Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޗެލްސީން ދަނީ ކުރިއެރުންތަކެއް ހޯދަމުން، އެކަން ދަމަހައްޓަން ޖެހޭ: މަރެސްކާ

މަރެސްކާ ބުނީ، ޗެލްސީގެ ކުޅުމާއި، އެ ޓީމުން ހޯދަމުން އަންނަ ނަތީޖާތަކަށް ބަލާއިރު، މިވަގުތު ޓީމު އޮތީ އުންމީދު ކުރި ވަރަށް ވުރެ ވެސް ރަނގަޅު ޙާލަތެއްގައި ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޑިސެމްބަރު 2024 | ބުދަ 04:08
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ

ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ

ޗެލްސީން ދަނީ ކުރިއެރުންތަކެއް ހޯދަމުން ކަމަށާއި، މިވަގުތު އެންމެ މުހިންމީ އެކަން ދަމަހައްޓައިގެން ކުރިއަށް ދާން މަސައްކަތް ކުރުން ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީގެ އަމިއްލަ ދަނޑުގައި ފުލަމްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އެ މެޗާ ކުރިމަތިލާއިރު ޗެލްސީ މިވަގުތު އޮތީ ވެސް ވަރަށް ރަނގަޅު ފޯމެއްގަ އެވެ.

އެ މެޗުގެ ކުރިން ވާހަކަ ދައްކަމުން މަރެސްކާ ބުނީ، ޗެލްސީގެ ކުޅުމާއި، އެ ޓީމުން ހޯދަމުން އަންނަ ނަތީޖާތަކަށް ބަލާއިރު، މިވަގުތު ޓީމު އޮތީ އުންމީދު ކުރި ވަރަށް ވުރެ ވެސް ރަނގަޅު ޙާލަތެއްގައި ކަމަށެވެ. މަރެސްކާ ބުނީ އަބަދު ވެސް އޭނާ އެންމެ ބޮޑު ސަމާލުކަމެއް ދެނީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކޮށް، މެޗަކަށް ފަހު މެޗަކުން ޓީމު ރަނގަޅު ކުރެވޭނެ ގޮތްތަކެއް ބެލުމަށް ކަމަށެވެ.

ޗެލްސީ އޮތީ ލީގު ރޭހުގައި ޗެމްޕިއަންކަމަށް ވާދަކުރަމް ތައްޔާރަށް ނޫން ކަމަށް މީގެ ކުރިން އޭނާ ބުނެފައިވާ ވާހަކަ އަށް އިޝާރާތް ކުރަމުން މަރެސްކާ ބުނީ، އެހެން ބުނީ ކުޅުންތެރިން އަދި ކުލަބަށް ޕްރެޝަރެއް ކުރިމަތި ކުރުވުމުގެ މަޤުސަދުގައި ނޫން ކަމަށެވެ. މަރެސްކާ ބުނީ، އޭނާ އަށް ފެން ގޮތުގައި އެއީ ހަގީގަތް ކަމަށާއި، އެ ޒާތުގެ ޕްރެޝަރުތަކާ ވެސް ކުރިމަތިލާަން ޖެހޭނެ ކަމަށެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ފުލަމްއާ ދެކޮޅަށް އޮތް ރަނގަޅު ރެކޯޑުގެ ވާހަކަ ދައްކަމުން މަރެސްކާ ބުނީ، ފުޓުބޯޅަ އަކީ ކޮންމެ ވަގުތެއްގައި ވެސް ޙާލަތު ބަދަލުވެދާނެ ކުޅިވަރެއް ކަމަށެވެ. ލީގުގައި ޗެލްސީޏް ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗަށް އިޝާރާތް ކުރަމުން މަރެސްކާ ބުނީ، ކުރީގެ މެޗުތަކަށް ފޯކަސް ގެންދަން އޭނާ ބޭނުން ނުވާ ކަމަށެވެ. އޭނާ ބުނީ މެޗުގެ ނަތީޖާ އަކީ ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، ނަމަވެސް ކުޅެން ބޭނުންވާ ވައްޓަފާޅި އަކީ ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ކަމަށެވެ.

ފުލަމްއާ ދެކޮޅަށް ނިކުންނައިރު، ޗެލްސީ އޮތީ ލީގު ތާވަލްގެ ދެ ވަަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 17 މެޗުން 35 ޕޮއިންޓާ އެކު އެވެ. ޗެލްސީ އަށް ވުރެ އެއް މެޗު މަދުން ކުޅެފައިވާ ލިވަޕޫލަށް އެއް ވަަނައިގައި ލިބެނީ 39 ޕޮއިންޓެވެ. މި ސީޒަނާ ދިމާކޮށް ޗެލްސީގެ ކޯޗުކަމާ ހަވާލުވި މަރެސްކާގެ އިރުޝާދުގެ ދަށުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.

ޗެލްސީއެންޒޯ މަރެސްކާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
05 އޮކްޓޯބަރު 2025

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި
28 ސެޕްޓެމްބަރު 2025

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ
24 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ލިންކަން ސިޓީ ބަލިކޮށް، ޗެލްސީ ގަދަ 16 އަށް

24 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ލިންކަން ސިޓީ ބަލިކޮށް، ޗެލްސީ ގަދަ 16 އަށް
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
14 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ބްރެންޓްފޯޑް އިން ޗެލްސީ ހިފަހައްޓައިފި

14 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ބްރެންޓްފޯޑް އިން ޗެލްސީ ހިފަހައްޓައިފި
31 އޯގަސްޓު 2025

ޗެލްސީ އިން ފުލަމް ބަލިކޮށްފި

31 އޯގަސްޓު 2025
ޗެލްސީ އިން ފުލަމް ބަލިކޮށްފި
23 އޯގަސްޓު 2025

ވެސްޓް ހޭމް އަތުން ޗެލްސީ އަށް ފަސް ލަނޑުގެ މޮޅެއް

23 އޯގަސްޓު 2025
ވެސްޓް ހޭމް އަތުން ޗެލްސީ އަށް ފަސް ލަނޑުގެ މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު