Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒުހޫރުގެ ސިޓީ ރައީސް އޮފީހަށް ލިބުނުކަން ފަޅާއަރައ

ޒުހޫރުގެ ސިޓީ ނުލިބޭކަމަށް ރައީސް ވިދާޅުވެފައި ވަނިކޮށް، އެއީ ދޮގެއް ކަން ފަޅާއަރައިފި

22 ޑިސެމްބަރު 2024 | އާދީއްތަ 14:42

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒުހޫރު ފޮނުވި ސިޓީއާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވަނީ އެ ސިޓީ އެމަނިކުފާނަށް ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ.

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 22 ޑިސެމްބަރު 2024 | އާދީއްތަ 14:42
ޒުހޫރު، ރައީސް މުއިއްޒު އަދި ފަޒުލް ރަޝީދު

ޒުހޫރު، ރައީސް މުއިއްޒު އަދި ފަޒުލް ރަޝީދު

ހައުސިން ޑިވެެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާ ގުޅޭ ގިނަ މައްސަލަތަކެއް ފާހަގަކޮށް އެ ކުންފުނީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު ފޮނުވި ސިޓީ ނުލިބޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެފައިވާއިރު، އެ ސިޓީ ރައީސް އޮފީހުން ބަލައިގެންފައިވާ ކަން ކަށަވަރުވެއްޖެ އެވެ.

އެޗްޑީސީއާ ގުޅިގެން ފެންމަތިވެގެން އުޅޭ ބޮޑެތި ވައްކަމުގެ މައްސަލަތަކާ ގުޅިގެން ރައީސް އޮފީސް ބޭރުގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒުހޫރު ފޮނުވި ސިޓީއާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވަނީ އެ ސިޓީ އެމަނިކުފާނަށް ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވި ޒުހޫރު ސިޓީއެއް ފޮނުވިކަމަށް ބުނާ ވާހަކައެއް އަޑު އެއްސެވިން ކަމަށާއި ނަމަވެސް އެ ސިޓީ ނުލިބޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"އާދެ، އަޅުގަނޑު ވެސް ތި ވާހަކަ އަޑުއެހިން. އަޅުގަނޑަކަށް ނުލިބޭ އިނގޭތޯ އެ ސިޓީއެއް. އަޅުގަނޑަށް ތި ވިދާޅުވާ ސިޓީއެއް އައިސްފައެއް ނެތް، ނުލިބޭ. އަޅުގަނޑަށް ލިބުނު ނަމަ އަޅުގަނޑު އެއަށް އަމަލުކުރާނަން،" ނޫސްވެރިޔާގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވި ނަމަވެސް އެ ސިޓީ ރައީސް އޮފީހުން ބަލައިގެންފައިވާ ކަމުގެ ލިޔުމުގެ ކޮޕީއެއް ރާއްޖޭގެ އޮންލައިން ނޫހެއް ކަމުގައިވާ "އަދަދު" ނޫހަށް ވަނީ ލިބިފައިވެ އެވެ. އަދި އަދަދު ނޫޙުން ވަނީ އެ ލިޔުން ލިބިފައިވާކަން ހާމަވެސް ކޮއްފައެވެ. ރައީސް އޮފީހުގެ ރަސްމީ ތަތްގަނޑު ޖަހާފައި އޮތް އެ ލިޔުމުގައި އޮތީ އެ ސީޓީ ގެނައި މީހަކީ ވެސް ޒުހޫރު ކަމަށެވެ. އަދި އިތުރު ތަފްސީލަށް ބަލާއިރު، އެ ސިޓީ ރައީސް އޮފީހުން ބަލައިގަތް ތާރީހަކީ ޖުލައި 1، ކަމަށް ލިޔުމުގައި ވެއެވެ. އަދި އެ އޮފީހުން އެ ސިޓީއާ ހަވާލުވީ މުވައްޒަފު ކަމަށް އޮތީ އައިމިނަތު ނަފްޝާ، ކިޔާ މީހެކެވެ.

ރައީސްއަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއް ރައީސް އޮފީހުން ސިޓީ ބަލައިގަތުމަށް ފަހު، ސިޓީ ލިބުނުކަމަށް ތައްގަނޑު ޖަހާފައިވާއިރު، އެ ސިޓީ ރައީސްގެ މޭޒުކޮޅާ ހަމައަށް ނުދިޔަ ސަބަބަބާއި މެދު ވަނީ ސުވާލު އުފެދިފައެވެ. ރައީސް އެ ވިދާޅުވާ ގޮތަށް ސިޓީ އެމަނިކުފާނާއި ހަމައަށް ނުދާނަމަ އެއީ ކަނޑައެޅިފައި އޮންނަ އުސޫލުތަކާ ހަމަތަކާ ހިލާފަށް ހިނގާފައިވާ ކަމެކެވެ.

ޒުހޫރުގެ މި ސިޓީގެ މައްސަލަ ބޮޑުވީ، އެޗްޑީސީގައި ހުރި މައްސަލަތައް ރައީސްގެ ސަމާލުކަމަށް މީގެ ފަސް މަސް ކުރިން ގެނައި ނަމަވެސް އެ މައްސަލަތައް ނުބަލައި ވަނިކޮށް، ސޯޝަލް މީޑިއާގައި މިކަންތައް ފަޅާއެރުމާއި ހަމައަށް، ފަޒުލްއަށް އެއްވެސް ފިޔަވަަޅެއް އަޅާފައި ނުވާތީ އެވެ. ކަން މިހެން ހުރިއިރު، އިދިކޮޅާއީ އާންމުންގެ ގިނަ ބަޔަކު ތުހުމަތުކުރަނީ ރައީސް މުއިއްޒު ވެސް މި ކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ ކަަމަށެވެ.

މި ތުހުމަތުތަކުން ބަރީއަވަމުން ރައީސް ވިދާޅުވީ، މިވަރުގެ ކަމެއް ހިނގާކަން ކުރިން އެނގިފައި އޮތް ނަމަ އެމަނިކުފާނު ވައުދުވެފައިވާ ގޮތަށް ފިޔަވަޅު އެޅީސް ކަމަށާއި ކޮރަޕްޝަނުގެ އަމަލުތަކާއި ގަވާއިދު ހިލާފަށް ހިނގާ ކަންކަން ހުއްޓުވުމަށް ފަހަތަަކަށް ނުޖެހޭނެ ކަަމަށެވެ.

އެޗްޑީސީއާ ގުޅޭ ބޮޑެތި ގިނަ މައްސަލަތަކެއް ފަޅާއަރަން ފެށުމުން ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޭން އުޅުނު މައްސަލައިގައި ސަސްޕެންޝަނުގައި ހުރި ފަޒުލް ވަނީ އިއްޔެ މަގާމުން އިސްތިއުފާދެއްވާފަ އެވެ. މި މައްސަލައާ ގުޅިގެން އެޗްޑީސީގެ އިތުރު މުވައްޒަފުންތަކެއް ސަސްޕެންޑު ކޮށްފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
04 ޑިސެމްބަރު 2025

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް