Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޭޕްގެ ގާނޫނާއި ޙިލާފް ވުން

ވޭޕްގެ ގާނޫނާއި ޙިލާފުވި 9 މީހަކު 50،000 ރުފިޔާ އިން ޖޫރިމަނާކޮށްފި

ވޭޕްގެ ގާނޫނަށް އަމަލުކުރަން ފެށީ މި އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 25 ޑިސެމްބަރު 2024 | ބުދަ 06:07
ވޭޕްގެ ބާވަތްތައް

ވޭޕްގެ ބާވަތްތައް

ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރި ފަހުން، މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ނުވަ މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ވޭޕް އެތެރެކުރުން ނޮވެމްބަރު މަހުގެ 15ގައި މަނާކޮށް، އޭގެ ވިޔަފާރި ކުރުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މި މަހުގެ 15އިން ފަށައިގެން ވަނީ މަނާކޮށްފައެވެ.

ފުލުހުން ބުނީ ވޭޕްގެ މި ގަވައިދަށް އަމަލުކުރަން ފެށިފަހުން މިހާތަނަށް ނުވަ މީހަކު 50،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ވޭޕްގެ ގަވައިދާއި ޚިލާފުވި މި 9 މީހުންގެ ތެރެއިން އެކަކު ހިފަހައްޓައި ޖޫރިމަނާކޮށްފައި ވަނީ، ސައިކަލު ދުއްވަމުން އިލެކްޓްރޯނިކް ސިނގިރޭޓެއް ބޭނުންކުރި ކަމުގެ ކުށުގައެވެ. އޭނާ ވަނީ 10،000 ރުފިޔާއިން ވެސް ޖޫރިމަނާ ކޮށްފައެވެ. އެ ޖޫރިމަނާ ކޮށްފައި ވަނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އެއްވަނަ އިސްލާހުގައިވާ ގޮތުގެ މަތިން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ވޭޕުކުރުމާއި، އެ ވިއްކުމާއި، އޭގެ އެއްވެސް މުއާމަލާތެއް ކުރުމުން ޖޫރިމަނާ ކުރާނެ އަަދަދުތަކުގެ ތެރޭގައި، ވޭޕް ބޭނުންކޮށްފިނަމަ: 5000 ރ. އިން ޖޫރިމަނާ ކުރާއިރު، ވޭޕް ވިއްކާ ކޮންމެ މީހަކު 20،000 ރ. ޖޫރިމަނާ ކުރާނެއެވެ. އަދި ވޭޕް ވިއްކާ ކޮންމެ ވޭޕަކަށް 10،000 ރ. ޖޫރިމަނާ ކުރާއިރު، ހިލޭ ވެސް ވޭޕެއް ދީފިނަމަ ވެސް 10،000 ރ. ޖޫރިމަނާ ކުރާގޮތަށް ވޭޕްގެ ގާނޫނުގައި ވެއެވެ.

އެ ގާނޫނާ ޚިލާފުވާ މީހުން ޖޫރިމަނާކުރާއިރު އެ މީހެއްގެ ފޯނަށް ފޮނުވާ މެސެޖެއްގެ ޒަރިއްޔާއިން އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ޓަކައި ސަރުކާރުން އެކުލަވާލާފައިވާ މާސްޓާ ޕްލޭންގެ ދަށުން، މި ސަރުކާރުން ވަނީ ފިޔަވަޅުތަކެއް ވެސް އަޅައިފައެވެ. އެގޮތުން ސިނގިރޭޓްގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއެކު، ސިނގިރޭޓު ފޮއްޓެއްގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެއާއެކު ސިނގިރޭޓު ވިކޭ މިންވަރު ވެސް މަދުވެފައިވާ ކަމަށް ބައެއް ވިޔަފާރިތަކުން ބުނެއެވެ.

މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް ތަޖުރިބާކާރުންގެ އިރުޝާދާއި އެހީތެރިކަން ކޮންމެ ވަގުތަކު ވެސް ފޯރުކޮށްދޭނެ ހޮޓްލައިނެއް ތައާރަފުކޮށްފައިވެއެވެ. އެ ޚިދުމަތް ހޯދުމަށް ގުޅާނެ ނަމްބަރަކީ 1676 އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ މި ސިޔާސަތުތަކަކީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އަމާޒުކޮށްގެން ސަރުކާރުން ތަންފީޒު ކުރާ ސިޔާސަތުތަކެއް ކަމަށެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު