Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޖިރޯނާ ބަލިކޮށް، ލިވަޕޫލް ފަސް ޕޮއިންޓުގެ ލީޑެއް

މޮޅާއެކު ލިވަޕޫލް އިން ވަނީ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓު ހޯދައިގެންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޑިސެމްބަރު 2024 | ބުދަ 05:12
މެޗުގައި ލަނޑު ޖެހުމަށްފަހު ލިވަޕޫލްގެ ޞަލާޙު އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ލިވަޕޫލްގެ ޞަލާޙު އުފާ ފާޅު ކުރަނީ | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލިވަޕޫލް އިން އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.

ޖިރޯނާގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކުރީ 1-0 އިންނެވެ. މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ލިވަޕޫލުން މެޗުގައި ރަނގަޅަށް ކުޅެފައިވާއިރު، އެ ޓީމުން ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް ލިވަޕޫލަށް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް ލިވަޕޫލަށް ލިބުނު ފުރުސަތުތައް އެ ޓީމަށް ނިންމާލެވޭ ގޮތެއް ނުވި އެވެ. މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލުން ލަނޑު ޖަހައި ލީޑު ނެގީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. މެޗުގެ 63 ވަނަ މިނެޓުގައި ޕެނަލްޓީ ކާމިޔާބުކޮށް، ލިވަޕޫލަށް ލީޑު ނަގައިދިނީ މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު އެވެ.

މޮޅާއެކު ލިވަޕޫލް އިން ވަނީ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓު ހޯދައިގެންނެވެ. އާން ސްލޮޓްގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ލިވަޕޫލް އަންނަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ލީގުގައި ވެސް އެ ޓީމު އޮތީ ތާވަލްގެ އެއް ވަނައިގަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުޖިރޯނާލިވަޕޫލް

އިތުރަށް ކިޔާލަން

06 ޖޫން 2026

ލިވަޕޫލް އަކީ ޚާއްޞަ ކުލަބެއް، ކޮންމެ ކޯޗަކު ވެސް ގަޔާވާނެ: އިރައޯލާ

06 ޖޫން 2026
ލިވަޕޫލް އަކީ ޚާއްޞަ ކުލަބެއް، ކޮންމެ ކޯޗަކު ވެސް ގަޔާވާނެ: އިރައޯލާ
03 ޖޫން 2026

އިރައޯލާ އާއެކު ލިވަޕޫލް އިން އެއްބަސްވުމަކަށް

03 ޖޫން 2026
އިރައޯލާ އާއެކު ލިވަޕޫލް އިން އެއްބަސްވުމަކަށް
02 ޖޫން 2026

ފަސް އަހަރު ފަހުން ކޮނާޓޭ ލިވަޕޫލް ދޫކޮށްލަން ނިންމައިފި

02 ޖޫން 2026
ފަސް އަހަރު ފަހުން ކޮނާޓޭ ލިވަޕޫލް ދޫކޮށްލަން ނިންމައިފި
02 ޖޫން 2026

ސްލޮޓްގެ ސިޓީއެއް ލިވަޕޫލް އަށް: ކުލަބާ ދެމެދު އޮތީ ފުޓުބޯޅަ އަށް ވުރެ ބޮޑު ގުޅުމެއް

02 ޖޫން 2026
ސްލޮޓްގެ ސިޓީއެއް ލިވަޕޫލް އަށް: ކުލަބާ ދެމެދު އޮތީ ފުޓުބޯޅަ އަށް ވުރެ ބޮޑު ގުޅުމެއް
02 ޖޫން 2026

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން މިލްނާ އިއުލާން ކޮށްފި

02 ޖޫން 2026
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން މިލްނާ އިއުލާން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު