Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްލެޓާއި ގޯތި ދޫކުރުމަށް ގޮވާލުން

ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފްލެޓާއި ގޯތި ދޫކުރަން ޖެހޭނެ، ދޫނުކުރާނަމަ ސީދާ ހަރަކާތަށް ނުކުންނާނަން: އެމްޑީޕީ

މިމައްސަލާގެ ފުރިހަމަ ޒިންމާ ރައީސް ޑރ. މުހައްމަދު މުއިއްޒު ނަންގަވަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 19 ޑިސެމްބަރު 2024 | ބުރާސްފަތި 08:12
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވާހަކަދައްކަވަނީ

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވާހަކަދައްކަވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި، ގޯތިތައް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ދޫކުރަންޖެހޭނެ ކަމަށާއި، ދޫނުކުރާނަމަ ސީދާ ހަރަކާތަށް ނުކުންނާނެ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ބުނެފިއެވެ.

ވަގު ލިޔުންތަކެއް ބޭނުންކޮށްގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަންގެ (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އެއްބަޑު އެއްބަފާ ބޭބެއަށް ހުޅުމާލެ-ފޭސް2 އަކުން ގޯއްޗެއް ދޭން މަސައްކަތް ކުރި މައްސަލަ ފެންމަތިވެފައިވަނިކޮށް ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މިމައްސަލާގެ ފުރިހަމަ ޒިންމާ ރައީސް ޑރ. މުހައްމަދު މުއިއްޒު ނަންގަވަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

މިސަރުކާރަށް އިޝާރާތް ކުރައްވައި އަކްރަމް ވިދާޅުވީ ސަރުކާރުގެ ނިންމުންތަކާއި، އަދިވެސް ގައުމުގައި ހިނގާކަންކަމާއި ގުޅިގެން ރައްޔިތުން ނުކުމެ މުޒާހަރާ ކުރަން ފެށުމުން ރައީސް މުއިއްޒު ކަންކަން ބަދަލުކުރައްވާ ކަމަށެވެ. ބުދަ ދުވަހުގެ ރޭ އާއްމު ރައްޔިތުންގެ އެއްވެ މުޒާހަރާ ކުރުމުން ބުރާސްފަތި ދުވަހު އެޗްޑީސީގެ އެމްޑީ ފަޒުލް ސަސްޕެންޑް ކުރިކަން އަކްރަމް ފާހަގަކުރެއްވިއެވެ.

އަކްރަމް ވިދާޅުވީ ކުރީ ސަރުކާރުގައި ދޫކޮށްފައިވާ ފްލެޓާއި، ގޯތިތައް ކުރިއަށް މަސްދުވަހުގެ ތެރޭގައި ދޫކުރަންޖެހޭނެ ކަމަށާއި، ދޫނުކުރާ ކަމަށްވާނަމަ އެމްޑީޕީން ސީދާ ހަރަކާތަށް ނުކުންނާނެ ކަމަށެވެ. އަދި އާއްމު ރައްޔިތުންގެ ހައްގުތައް ހޯދުމަށް މަގުމައްޗަށް ނުކުތުމަށް އަކްރަމް ވަނީ ގޮވާލައްވާފައެވެ.

އަކްރަމް ވިދާޅުވީ ވަގު ލިޔުންތަކެއް ބޭނުންކޮށްގެން ގޯއްޗެއް ހޯދަން އުޅުނު މައްސަލާގައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. ހައުސިން މިނިސްޓްރީއަށް ވެސް މިކަމުގެ ފުރިހަމަ މައުލޫމާތު އެނގޭނެ ކަމަށާއި، މިނިސްޓްރީއަށް ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުގެ ސަމާލުކަމަށް މިމައްސަލަ ޖުލައި މަހު އައިސްފައިވާއިރު، އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ އެކަމަށް އަކްރަމް ވަނީ ފާޑު ވިދާޅުވެފައެވެ.

އެމްޑީޕީގޯތި ގެދޮރުފްލެޓްރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުއަކްރަމް ކަމާލުއްދީންގެދޮރުވެރިޔާ ސްކީމްބިންވެރިޔާ ސްކީމް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު