Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔަޝްފާ ޕޮލިހަށް

"ތީ ބަހުލޫލެކޭ" ލަވަ ކީ ޔަޝްފާ "ކުށުގެ ތުހުމަތުގައި" ޕޮލިހަށް ހާޒިރު ވާން އަންގައިފި

ހާޒިރުވުމަށް އަންގާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:30 ށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް

އަމްނާ އިމާދު
އަމްނާ އިމާދު | 16 ޑިސެމްބަރު 2024 | ހޯމަ 11:12
ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާގައި ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ވާހަކަދައްކަވަނީ

ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާގައި ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ވާހަކަދައްކަވަނީ

ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާގައި "ތީ ބަހުލޫލެކޭ" ލަވަ ކީ ރ. ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ޕޮލިހަށް ހާޒިރު ވާން އަންގައިފި އެވެ.

ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ އެންބަވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ ދުވާފަރު ކައުންސިލް މެންބަރު ޔަޝްފާ އަންގާރަ ދުވަހުގެ ހެނދުނު 10:30އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައި ޗިޓް ފޮނުވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޝައުނާ ވިދާޅުވީ ޔަޝްފާ ފުލުހުންގެ އިދާރާ ހާޒިރުވާއިރު، އޭނާއަށް ހިތްވަރު ދިނުމަށް ވީހާވެސް ގިނަ ބަޔަކު އެކަމުގައި ބައިވެރިވެ އެސަރަހައްދަށް އައުމަށް އެމްޑީޕީ އިން އެދޭ ކަމަށެވެ.

ޝައުނާ ވިދާޅުވީ މިސަރުކާރުގެ ފޯކަސް ހުރީ ރައްޔިތުންނަށް ބިރު ދެއްކުމަށް ކަމަށެވެ، ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަށް ނޫން ކަމަށެވެ.

10 ޑިސެމްބަރު 2024 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ޔަޝްފާ ވަނީ ލަވައެއް ގޮތަށް "ތިއީ ބަހުލޫލެކޭ، ތިއީ ޝައިތާނެކޭ، މަށާ ކައިރި ނުވާށޭ، މަށާ ކައިރި ނުވާށޭ" ކިޔާފައެވެ. އެއާއެކު މުޅި ސޯޝަލް މީޑިއާގައި ލަވަ ވަނީ ވައިރަލް ވެގެންގޮސްފައެވެ.

ޔަޝްފާ އަށް ފޮނުވާފައިވާ "ހާޒިރުވުމަށް އަންގާ ޗިޓު" ގައި ބުނެފައިވަނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވެ ސާޖެންޓް އަބްދުﷲ ސާޖިދު އާ ބައްދަލު ކުރުމަށެވެ.

ޗިޓުގައި ބުނެފައިވަނީ ޔަޝްފާ ހާޒިރު ކުރަނީ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ފުރާނަ އަށް ނުރައްކާވާ ގޮތައް އަމަލު ކުރުމަށް ގޮވާލާފައި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.

ތީ ބަހުލޫލެކޭ މަރިޔަމް ޔަޝްފާ އެމްޑީޕީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު