Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިމުގެ ވައްކަން

އެޗްޑީސީގެ އެމްޑީ ފަޒުލްގެ އާއިލާ މީހަކަށް ދިން ގޯއްޗަށް ދޫކޮށްފައިވަނީ ފޭކް ލިޔުމެއް

ސައްހަ އެގްރީމަންޓް އެއްނަމަ ޕަބްލިކް ނޮޓަރީ ސްޓޭޕް އިންނަން ޖެހޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 18 ޑިސެމްބަރު 2024 | ބުދަ 13:04
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު

ހައުސިން ޑިވަލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ އާއިލާ މީހަކަށް ދީފައިވާ ގޯއްޗަކީ ސައްހަ ގޯއްޗެއް ކަމަށް ހަދަން އޭނާ އަށް ދޫކޮށްފައިވާ ލިޔުމަކީ ހައުސިންގ މިނިސްޓްރީން ގޯއްޗަށް ދޫކުރާ ބާވަތުގެ ލިޔުމެއް ނޫންކަން ހާމަވެއްޖެއެވެ.

އެޗްޑީސީ އިން ވަގަށް ގޯތި ދީގެން އުޅޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ އެ ކުންފުނީގެ އެމްޑީ ފަޒްލް ރަޝީދުގެ އާއިލާ މީހެއް ކަމަށްވާ މުހައްމަދު ފަޒީލް ރަޝީދު އަކީ ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަވާ މީހެއް ނޫން ކަންވެސް ވަނީ ފަޅާ އަރާފައެވެ.

ރެކޯޑްތަކުން އެނގޭ ގޮތުގައި އޭނާ އަކީ ސޯޝަލް ހައުސިންގ މީގެ ކުރިންވެސް ލިބިފައިވާ ފަރާތެކެވެ.

މިމައްސަލައާ ގުޅިގެން ޕްލޭނިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ސައްހަ އެގްރީމަންޓް އެއްނަމަ ޕަބްލިކް ނޮޓަރީ ސްޓޭޕް އިންނަން ޖެހޭނެ ކަމަށާއި، ނަމަވެސް ދައުރުކުރާ ޑެކިއުމެންޓްތަކުގައި އެ ނެތް ކަމަށެވެ.

އަކްރަމް ވިދާޅުވީ ހައުސިން މިނިސްޓްރީން އެޗްޑީސީއަށް ކޮންމެ ދުވަހަކު ވެސް އޭރު ފޮނުވަމުން ގެންގޮސް ފައިވާނީ އެ ދުވަހު އެގްރީމަންޓް އެއްގައި ސޮއިކުރި މީހުންގެ ލިސްޓް އެކަނި ކަމަށާއި، އެގްރީމެންޓް ކޮޕީ ނުފޮނުވާނެ ކަމަށެވެ.

މިހާރު ދައުރުވަމުންދާ އެގްރީމެންޓުން ފެންނަ ގޮތުގައި އެގްރީމެންޓް ނަމްބަރާ ގޯތީގެ ރަޖިސްޓްރީ ނަމްބަރަކަށް ޖަހާފައިވަނީ އެއް ނަންބަރެއް ކަން ފާހަގަކުރައްވައި އަކްރަމް ވިދާޅުވީ މިނިސްޓްރީން ދީފައިވާ ގޯތީގެ ރަޖިސްޓްރީ ނަންބަރާއި އެގްރީމެންޓް ނަމްބަރަކީ ވަކި ދެ ނަންބަރެއް ކަމަށެވެ.

މީގެ އިތުރުން އަކްރަމް ވިދާޅުވީ މިއީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުން ކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒު ހިންގަވާ ޖަރީމާއެއް ކަމަށެވެ. އަދި ރައްޔިތުން މި މައްސަލަ ބަލައި މިކަންކަން ހުއްޓުވުމަށް ރައްޔިތުން ނުކުންނަންޖެހޭ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ

އެޗްޑީސީބިން ފޭރުންއިބްރާހީމް ފަޒުލް ރަޝީދު ބިންވެރިޔާ ސްކީމް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
13 ޑިސެމްބަރު 2025

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
04 ޑިސެމްބަރު 2025

ޝަރީފް ގެ އަންހެނުންނަށް އެޗްޑީސީ އިން ބައިލައްކަ ރުފިޔާ ގެ ވަޒީފާ އެއް ލިބުނީ އިއްތިފާގަކުން؟

04 ޑިސެމްބަރު 2025
 ޝަރީފް ގެ އަންހެނުންނަށް އެޗްޑީސީ އިން ބައިލައްކަ ރުފިޔާ ގެ ވަޒީފާ އެއް ލިބުނީ އިއްތިފާގަކުން؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު