Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑު

ރެއާލްގައި އަންޗެލޮޓީ އަށް ޚާއްސަ ޝަރަފެއް

ދެ ވަނަ ފަހަރަށް ރެއާލާ ހަވާލުވެ، އެ ކުލަބަށް އިރުޝާދު ދެމުން އަންނަ އަންޗެލޮޓީ ވަނީ އެ ކުލަބާ އެކު މިހާތަނަށް ޖުމުލަ 15 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2024 | ހޮނިހިރު 04:23
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ބޭއްވި، ފީފާ އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކުރުމާއެކު، ސްޕެއިންގެ ރެއާލް މެޑްރިޑަށް އިރުޝާދު ދެމުން އަންނަ އިޓަލީގެ ކާލޯ އަންޗެލޮޓީ އަށް އެ ކުލަބުގެ ޚާއްސަ ޝަރަފެއް ލިބިއްޖެ އެވެ.

ޤަތަރުގެ ވެރި ރަށް ދޯހާގައި ހުންނަ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ކާމިޔާބުކޮށް، ރެއާލް އިން ވަނީ އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށްފަ އެވެ. ރެއާލް އަކީ އެ މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ކުލަބެވެ. އެއާއެކު، އުމުރުން 65 އަހަރުގެ އަންޗެލޮޓީ ވެގެން ގޮސްފައި ވަނީ ރެއާލްގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ކޯޗަށެވެ. އޭނާ އަކީ ރެއާލާ އެކު އެންމެ ގިނަ ތަށި ކާމިޔާބު ކޮށްފައިވާ ކޯޗެވެ.

ދެ ވަނަ ފަހަރަށް ރެއާލާ ހަވާލުވެ، އެ ކުލަބަށް އިރުޝާދު ދެމުން އަންނަ އަންޗެލޮޓީ ވަނީ އެ ކުލަބާ އެކު މިހާތަނަށް ޖުމުލަ 15 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އަންޗެލޮޓީ ފިޔަަވައި، ރެއާލާ އެކު އެންމެ ގިނަ ތަށި ކާމިޔާބު ކޮށްފައިވާ ކޯޗަކީ މިހުއެލް މުނޯޒް އެވެ. އޭނާ ވަނީ ރެއާލާ އެކު 14 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. މުނޯޒްގެ ރެކޯޑާ އަންޗެލޮޓީ ހަމަކުރީ އޯގަސްޓު މަހު އޮތް ޔުއެފާ ސުޕަ ކަޕް ރެއާލާ އެކު ކާމިޔާބު ކޮށްގެންނެވެ.

އެންމެ ފުރަތަމަ އަންޗެލޮޓީ ރެއާލަށް އިރުޝާދު ދިނީ 2013 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރެވެ. އެ މުއްދަތުގައި އޭނާ ވަނީ ރެއާލާ އެކު ހަތަރު ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ކޮޕާ ޑެލް ރޭ، ޔުއެފާާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް އެވެ.

ދެ ވަނަ ފަހަރަށް އޭނާ ރެއާލާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް ވަނީ އެ ކުލަބާ އެކު 11 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގު ދެ ފަހަރު، ކޮޕާ ޑެލް ރޭ އެއް ފަހަރު، ސްޕެނިޝް ސުޕަ ކަޕް ދެ ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު، ޔުއެފާ ސުޕަ ކަޕް ދެ ފަހަރު، ފީފާ ކުލަބު ވޯލްޑް ކަޕް އެއް ފަހަރު އަދި ފީފާ އިންޓަކޮންޓިނެންޓަލް ކަޕް އެއް ފަހަރު އެވެ.

ރެއާލްގެ އިތުރުން ޔުވެންޓަސް، އޭސީ މިލާން، ޗެލްސީ، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)، ބަޔާން މިއުނިކް، ނަޕޯލީ އަދި އެވަޓަން އަށް ވެސް އިރުޝާދު ދީފައިވާ އަންޗެލޮޓީ އަކީ މިވަގުތު ދުނިޔޭގައި ތިބި ކޯޗުންގެ ތެރެއިން އެންމެ މޮޅު އަދި އެންމެ މަޝްހޫރު އެއް ކޯޗެވެ.

ރެއާލް މެޑްރިޑްކާލޯ އަންޗެލޮޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު