Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

އެވަންޓަން އަތުން ޕޮއިންޓެއް ލިބުނު ނަމަވެސް، މަރެސްކާ ހުރީ ހިތްހަމަ ޖެހިފައި

ލީގުގައި އެންމެ ފަހުން ޗެލްސީ މެޗަކުން ބަލިވެފައި ވަނީ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ ފަހުން، އޭގެ ފަހުން އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2024 | އަންގާރަ 03:20
އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކުޅުންތެރިންނާ އެކު މަރެސްކާ

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކުޅުންތެރިންނާ އެކު މަރެސްކާ

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުން ޕޮއިންޓެއް ލިބުނު ނަމަވެސް، ނަތީޖާއާ މެދު ވަރަށް ހިތްހަމަ ޖެހިފައި ހުރި ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.

އެވަޓަންގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗު ޗެލްސީން ނިންމާލަން ޖެހުނީ އެއްވަރުވެގެންނެވެ. އެ މެޗުގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުއިރު، އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ލިބިފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން މަރެސްކާ ބުނީ އޭނާ ހުރީ ހިތްހަމަ ޖެހިގެން ކަމަށާއި، ކުޅުންތެރިން ގާތު ވެސް އެ ވާހަކަ ބުނެފައިވާނެ ކަމަށެވެ. އެގޮތުން، އެވަޓަން މެޗުގެ ކުރިން، ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗަށްވުރެ، އެވަޓަން މެޗާ މެދު މާ ބޮޑަށް ހިތްހަމަ ޖެހޭ ކަމަށް ވެސް މަރެސްކާ ވަނީ ބުނެފަ އެވެ. މަރެސްކާ ބުނީ އެވަޓަންގެ ދަނޑަކީ އުނދަގޫ ދަނޑެއް ކަމަށާއި، އެވަޓަން އަކީ އިދިކޮޅެއް ކުޅެން އުނދަގޫ ޓީމަކަށް ވާތީ، މެޗާ މެޗު ކޮންމެ ވެސް ވަރެއްގެ ކަންބޮޑުވުމެއްގައި އޭނާ އަށް ހުރެެވުނު ކަމަަށެވެ.

މީގެ އިތުރުން މަރެސްކާ ބުނީ އެވަޓަން ކޮޅަށް ލަނޑު ޖެހުމަކީ ވެސް އުނދަގޫ ކަމެއް ކަމަށާއި، އެ މެޗުގައި ވެސް ފެނިގެން ދިޔައީ އެކަން ކަމަށެވެ. ޚާއްސަކޮށް ޗެލްސީގެ ކުޅުންތެރިން ފުރުސަތުތަކެއް ތަނަވަސްކުރި ކަމަށާއި، ނަމަވެސް ލަނޑު ޖެހުމުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ކަމަށް މަރެސްކާ ބުންޏެވެ. ޚާއްސަކޮށް އެވަޓަން އިން ވެސް ދިޔައީ އެމީހުންނަށް ލިބުނު ފުރުސަތުގައި ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުން ކަމަށާއި، އެކަން ކާމިޔާބު ނުވީ ޗެލްސީގެ ކުޅުްންތެރިންގެ ފަރާތުން ފެނުނު ހުށިޔާރު ކަމަށާއި، މޮޅު ކުޅުމުގެ ސަބަބުން ކަމަށް މަރެސްކާ ވަނީ ބުނެފަ އެވެ.

މި ސީޒަނާ ދިމާކޮށް ޗެލްސީގެ ކޯޗުކަމާ ހަވާލުވީ މަރެސްކާގެ އިރުޝާދުގެ ދަށުން ލީގުގައި އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ލީގުގައި އެންމެ ފަހުން ޗެލްސީ މެޗަކުން ބަލިވެފައި ވަނީ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ ފަހުން، އޭގެ ފަހުން އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެ އެވެ. އޭގެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން، ހަ މެޗުން ޗެލްސީ މޮޅުވެފައިވާއިރު، އަނެއް ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ.

ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުން 35 ޕޮއިންޓު ހޯދައިގެން ޗެލްސީ އޮތީ ދެ ވަނައިގަ އެވެ. ޗެލްސީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން، އެއް ވަނައިގައި ލިވަޕޫލަށް ލިބެނީ 39 ޕޮއިންޓެވެ. ލީގުގައި ދެން ޗެލްސީ އަށް އޮންނާނީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ފުލަމްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ޗެލްސީއެންޒޯ މަރެސްކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު