Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލް

އާޓެޓާ ބުނީ ފަސް އަހަރުގެ ތެރޭގައި ވަރަށް ބޮޑު ބަދަލެއް ގެނެވިއްޖެ ކަމަށް

އާސެނަލަށް މިހާރު މަތީ ފަންތީގައި އަނެއްކާ ވެސް ވާދަކުރެވޭކަން ސާބިތުވަމުން އަންނަ ކަމަށާއި، ޓީމަށް ޕޮސިޓިވް ކަންތައްތަކެއް ލިބިފައިވާ ކަމަށް ވެސް އާޓެޓާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2024 | ހޮނިހިރު 04:34
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗުކަމާ ހަވާލުވީ ފަހުން، މިވީ ފަސް އަހަރުގެ ތެރޭގައި ބޮޑު ބަދަލެއް ގެނެވިއްޖެ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާޓެޓާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އިން ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އާސެނަލްގެ ކޯޗުކަމާ އޭޓެޓާ ހަވާލުވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. ޕެލަސްގެ ދަނޑުގައި ހޮނިހިރު ދުވަހު އެ ޓީމާ ދެކޮޅަށް ނިކުންނައިރު، އާޓެޓާ ހުރީ އާސެނަލްގައި ކުރެވޭ މަސައްތަކާ މެދު ހިތްހަމަ ޖެހިފައި ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އާޓެޓާ ބުނީ އޭނާ ދެކޭ ގޮތުގައި، ފަސް އަހަރުގެ ތެރޭގައި އާސެނަލަށް އައި އެންމެ ބޮޑު ބަދަލަކީ ޓީމުގެ ތެރޭގައި އޮންނަ ގުޅުން ވަރުގަދަ ވުމާއި، ކުޅުންތެރިންނަށް ލިބުނު އިތުބާރު ކަމަށެވެ. އަދި އާސެނަލަށް މިހާރު މަތީ ފަންތީގައި އަނެއްކާ ވެސް ވާދަކުރެވޭކަން ސާބިތުވަމުން އަންނަ ކަމަށާއި، ޓީމަށް ޕޮސިޓިވް ކަންތައްތަކެއް ލިބިފައިވާ ކަމަށް ވެސް އާޓެޓާ ބުންޏެވެ. އާސެނަލަށް މަތީ ފަންތީގައި ވާދަ ނުކުރެވި ދިޔަ ދުވަސްތައް މިހާރު ފަހަތަށް ގޮސްފައިވާ ކަމަށާއި، އަދި ވެސް ރަނގަޅު ކުރަން ޖެހޭ ގިނަ ކަންކަން ހުރި ކަމަށް އާޓެޓާ ވަނީ ފާހަގަ ކޮށްފަ އެވެ.

އެއް ޓީމަކާ ދެކޮޅަށް، އެއް ހަފުތާގެ ތެރޭގައި ކުޅެން ޖެހުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާޓެޓާ ބުނީ، ތައްޔާރީތަކަށް ކޮންމެ ވެސް ވަރެއްގެ ތަފާތު ކަމެއް އަންނާނެ ކަމަށެވެ. ނަމަވެސް އެންމެ ފަހުން އެ ޓީމާ ދެކޮޅަށް ކުޅެފައި އޮތުމުން، އެ ޓީމުގެ ޙާލަތު ފަސޭހަ އިން ދެނެގަނެފައިވާ ކަމަށް އާޓެޓާ ބުންޏެވެ. އަދި އެއީ އާސެނަލްގެ އިތުރުން، ޕެލަސް އަށް ވެސް ލިބޭނެ ފައިދާއެއް ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ. އިތުރަށް އާޓެޓާ ބުނީ ޕެލަސްގެ ދަނޑުގައި ކުޅުމަކީ އުނދަގޫ ކަމެއް ކަމަށާއި، ކުރިން ވެސް އެކަން ފެނިފައިވާ ކަމަށެވެ.

އެންމެ ފަހުން ކަރަބޯ ކަޕްގެ ކުއާޓާ ފައިނަލްގައި ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން ވަނީ މުބާރާތުގެ ސެމީ ފައިނަލް އިން ޖާގަ ހޯދައިފަ އެވެ. ޕެލަސްގެ ދަނޑުގައި އާސެނަލް އިން އެ ޓީމާ ދެކޮޅަށް ނިކުންނާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 22:30 ގައެވެ.

އާސެނަލްމިކޭލް އާޓެޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު