Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބޭރު ފައިސާގެ މުއާމަލާތް

މި ދިޔަ ދެ މަހު ބޭރު ފައިސާގެ މުއާމަލާތް ކުރި ގޮތުގެ ހުރިހާ މައުލޫމާތެއް އެމްއެމްއޭ އަށް ފޮނުވަން ކުއްލި ގޮތަކަށް ރިސޯޓްތަކަށް އަންގައިފި

25 ޑިސެމްބަރު 2024 | ބުދަ 18:29

އެމްއެމްއޭ އިން ބުދަ ދުވަހު ރިސޯޓު ތަކަށް ފޮނުވި އީމެއިލެއް ގައި ބުނެފައިވަނީ ފާއިތުވި ދެ މަހު ހިންގާފައިވާ ބޭރު ފައިސާގެ ހުރިހާ މުއާމަލާތްތަކުގެ ތަފްސީލް ޑިސެމްބަރު މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ކުރިން ފޮނުވަން ޖެހޭނެ ކަމަށެވެ.

ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2024 | ބުދަ 18:29
ރާއްޖޭގެ ރިސޯޓެއްގެ މަންޒަރެއް

ރާއްޖޭގެ ރިސޯޓެއްގެ މަންޒަރެއް

މި އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހު ރިސޯޓުތަކުން ބޭރު ފައިސާގެ މުއާމަލާތްތައް ހިންގި ގޮތުގެ ހުރިހާ ތަފްސީލެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް ފޮނުވުމަށް ކުއްލި ގޮތަކަށް ރިސޯޓުތަކަށް އަންގައިފިއެވެ.

އެމްއެމްއޭ އިން ބުދަ ދުވަހު ރިސޯޓު ތަކަށް ފޮނުވި އީމެއިލެއް ގައި ބުނެފައިވަނީ ފާއިތުވި ދެ މަހު ހިންގާފައިވާ ބޭރު ފައިސާގެ ހުރިހާ މުއާމަލާތްތަކުގެ ތަފްސީލް ޑިސެމްބަރު މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ކުރިން ފޮނުވަން ޖެހޭނެ ކަމަށެވެ.

އެމްއެމްއޭ އިން ރިސޯޓުތަކަށް ވަރަށް ކުރު ނޯޓިސް އެއް ދިނުމަށް ފޮނުވި އީމޭއިލްގެ ކޮޕީ އެއް މި ނޫހަށް ލިބިފައިވާ އިރު އޭގައި ބުނެފައިވަނީ މައުލޫމާތު ފޮނުވަން ވާނީ  އީމެއިލުން ކަމަށާއި އަދި އެ އޮތޯރިޓީން ފޮނުވާފައިވާ އެކްސެލް ޝީޓްގައި ވާ ފޯމެޓް އާ އެއް ގޮތްވާ ގޮތުގެ މަތިން ކަމުގައެވެ.

އެމްއެމްއޭ އިން ކުއްލި ކުއްލި އަށް ރިސޯޓުތަކަށް ވަރަށް ކުރު މުއްދަތެއް ދިނުމަށްފަހު ކަންކަން ކުރުމަށް އަންގަމުންދާއިރު ވަރަށް ގިނަ ރިސޯޓު އޮޕަރޭޓަރުން ތިބީ މިކަންކަން ކުރަމުންދާ ގޮތާ މެދު ވަރަށް ބޮޑަށް ހިތް ހަމަ ނުޖެހިފައި ކަމުގެ މައުލޫމާތު ދަނީ ލިބެމުންނެވެ.

ރާއްޖޭގައި ހިންގާ ރިސޯޓުތަކަކީ ބޮޑެތި ރިސްކު ނައިގައިގެން އަމިއްލަ ފަރާތްތަކުން ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓް ތަކަށް ވެފައި ރިސޯޓްތައް އޮޕަރޭޓް ކުރަމުން ދަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ރިސޯޓު ހިންގާ ފަރާތާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެފައި، އެ އެއްބަސްވުމަށް އެއްވެސް ބަދަލެއް ނުގެނެސް އޭގެ ބޭރުން އެމްއެމްއޭ އިން ރިސޯޓުތަކަށް އެކި ގޮތްގޮތުން ކަންކަން ކުރުމަށް ލާޒިމުކޮށް ރިސޯޓުތައް ހިންގުމަށް ބޮޑެތު ދަތިތަކެއް ކުރިމަތި ކުރަމުންދާ ކަމަށް މި ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

ކުއްލި ކުއްލި އަށް ގާނޫނާއި ގަވައިދުތަކަށް ގެންނަ ބަދަލު ތަކުގެ ސަބަބުން ރާއްޖެ ވެގެން މިދަނީ އިންވެސްޓަރުންނަށް ދަތި އުނދަގޫ ތަނަކަށް ކަމަށް ވެސް ވިޔަފާރީގެ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.                 

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

14 އެޕްރީލު 2017
މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
14 ޖެނުއަރީ 2017

ބޭރުގެ އުޅަނދުފަހަރުން އާ ފީއެއް ނަގަނީ

14 ޖެނުއަރީ 2017
ބޭރުގެ އުޅަނދުފަހަރުން އާ ފީއެއް ނަގަނީ
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް