Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮމަދޫއަށް ތަރައްގީ ގެނެސްދިނުން

އޮމަދޫ ބަނދަރުގެ މަޝްރޫއާއެކު، ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ރައީސް މުއިއްޒު

15 ޑިސެމްބަރު 2024 | އާދީއްތަ 12:15

ކުރިއަށް އޮތް 2025 ވަނަ އަހަރަކީ ތަފާތު އަހަރަކަށް ވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޑިސެމްބަރު 2024 | އާދީއްތަ 12:15
އޮމަދޫގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

އޮމަދޫގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

އދ. އޮމަދޫ ރައްޔިތުން އެދޭ ތަރައްގީ ގެނެސްދޭނެ ކަމަށާއި، ބަނދަރުގެ މަޝްރޫއާއެކު، ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށާއި، އަންނަ އަހަރު ކުރީކޮޅު އަމަލީ މަސައްކަތްތައް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު އޮމަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އޮމަދޫ ރައްޔިތުންގެ ތަރައްގީއަށް ރައްޔިތުންއެދޭ ގޮތަށް ކަންކަން ކޮށްދޭނެ ކަމަށެވެ.

Advertisement - newsAdvertisement

އެންމެ މުހިންމު ކަމަކަށް އޮތީ އޮމަދޫގެ ބަނދަރުގެ މައްސަލައަށް ހައްލު ހޯދުންކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ނިމިގެން ދިޔަ އަހަރަކީ، އެކި ސަބަބުތަކާ ހެދި މިފަދަ އެތައް ކަމަކަށް ހައްލު ހޯދައި، ނުދެވި ދިޔަ އަހަރެއް ކަމަށާއި، މައިގަނޑު ސަބަބަކީ ބަޖެޓްގެ ދަތިކަން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް 2025 ވަނަ އަހަރަކީ ތަފާތު އަހަރަކަށް ވާނެ ކަމަށާއި، ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުލިބޭނެ ފަދަ ގޮތަކަށް، ފުރިހަމަ ބަނދަރެއް ތަރައްގީ ކޮށްދޭނެ ކަމަށް އެމަނިކުފާނު ވިިދާޅުވިއެވެ. އަދި ވިދާޅުވީ އޮމަދޫއަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް އަމަލީ ސިފައެއްގައި ހައްލު ހޯދައިދޭނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ބަނދަރާއި، ގިރާ ސަރަހައްދުގެ މަޝްރޫއުގައި ސޮއި ކުރެވިފައި އޮތް ނަމަވެސް، އަމަލީ މަސައްކަތެއް ކުރެވިފައިނުވާ ކަމަށާއި، 2 މަޝްރޫއުގެ އަމަލީ މަސައްކަތް 2025 ވަނަ އަހަރުގެ ކުރީ ކޮޅު ފެށޭނެ ކަމަށެވެ.

މީގެ އިތުރުން ރައީށް މުއިއްޒު ވިދާޅުވީ 2025 ވަނަ އަހަރު ހިންގަން ކަނޑައަޅާފައިވާ އައު މަޝްރޫއުތަކުގެ އުސޫލުގައި އިސްކަން ދޭ ތަރުތީބުން އޮމަދޫގެ ތައުލީމާއި ސިއްހީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާއިންވެސް ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލާއި، ކުލާސްރޫމްތަކުގެ އިތުރުން، ސިއްހީ މަރުކަޒަށް ބޭނުންވާ އިތުރު ޖާގައާ ވަސީލަތްތައް އަންނަ އަހަރު ފޯރުކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުޅިވަރުގެ ރޮނގުން، 2025 ވަނަ އަހަރު، އަންހެން ބޭފުޅުންނަށް ޚާއްސަ ހޭންޑްބޯލް ކޯޓެއްވެސް ތަރައްގީ ކޮށްދޭނެ ކަމަށާއި، ފުޓުބޯޅަދަނޑުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ރައީސް ވަނީ މުޅި ރާއްޖެއަށް ދިމާވެފައި އޮތް ކުނީގެ މައްސަލައަށް ވަށާޖެހެނިވި ހައްލެއް ހޯދުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި ކުނި މެނޭޖު ކުރުމަށް އޮމަދޫގައި މަރުކަޒެއް ގާއިމުކޮށްފައި ހުރިއިރު، އެތަނަށް ބޭނުންވާ ތަކެތި ހޯދަން ޖެހިފައިވާކަމަށާއި، އެމަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ 2025 ވަނަ އަހަރު ވެގެން ދާނީ ނަތީޖާ ނެރުމުގައި އަމަލީ މަސައްކަތްތައް ފެށިގެންދާ އަހަރެއް ކަމަށެވެ.

އދ. އޮމަދޫ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 ޖުލައި 2017

ގޮނޑިގެއްލޭ މައްސަލައަށް މަޖިލީހުގެ 31 މެންބަރުން ތަދައްޚުލްވާން ހުށަހަޅައިފި

13 ޖުލައި 2017
ގޮނޑިގެއްލޭ މައްސަލައަށް މަޖިލީހުގެ 31 މެންބަރުން ތަދައްޚުލްވާން ހުށަހަޅައިފި
13 ޖުލައި 2017

މެމްބަރުކަން ގެއްލޭ މައްސަލައަށް ޝާހީނާއި މައުމޫން ހަމީދު ތަދައްޚުލްވެއްޖެ

13 ޖުލައި 2017
މެމްބަރުކަން ގެއްލޭ މައްސަލައަށް ޝާހީނާއި މައުމޫން ހަމީދު ތަދައްޚުލްވެއްޖެ
07 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލި މައްސަލައަށް ބަހުސްނުކޮށް މަޖިލީހުން ބޭރުކޮށްލައިފި

07 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލި މައްސަލައަށް ބަހުސްނުކޮށް މަޖިލީހުން ބޭރުކޮށްލައިފި
29 އެޕްރީލު 2017

ޔާމީންގެ މަރުގެ މައްސަލައަށް ސަރުކާރަށް މުހިއްމު ކަމެއް ދޭކަމާމެދު ތޮލާލް ސުވާލު އުފައްދަވައިފި

29 އެޕްރީލު 2017
ޔާމީންގެ މަރުގެ މައްސަލައަށް ސަރުކާރަށް މުހިއްމު ކަމެއް ދޭކަމާމެދު ތޮލާލް ސުވާލު އުފައްދަވައިފި
24 އެޕްރީލު 2017

ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް

24 އެޕްރީލު 2017
ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް
21 އެޕްރީލު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ: އެމްޕީ ފައްޔާޒް

21 އެޕްރީލު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ: އެމްޕީ ފައްޔާޒް
22 މާރިޗު 2017

ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް

22 މާރިޗު 2017
ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް
26 ފެބުރުއަރީ 2017

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

26 ފެބުރުއަރީ 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް