Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓޫރިޒަމް ސްޓެޓިސްޓިކްސް ސަރވޭ

ޓޫރިޒަމް ސްޓެޓިސްޓިކްސް ސަރވޭ 2024 ފަށައިފި

17 ޑިސެމްބަރު 2024 | އަންގާރަ 14:31

ރިސޯޓު ދާއިރާއިން ހަކަތަ ބޭނުންކުރާ މިންވަރުގެ މަޢުލޫމާތު އަހަރަކު އެއްފަހަރު އެއްކުރެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ޑިސެމްބަރު 2024 | އަންގާރަ 14:31
ޗައިނާ ފަތުރުވެރިންނަށް މަރުހަބާ ކިޔުން

ޗައިނާ ފަތުރުވެރިންނަށް މަރުހަބާ ކިޔުން

ޓޫރިޒަމް ސްޓެޓިސްޓިކްސް ސަރވޭ 2024 ފަށައިފިއެވެ.

މިއަދު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި ސަރވޭ ފަށައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޑރ. މުޢާވިޔަތު މުޙައްމަދެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. މުޢާވިޔަތު މުޙައްމަދު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ތަރައްޤީކުރުމަށާއި ޤައުމީ މޫސުމީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ ނިންމުންތައް ނިންމުމުގައި މި ސަރވޭގެ ނަތީޖާތަކަކީ ވަރަށް މުހިންމު ހެކިތަކެއް ކަމުގައެވެ. އަދި ފަތުރުވެރިކަމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ދާއިރާއެއްކަން ފާހަގަކުރައްވައި، މި ސަރވޭއިން ލިބޭ މަޢުލޫމާތުގެ ސަބަބުން ސިޔާސަތުތައް އެކުލަވާލުމުގައި ބޭނުންކުރާ ތަފާސްހިސާބުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މި ސަރވޭގައި އަލަށް ހިމަނާފައިވާ ބައިތަކުގެ ތެރޭގައި، ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) އާއި ޕެރިސް އެގްރީމެންޓްގެ ދަށުން ހާމަކުރަންޖެހޭ މަޢުލޫމާތުތައް ހާމަކުރުމަށް ބޭނުންވާ މުހިންމު ހަކަތައިގެ މަޢުލޫމާތު ހޯދުމަށް ބޭނުންވާ ބައިތައް ހިމެނެއެވެ.

ސީބީއައިޓީ މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން، 6 ނޮވެމްބަރ 2024 ގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މި ސަރވޭއަށް ގެނެވުނު ބަދަލުތައް ގެނެވިފައިވެއެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ގްރީންހައުސް ގޭސް (ޖީއެޗްޖީ) އުފެދޭ މިންވަރު ދެނެގަތުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ހުށަހަޅަންޖެހޭ ރިޕޯޓުތަކަށް ބޭނުންވާ ހަކަތައާ ގުޅޭ ތަފާސްހިސާބުތަކުގެ ޞައްޙަކަން އިތުރުކުރުމެވެ.

މި މަސައްކަތުގެ ބައެއްގެ ގޮތުން، ޓޫރިޒަމް ސްޓެޓިސްޓިކްސް ސަރވޭގެ ތެރެއިން ރިސޯޓު ދާއިރާއިން ހަކަތަ ބޭނުންކުރާ މިންވަރުގެ މަޢުލޫމާތު އަހަރަކު އެއްފަހަރު އެއްކުރެވޭނެއެވެ. މި ސަރވޭއިން ސީދާ އަމާޒުކުރެވިފައިވަނީ ދިވެހިރާއްޖޭގެ ފުރަތަމަ ބައެނިއަލް ޓްރާންސްޕޭރަންސީ ރިޕޯޓު (ބީޓީއާރު1) ގައި ފާހަގަކުރެވިފައިވާ މަޢުލޫމާތުގެ ހުސްކަންތައްތައް ފޫބެއްދުމަށެވެ. ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ހަކަތަ ބޭނުންކުރާ މިންވަރާއި އުފެދޭ ވިހަ ގޭސްތަކާ ގުޅޭ މަޢުލޫމާތު ހޯދުމަށެވެ.

ސީބީއައިޓީ މޯލްޑިވްސް ޕްރޮޖެކްޓަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ ފަންޑިންގ އާއެކު، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫއެންއީޕީ) އިން ފަންނީ އެހީތެރިކަން ފޯރުކޮށްދެއެވެ.

މި ސަރވޭގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ހަކަތަ ބޭނުންކުރާ މިންވަރާއި، އެ ދާއިރާއިން ތިމާވެށްޓަށް ކުރާ އަސަރުތައް ވަޒަންކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު ލިބި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަތުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މި ސަރވޭގެ ނަތީޖާތަކަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ރިޕޯޓުތަކަށް ބޭނުންކުރެވޭނެ އިތުބާރުހުރި މަޢުލޫމާތުތަކެއް ކަމުގައިވެސް ވާނެއެވެ.

ޓޫރިޒަމް ސްޓެޓިސްޓިކްސް ސަރވޭ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް