Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާނޫނު އަސާސީގެ ދިފާއުގައި ޖަލްސާ

"ގާނޫނު އަސާސީގެ ދިފާއުގައި" ޖަލްސާއަށް ދާ މީހުންނަށް ހުރަސް އަޅަން ސަރުކާރުން އިވެންޓްތައް ބާއްވާ އެތަނަށް ދާން މަޖުބޫރުކުރަނީ

10 ޑިސެމްބަރު 2024 | އަންގާރަ 13:08

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަންނަނީ ހަރަކާތްތައް ރާވާ މުވައްޒަފުންނަށް އަންނަން މަޖުބޫރުކުރަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ޑިސެމްބަރު 2024 | އަންގާރަ 13:08
ގާނޫނު އަސާސީގެ ދިފާއުގައި ބާއްވާ ޖަލްސާއަށް މުވައްޒަފުންނާއި ބެލެނިވެރިންނަށް ނުދެވޭނެހެން ސަރުކާރުން ރާވަމުންދާ ހަރަކާތްތަކަށް އަންނަން އަންގާ ފޮނުވާފައިވާ މެސެޖްތައް

ގާނޫނު އަސާސީގެ ދިފާއުގައި ބާއްވާ ޖަލްސާއަށް މުވައްޒަފުންނާއި ބެލެނިވެރިންނަށް ނުދެވޭނެހެން ސަރުކާރުން ރާވަމުންދާ ހަރަކާތްތަކަށް އަންނަން އަންގާ ފޮނުވާފައިވާ މެސެޖްތައް

މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ "ޤާނޫނުއަސާސީގެ ދިފާއުގައި" އެއްވުމަށް ސަރުކާރު މުވައްޒަފުން ގޮސްދާނެތީ، ސަރުކާރުން އިވެންޓްތައް ބާއްވާ އެ އިވެންޓްތަކަށް ދިއުމަށް މަޖުބޫރުކުރަން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން، ސްކޫލްތަކުގެ ދަރިވަރުންގެ ބެލެނިވެރިންނަށް ހާއްސަކޮށްގެން ކަންކަން ދަނީ ރާވަމުންނެވެ.

އެގޮތުން އެމްޕީއެލްއިން މުވައްޒަފުންނަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވަނީ މިރޭ 8:00ށް ހުރިހާ މުވައްޒަފުން މެނޭޖްމަންޓުން ކުރިއަށް ގެންދާ ހަރަކާތަކަށް ހުރިހާ މުވައްޒަފުން އޮފީހަށް އައުމަށް އަންގާ ކަމަށެވެ. އަދި ޗުއްޓީގައި ތިބި މުވައްޒަފުުން ނޫން ހުރިހާ މުވައްޒަފުން މި ހަރަކާތުގައި ބައިވެރުވުމަށް އެދޭ ކަމަށާއި، އޮފް ގައި ތިބި މުވައްޒަފުން ވެސް ބައިވެރިވާން ޖެހޭނެ ކަމަށް އަންގާފައިވެއެވެ.

މީގެ އިތުރުން މުވައްޒަފުންގެ ހާޒިރީ ބެލޭނެ ކަމަށާއި، ޔުނީފޯމްގައި ތިބޭ މުވައްޒަފުން ޔުނިފޯމްގައި އިވެންޓަށް އައުމަށް އެމްޕީއެލްއިން ފޮނުވި މެސެޖުގައި ވަނީ އަންގާފައެވެ. ނަމަވެސް އެއީ ކޮންކަމަކާއި ގުޅޭ އިވެންޓެއް ކަމަށް ހާމައެއް ނުކުރެއެވެ.

މީގެ އިތުރުން އިސްކަންދަރު ސްކޫލުން ކްލާސް މަންދޫބުންނަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އިސްކަންދަރު ފެއަރ ސްޓޯލްސްއާއި ބެހޭ ގޮތުން ބޭއްވާ ވަރަށް މުހިންމު ބައްދަލުވުމެއް އަންގާރަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން ހުރިހާ މަންދޫބުން 8:15ށް ސްކޫލް ހޯލްއަށް އައުމަށް އަންގާ ކަމަށެވެ.

މީގެ އިތުރުން ވެސް ސިވިލް ސަރވިސް މުވައްޒަފުންނަށްވެސް ދަނީ "ގާނޫނު އަސާސީގެ ދިފާއުގައި" ޖަލްސާއަށް ނުދިއުމަށް އަންގާ މަޖުބޫރުކުރަމުންނެވެ.

ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން ބާއްވާ އެއްވުމަށް މީހުން ދިޔަ ނުދިނުމަށް ސަރުކާރުން އެކި ސިފަ ސިފައިގައި މަސައްކަތް ކުރާ ކަަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެގޮތުން މަޤާމުގެ ބިރު ދެއްކުމާއި، ރަށުން ބޭރަށް ފޮނުވާލުން ފަދަ ކަންކަން ކުރާ ކަމަށް ވަނީ ބުނެފައެވެ. ހަމައެހެންމެ މި އެއްވުމަކީ ޤާނޫނާއި ޚިލާފު އަނިޔާވެރިކަމަށް ހިތްވަރުދޭ އެއްވުމެއް ކަމަށް ބުނެ އާއްމުންގެ ހިތުގައި ބިރުވެރިކަން އުފައްދާ އެއްވުމަށް މީހުން ނުދާނެ ފަދަ ދޮގު މައުލޫމާތުތައް ސަރުކާރުން ފަތުރަމުންދާ ކަމަށް އެމްޑީޕިން ވަނީ ބުނެފައެވެ.

ޤާނޫނުއަސާސީގެ ދިފާއުގައިމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އެމްޕީއެލްއިސްކަންދަރު ސްކޫލް

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
05 ނޮވެމްބަރު 2025

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
03 ނޮވެމްބަރު 2025

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

03 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
02 ނޮވެމްބަރު 2025

މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ

02 ނޮވެމްބަރު 2025
މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
24 އޮކްޓޯބަރު 2025

ސަރުކާރުގެ އިސްފަރާތެއްގެ އެހީގައި ވަގަަށްނެގިކަމަށް ތުހުމަތުކުރެވޭ ސިނގިރޭޓް ކޮންޓެއިނަރުތައް އުފުލިކަމަށް ބެލެވޭ ދޯނީގެ ކައްޕި ހައްޔަރުކޮށްފި؛ ކޯޓުން ނިންމީ އޭނާ 7 ދުވަހަށް ބަންދުކުރަން

23 އޮކްޓޯބަރު 2025

ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި

23 އޮކްޓޯބަރު 2025
ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި
23 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

23 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް