Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕޮންޒީ ސްކީމް

ޕޮންޒީ ސްކީމާއި ގުޅިގެން އުފުލާފައިވާ ދައުވާތައް މުރާޖާ ނުކުރުމަށް ޕީޖީ އިން ނިންމައިފި

ދަޢުވާތައް ކުރުމަށް 23 ނޮވެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2024 | ބުދަ 10:27
ޕޮންޒީ ސްކީމާއި ގުޅިގެން ދައުވާ އުފުލާފައިވަނީ އަލްހާނާއި އިތުރު ބައެއްގެ މައްޗަށް

ޕޮންޒީ ސްކީމާއި ގުޅިގެން ދައުވާ އުފުލާފައިވަނީ އަލްހާނާއި އިތުރު ބައެއްގެ މައްޗަށް

ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓްއިން ހިންގާފައިވާ އިންވެސްޓްމަންޓް ސްކީމްއާ ގުޅޭ މައްސަލައިގެ ދަޢުވާތައް މުރާޖަޢާކުރަން ނުފެންނަ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްއިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތަޢާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާ ޙީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑަރކޮށްފައިވާ މައްސަލައިގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ފުރިހަމަކޮށް ހުށަހަޅާފައިވާ ގެއްލުން ލިބުނު 13 (ތޭރަ) މީހުންނާ ގުޅިގެން، ދަޢުވާތައް ކުރުމަށް 23 ނޮވެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ.

Advertisement - newsAdvertisement

މައްސަލައާ ގުޅިގެން މިހާތަނަށް ކޮށްފައިވަނީ އެކު ޖުމްލަ 39 (ތިރީސް ނުވައެއް) ދަޢުވާއެވެ.

މި ދަޢުވާތަކާ ގުޅިގެން ދަޢުވާލިބޭ މީހުންގެ ފަރާތުން މައްސަލަ މުރާޖަޢާކޮށްދިނުމަށް އެދި ހުށަހެޅުމުން މި އޮފީހުން މައްސަލަ މުރާޖަޢާކޮށް ބެލިއިރު މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންގޮސްފައިވާ ގޮތާއި، ލިބިފައިވާ ހެކި ޤަރީނާއާއި، އިޖުރާއީ ގޮތުން އަމަލުކޮށްފައިވާ ގޮތާއި، ދަޢުވާލިބޭ މީހުންގެ ފަރާތުން މައްސަލަ މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅުއްވާފައިވާ ކަންކަމަށް ރިޢާޔަތްކުރިއިރު، މި މައްސަލާގައި ހިމެނޭ ދަޢުވާތައް މުރާޖަޢާކޮށް، އެ ދަޢުވާތަކަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނުވަތަ ޙާލަތެއް އޮތްކަމަށް ނުފެންނަކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ނިންމަވާފައެވެ.

އެންމެ ފަހުން ކްރިމިނަލް ކޯޓުގައި (3 އޮކްޓޯބަރު 2024) ގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމަށް ބަލާލާއިރު ދިފާއީ ވަކީލު ވިދާޅުވީ، މި މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާގެ ނިންމުން ރިވިއުކޮށްދިނުމަށް ދިފާއުން އެދިފައިވާނެ ކަމަށާއި، އެހެންކަމުން ޝަރީއަތް މަޑުޖައްސާލުމަށް އެދޭ ކަމަށެވެ.

އަދި މިކަމުގައި މި ހިމެނެނީ މަދަނީ ހުސޫމާތްތަކެއް (ޑިސްޕިއުޓްތަކެއް) ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، ދައުވާލިބޭ 3 މީހުންގެ އެއް ހާޒިރެއްގައި ދައުވާ އިއްވުމުގެ ބައި ކުރިއަށް ގެންދިއުމަށް އެދޭކަމަށްވެސް އެ މީހުންގެ ވަކީލު ވިދާޅުވިއެވެ. ހަމައެއާއެކު، މި މައްސަލައިގައި ދެން ހިމެނޭ ވަކީލާއެކު ކުރިއަށްދާން ބޭނުންވާކަންވެސް ދިފާއުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ދެން ހިމެނޭ ވަކީލު އާޒިމާ ޝަކޫރު ދިފާއީ ވަކީލެއްގެ ގޮތުގައި 09:53 ގައި ފޯމު ހުށަހަޅުއްވާފައިވީނަމަވެސް، ފޯމުގައި ސޮއި ކުރައްވާފައި ނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ޤަވާއިދުގައި ބަޔާންކޮށްފައިވަނީ މައްސަލަ ފެށުމުގެ 15 މިނެޓު ކުރިން ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށެވެ. އެހެންކަމުން ދައުވާތައް ހުށަހެޅުން ކުރިއަށް ގެންދިއުމަށް ގާޒީ ދައުލަތަށް ދެންނެވިއެވެ.

އެހެންނަމަވެސް ދައުވާލިބޭ ފަރާތްތަކުން ވަނީ އެމީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ އަޑުއެހުމަށް ހާޒިރުވި ވަކީލުގެ އިތުރުން، ވަކީލު އާޒިމާ ޝަކޫރާ އެކުގައި ކަމަށް ޝަރީއަތުގައި ބުނެފައެވެ.

އެހެންކަމުން ދިފާއުން އެދުނު ގޮތަށް ވަކީލުންނާއެކު ކުރިއަށް ދިއުމަށް ފުރުސަތު ދެއްވައި ގާޒީ ވަނީ މައްސަލަ އެހެން ދުވަހަކަށް ތާވަލު ކުރައްވާފައެވެ.

އޭގެ އިތުރުން، މައްސަލަ ރިވިއުކުރަން އެދިފައިވީނަމަވެސް ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ނިންމެވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު