރި މީހަކީ އޭނާކަން ފާހަގަކުރަމުން ޕޮސްޓެކޮގްލޫ ބުނީ، މިވަގުތަކީ އުނދަގޫ ވަގުތެއް ކަމަށެވެ. ޚާއްސަކޮށް ޓޮޓެންހަމްގެ ސަޕޯޓަރުންނަށް ދަށް ނަތީޖާތަކެއް ފެންނަ މެޗުތަކެއް ތަޖުރިބާ ކުރަން އެއްވެސް އިރަކު އޭނާ ބޭނުން ނުވާ ކަމަށް ޕޮސްޓެކޮގްލޫ ވަނީ ބުނެފަ އެވެ.

މީޣެ އިތުރުން އޭނާ ބުނީ ޓޮޓެންހަމްގެ ކުޅުންތެރިންނާއި، އެހެނިހެން ކޯޗިން އޮފިޝަލުން ވެސް އަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި އެ މީހުން އަންނަނީ ރަނގަޅު ޒިންމާތަކެއް އަދާ ކުރަމުން ކަމަށާއި، ނަމަވެސް މެޗުތަކުން ނަތީޖާ ނުނެރެވޭތީ އެންމެން ވެސް ތިބެނީ ކަންބޮޑުވެ، މާޔޫސްވެފައި ކަމަށް ވެސް ޕޮސްޓެކޮގްލޫ ބުނެފައިވެ އެވެ.

މިވަގުތަށް ބަލާއިރު، އޭނާގެ ބޮލުގައި އެޅިފައި އޮތް ޒިންމާ ވަރަށް ބޮޑު ކަމަށާއި، އޭނާ އަށް އޮތް އެންމެ ބޮޑު ޒިންމާ އަކީ މިވަގުތު އޮތް ޙާލަތު ބަދަލު ކުރުން ކަމަށް ޕޮސްޓެކޮގްލޫ ބުންޏެވެ. އަދި ބޭނުން ވަނީ ކުލަބަށް ކާމިޔާބު ހޯދައިދޭންކަން ފާހަގަކޮށް ޕޮސްޓެކޮގްލޫ ބުނީ، އެކަމަށް އޮތީ ވަރަށް ދިގު އަދި އުނދަގޫ މަގެއްކަން ވެސް އިނގޭ ކަމަށެވެ.

ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ނިކުންނައިރު، މިވަގުތު ޓޮޓެންހަމް އޮތީ ލީގު ތާވަލްގެ 11 ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ 17 މެޗުން 23 ޕޮއިންޓާ އެކު އެވެ. މި ސީޒަންގެ ލީގުގައި އެ ޓީމު މޮޅުވެފައި ވަނީ ހަތް މެޗުންނެވެ. އަށް މެޗުން ބަލިވެފައިވާއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއޯސީގެ އިންތިހާބުގައި ވޯޓް ނަގަން ޖެހެނީ އެންމެ މަގާމަކަށް

އެމްއޯސީގެ އިންތިހާބުގައި ވޯޓް ނަގަން ޖެހެނީ އެންމެ މަގާމަކަށް

24 އެޕްރީލު 2017
ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް

ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް

29 މާރިޗު 2017
ބަލިވީ ޕްރެޝާ ހޭންޑަލް ކުރަން ނޭނގުމުން، ޒިންމާ ނަގަން: ޝަރަފް

ބަލިވީ ޕްރެޝާ ހޭންޑަލް ކުރަން ނޭނގުމުން، ޒިންމާ ނަގަން: ޝަރަފް

24 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު