Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހައުސިން މިނިސްޓްރީގައި އަލިފާން ރޯވުން

ހައުސިންގ މިނިސްޓްރީ އިމާރާތުގެ ބޮޑު ބައެއް ވެއްޓިއްޖެ

އެއްވެސް މީހަކަށް މާ ބޮޑު އަނިޔާއެއްވިކަމުގެ މައުލޫމާތެއް ނުލިބޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2024 | ބުރާސްފަތި 05:42
ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވެ އަނދަނީ

ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވެ އަނދަނީ

އަލިފާނުގެ ހާދިސާއެކު، ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީ ހިންގާ އިމާރާތުގެ ޓިނުން ހަދާފައި ހުރި އިމާރާތް އެއްކޮށް ވެއްޓިއްޖެއެވެ.

މި އަލިފާނުގެ ހާދިސާއާ ގުޅިގެން ދައުލަތުގެ މީޑީއާއަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ބުރާސްފަތި ދުވަހުގެ ހެނދުނު 6:30 ހާއިރު ލިބިފައިވާ ކަމަށާއި، އެވަގުތުން ފެށިގެން އެމްއެންޑީއެފްގެ ފަޔަރ ޓީމުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް ބައެއް ބެލެނިވެރިން ބުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 6:45 ގައި އެސަރަހައްދުން ސްކޫލުގެ ކުދިން ގެންދިޔައިރު ވެސް އެއްޗެއް އަދާ ވަސް މުޅި ސަރަހައްދުގައި ހުރި ކަމަށެވެ. އަދި 7:10 ހާއިރު ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީ ހިންގާ އިމާރާތުގެ 4 ވަނަ ފަންގިފިލާއިން އަލިފާންގަނޑު ބޭރަށް ފެންނަން ހުރި ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. އަލިފާންގަނޑު ބޮޑުވެ، މުޅި ސަރަހައްދު ދުމުން ބޯވެގެންދިޔައީ ގާތްގަނޑަކަށް 7:45 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެއިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ގާތްގަނޑަކަށް 9:22 ހާއިރު އެވެ.

ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީ ހިންގާ އިމާރާތުގެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް ޓިނުން ހަދާފައި ހުރި އިމާރާތް އެއްކޮށް ވަނީ ވެއްޓިފައެވެ. އަދި އަނދަމުންދިޔައިރު، ބާރަށް އެއްޗެހިތަކެއް ގޮވައި، ބައެއް އެއްޗެހިތައް ބުރައިގެން ދިޔަ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ. އެ އިމާރާތުގެ ދުންގަނޑު މަޑުވިފަހުން އެ އިމާރާތާއި ޖެހިގެން ހުރި އެންވަޔަރަމެންޓް މިނިސްޓްރީ ހިންގަމުން އަންނަ "ގްރީން ބިލްޑިންގ" ގައި އަލިފާން ވަނީ ރޯވެފައެވެ. 9:24 ހާއިރު އެއިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު ބޮޑެވެ، އެސަރަހައްދު ވަނީ ދުމުން ބޯވެފައެވެ. އަދި ގްރީން ބިލްޑިންގ އެތެރެއިން ވެސް އެއްޗެހިތަކެއް ގޮވައި، އެއްޗެހިތަކެއް ބުރައިގެން ދިޔަ މަންޒަރު ފެނުނު ކަމަށް އެސަރަހައްދުގައި ހަރަކާތްތެރިވާ ރާއްޖެއެމްވީގެ ނޫސްވެރިޔާ ބުނެފައިވެއެވެ.

މި އަލިފާނުގެ ހާދިސާއާ ގުޅިގެން އެސަރަހައްދުގައި ދިރިއުޅޭ އާއްމު ރައްޔިތުންގެ ރައްކާތެރިކަމަށް އެސަރަހައްދުގައި ދިރިއުޅޭ މީހުން ގެތަކުން ވަނީ ހުސްކޮށްފައެވެ. އަދި ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް އެސަރަހައްދު ވަނީ ބަންދުކޮށްފައެވެ.

އަލިފާނުގެ ހާދިސާ ހައުސިންގް މިނިސްޓްރީަހައުސިން މިނިސްޓްރީގެ އިމާރާތުގައި އަލިފާން ރޯވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖޫން
ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!
20251 އަހަރު ކުރިން
ރިޕޯޓު

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
20242 އަހަރު ކުރިން
ރާއްޖެ

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ
20233 އަހަރު ކުރިން
ރިޕޯޓު

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން
20224 އަހަރު ކުރިން
ދުނިޔެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް
20215 އަހަރު ކުރިން
ދުނިޔެ

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް
20197 އަހަރު ކުރިން
ރާއްޖެ

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
20188 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު