Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގޯއްޗާއި ފްލެޓްގެ މައްސަލަ

" މަޖިލިސް މެމްބަރުންގެ ރައްޓެހިންނަށް ފްލެޓް ދޭ ވާހަކަ އެބަ ދެކެވޭ، މިކަހަލަ ކަންކަމުގަ ހީ އަކަށް ކަންކަން ދޫކޮށްލައިގެން ނުވާނެ "

މަޖިލީހުގެ ފުލް މެޖޯރިޓީ އޮވެ ޕީއެންސީން އާއްމުންނަށް ދޭން ޖެހޭ ފްލެޓާއި ގޯތި ނުދީ އެކަން ދޫކޮށްލައިގެން ތިބުމުން އާއްމުން ތިބީ މާޔޫސްވެފައި ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 އޮކްޓޯބަރު 2024 | ހޮނިހިރު 14:15
ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

މަޖިލިސް މެމްބަރުންގެ ރައްޓެހިންނަށް ފްލެޓް ދޭ ވާހަކަ އެބަ ދެކެވޭ ކަމަށާއި މިކަހަލަ ކަންކަމުގައި ހީއަކަށް ކަންކަން ދޫކޮށްލައިގެން ނުވާނެ ކަމަށް ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ހުކުރު ދުވަހު ގޯއްޗާޢި ފްލެޓް ނުދީ ލަސްވަމުންދާތީ އާއްމުން ބޭއްވި ހިނގާލުމުގައި ބައިވެރިވަޑައިގެން ވާހަކަދައްކަވަމުންނެވެ. އާއްމު ރައްޔިތުން އިންތިހާ އަށް ކަންބޮޑުވާ ކަންތައްތަކެއްހުރި ކަމެއްގައި ސަރުކާރުން މިހާރަށް ވުރެ ރަނގަޅަށް ޖާވާބުދާރީވާން ޖެހޭ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި މަޖިލީހުގެ ފުލް މެޖޯރިޓީ އޮވެ ޕީއެންސީން އާއްމުންނަށް ދޭން ޖެހޭ ފްލެޓާއި ގޯތި ނުދީ އެކަން ދޫކޮށްލައިގެން ތިބުމުން އާއްމުން ތިބީ މާޔޫސްވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. ކުޑޫ ވަނީ މި ސަރުކާރު އައި ފަހުން އެއްވެސް ކަމެއްގައި ވާނުވާ އެއް ސާފުނުވާ ކަމަށާއި ގޯއްޗާއި ފްލެޓްގެ މައްސަލައިގައި ވެސް ކަންކަން ހިނގަނީ އެހެން ކަމަށް ސިފަކުރައްވާފައެވެ. އެގޮތުން ގޯއްޗާއި ފްލެޓް ނުދީގެން އާއްމުން އެކި މުއައްސަސާތަކަށް ދާއިރު ވެސް ސަރުކާރަށް އެ ވާހަކަތައް އިވޭ ކަމަށް ނުހެދުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ކުޑޫ ވަނީ ފްލެޓް މައްސަލައިގައި ހެދި ކޮމިޓީ ވެސް އޮތީ ނަމެއްގައި ކަމަށް ފާހަގަކުރައްވާ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ނިމިދިޔަ ސަރުކާރުން ހުޅުވާލި ގެދޮވެރިވެރިޔާ ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ ފޯމެއް އިވަލުއޭޓްކުރަމުންދާ ކަމަށާއި އުންމީދަކީ މި މަހު ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު އާއްމުކުރުން ކަމަށް ހައުސިންގ މިނިސްޓަރު، އަލީ ހައިދަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ހައިދަރު ވިދާޅުވީ ފޯރމްތައް އިވެލުއޭޓްކޮށް ނިމޭ އިރު ޕޮއިންޓްތަކަށް ބަދަލު އައުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. ފްލެޓަށް އެދި ހުށަހެޅި މީހުންގެ ފޯރމްތައް އިވެލުއޭޓްކުރުމުގެ މަރުހަލާގެ ކިހާ އިންސައްތައެއް ނިމިފައިވޭތޯ ސާފުކުރުމަށް ރާއްޖެ އެމްވީން ސުވާލުކުރުމުން ހައިދަރު ވިދާޅުވީ އިވެލުއޭޝަންގެ މަރުހަލާ ކުރިއަށް ގޮސްފައިވާ މިންވަރު އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އިވެލުއޭޝަންގެ މަރުހަލާ މިހާރުވެސް ކުރިއަށްދާކަން އެ މަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

ފްލެޓް ލިސްޓަށް ފްލެޓް ދޫކުރުން ހުއްޓާލާފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެންގުމާ ގުޅިގެންނެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އާޅާ ފްލެޓް އިމާރާތް ތަކުގެތެރެއިން 700 ހައުސިން ޔުނިޓުގެ މަސައްކަތްތައް ނިންމައި އިންޑިއާ ސަރުކާރުން ވަނީ މި ހިނގާ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހު އެ ތަންތަން ރާއްޖެ އާއިހަވާލުކޮށްފައެވެ.

މި ސްކީމްގެ ދަށުން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް ކުރީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އޭރު އެމްޑީޕީގެ ސަރުކާރުން ނިންމީ ފްލެޓަށް އެދި ހުށަހެޅި އެންމެންނަށް ފްލެޓް ދިނުމަށެވެ. އޭގެ ތެރެއިން 4000 ފުލެޓުގެ މަސައްކަތް ކޮންޓްރެކްޓްކޮށް އޭރު މަސައްކަތް ވަނީ ފަށާފައެވެ.

ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް (ކުޑޫ) ފްލެޓް އާއި ގޯތި މުޒާހަރާ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2025

ފްލެޓާއި ގޯތީގެ މައްސަލާގައި މިސަރުކާރުގެ ބޭފުޅުން އަބަދުވެސް ހައްްދަވަނީ ދޮގު: މުޒާހަރާގެ ބައިވެރިން

26 ޖެނުއަރީ 2025
ފްލެޓާއި ގޯތީގެ މައްސަލާގައި މިސަރުކާރުގެ ބޭފުޅުން އަބަދުވެސް ހައްްދަވަނީ ދޮގު: މުޒާހަރާގެ ބައިވެރިން
26 ޖެނުއަރީ 2025

ފްލެޓާއި ގޯތީގެ މައްސަލާގައި ފަހި ޔޫނިއަންގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް މިނިސްޓަރު މުއްތަލިބު ދެކޮޅު ހައްދަވައިފި

26 ޖެނުއަރީ 2025
ފްލެޓާއި ގޯތީގެ މައްސަލާގައި ފަހި ޔޫނިއަންގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް މިނިސްޓަރު މުއްތަލިބު ދެކޮޅު ހައްދަވައިފި
26 ޖެނުއަރީ 2025

"ފްލެޓާއި ގޯތީގެ މައްސަލައިގައި އެމްޑީޕީން ހުށަހެޅި ސިޓީ އަށް ދިނީ ހެއްވާ ޖަވާބެއް"

26 ޖެނުއަރީ 2025
"ފްލެޓާއި ގޯތީގެ މައްސަލައިގައި އެމްޑީޕީން ހުށަހެޅި ސިޓީ އަށް ދިނީ ހެއްވާ ޖަވާބެއް"
26 ޖެނުއަރީ 2025

މި ވެެރިކަމެކޭ އޮޅުންބޮޅުންވެފައި އޮތް ހަ ބޮޅު ކަންވާރެކޭ އެއްގޮތް - ކުޑޫ

26 ޖެނުއަރީ 2025
މި ވެެރިކަމެކޭ އޮޅުންބޮޅުންވެފައި އޮތް ހަ ބޮޅު ކަންވާރެކޭ އެއްގޮތް - ކުޑޫ
25 ޖެނުއަރީ 2025

މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ ދަތިކަން. މިކަން ހައްލުކުރުމަށް ސަރުކާރުން އެއްބާރުލުމެއް ނުދޭ: އާޒިމް

25 ޖެނުއަރީ 2025
މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ ދަތިކަން. މިކަން ހައްލުކުރުމަށް ސަރުކާރުން އެއްބާރުލުމެއް ނުދޭ: އާޒިމް
22 ޑިސެމްބަރު 2024

ފަޒުލް އިސްތިއުފާދެއްވުމަކުން ނުފުދޭ، މައްސަލަ ބަލާ ސާބިތުވާ ނަމަ ލާންވީ ޖަލަށް - އާއްމުން

22 ޑިސެމްބަރު 2024
ފަޒުލް އިސްތިއުފާދެއްވުމަކުން ނުފުދޭ، މައްސަލަ ބަލާ ސާބިތުވާ ނަމަ ލާންވީ ޖަލަށް - އާއްމުން
21 ޑިސެމްބަރު 2024

"ހައުސިން ލިޔުންތަައް އަންދާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ، 2025 ވެގެން މިދަނީ ބިރުވެރި އަހަރަކަށް"

21 ޑިސެމްބަރު 2024
"ހައުސިން ލިޔުންތަައް އަންދާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ، 2025 ވެގެން މިދަނީ ބިރުވެރި އަހަރަކަށް"
27 އޮކްޓޯބަރު 2024

ފްލެޓްތަކުގެ މައްސަލައިގައި މި ފެނުނީ ސަރުކާރުން ރައްޔިތުންގެ ކަރުގައި ހިފި މަންޒަރު - މާޒް ސަލީމް

27 އޮކްޓޯބަރު 2024
ފްލެޓްތަކުގެ މައްސަލައިގައި މި ފެނުނީ ސަރުކާރުން ރައްޔިތުންގެ ކަރުގައި ހިފި މަންޒަރު - މާޒް ސަލީމް
25 އޮކްޓޯބަރު 2024

ޕިކަޕް ބުރަށް ހުއްދަ ނުދިނުމުން، ހިއްވަރާއި އެކު މަގުތަކަށް ނުކުތީ ހައްގު ހޯދަން

25 އޮކްޓޯބަރު 2024
ޕިކަޕް ބުރަށް ހުއްދަ ނުދިނުމުން، ހިއްވަރާއި އެކު މަގުތަކަށް ނުކުތީ ހައްގު ހޯދަން
21 އޮކްޓޯބަރު 2024

ރައްޔިތުންގެ ދަރުބާރު ކައިރިން ވެސް ރައްޔިތުންގެ އަޑު އަހަން މިސަރުކާރު ވަނީ ނުކުޅެދިފައި: މުޒާހަރާގެ ބައިވެރިން

21 އޮކްޓޯބަރު 2024
ރައްޔިތުންގެ ދަރުބާރު ކައިރިން ވެސް ރައްޔިތުންގެ އަޑު އަހަން މިސަރުކާރު ވަނީ ނުކުޅެދިފައި: މުޒާހަރާގެ ބައިވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު