Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސިނގިރޭޓު ވައްކަން

ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި

13 މިލިއަން ސިނގިރޭޓް ހުރި ބޮޑު ދެ ކޮންޓޭނަރު ވަގަށް އެމްޕީއެލް ތެރެއިން ބޭރުވުމަކީ ކުޑަކަމެއް ނޫނެވެ. 40 ފޫޓުގެ ކޮންޓޭނަރުތައް އެގޮތައް ބޭރުވާނަމަ ރައްޔިތުންނަށް އެތަނަށް އިތުބާރު ކުރެވޭނީ ކިހިނެއް ހެއްޔެވެ؟

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2025 | ބުރާސްފަތި 08:38
ރާއްޖެ އަށް އެތެެރެކޮށްފައިވާ މުދާ ކޮންޓޭނަރެއް ބޭލުމުގެ މަސައްކަތް އެމްޕީއެލް ގައި ކުރިއަށް ދަނީ

ރާއްޖެ އަށް އެތެެރެކޮށްފައިވާ މުދާ ކޮންޓޭނަރެއް ބޭލުމުގެ މަސައްކަތް އެމްޕީއެލް ގައި ކުރިއަށް ދަނީ

އެތައް މިލިއަން ސިނގިރޭޓު ހުރި މާސިންގާ ބޮޑު ސިނގިރޭޓް ކޮންޓޭނަރތަކެއް ވަގަށް ނަގައިގެން އެވާހަކަތައް ދައްކާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ސަރުކާރަށް ރޭކާލީވެސް އެވާހަކަތައް ދައްކާތާވެސް ދުވަސްތަކެއް ވީފަހުންނެވެ.

މިމައްސަލައިގާ މިހާރު އެވަނީ ބަޔަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި މަޝްހޫރު ބޮޑު ދެ ވިޔަފާރިވެރިއަކު ވެސް ހިމެނޭ ގޮތުންނެވެ. ފަހަރެއްގައިވެސް އެމީހުން އެކަމުގައި ބައިވެރި ނުވެއެކޭ ބުނާކަށް ނެތީމެވެ. ނޫންނަމަ އެމީހުން ހައްޔަރުކޮށްގެން ކަންބޮޑުވެގެނެއް ވެސް ނޫޅެމެވެ. ތަހުގީގަށް ކުރާން ޖެހޭ ކަންކަމާއި ހައްޔަރު ކުރާން ޖެހޭ މީހުން ހައްޔަރުކުރާން ވާނެއެވެ. އެކަމަކު ވެގެން މިއުޅެނީ އެއަށްވުރެ މާ ބޮޑު ކަމެކެވެ. އާދައިގެ ކުޑަކުޑަކަމެއް ނޫނެވެ. އެކަމުގެ ސަބަބުން ނުވަތަ އެކަން ހިނގި ގޮތަށް ހިނގާފައި ހުރެދާނެ ލައްކަ ކަންކަން ހުރެދާނެތީ އެކަމުގެ ކަންބޮޑުވުންތައް ގިނަ ކަމެވެ. ސިނގިރޭޓްތައް ފަދައިން އެފަދަ ނުރައްކާތެރި އެތައް އެތައް އެއްޗެއް އެތަނުން ގެއްލި ރާއްޖެއަށް އެތެރެވެފައި ހުރުމުގެ ކަންބޮޑުވުންތައް އިންތިހާއެވެ.

ވަގަށް އެއްޗެހި އެތެރެކުރާ ވާހަކަ މީގެ ކުރިންވެސް ދައްކައެވެ. ކަސްޓަމްސް ތެރެއިން އެތަކެތި ބޭރުވާވާހަކަވެސް ދޫދޫމަތިން ދެކެވެއެވެ. މީހުން ބުނެ އުޅެއެވެ. ވަގަކަށް ހާސް ދުވަހެވެ. ވެރިއަކަށް ނުވަތަ ރައްޔިތުންނަށް އެއް ދުވަހެވެ.

ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރިފަހުން ރާއްޖެއަށް ގެންނަ ވަގު ސިނގިރޭޓް މިވަނީ އިތުރުވެފައެވެ. އެފަދަ ސިނގިރޭޓް ގެނެސްގެން ވިއްކާވެސް ނަގަނީއެވެ. އަސްލު ބާޒާރުގެ އަގުތަކަށްވުރެ ހެޔޮ އަގުގައި ލިބޭތީ އެބޯމީހުންވެސް ގަނެހަދަނީއެވެ.

ސިނގިރޭޓް އަގުބޮޑު ކުރުމާއެކު އެންމެފުރަތަމަ ފަޅާއެރީ ގެއެއްގައި ފުޅާ ދާއިރާއެއްގައި ފެކްޓްރީ ހަދައިގެން ސިނގިރޭޓް އުފައްދަނިކޮށެވެ. ފުލުހުން އަތުލައިގަތީ އެކަމަށް ބޭނުންކުރި ތަކެއްޗާވެސްއެކު ރެޑް ހޭންޑްކޮށެވެ. އެވަހާކަ ދައްކާލީ ދެތިން ދުވަހުއެވެ. އެވާހަކަ އޮބުނީއެވެ. ބުނެވޭގޮތުގައި އެކަމުގައި އިސްކޮށް އުޅުނީ ސަރުކާރު ޕާޓީގެ މަޖިލިސް މެންބަރެކެވެ. ކޯޓަށް ފޮނުވޭވަރުގެ ހެއްކެއް ނެތި އެކަން ނިމުނީއެވެ.

ވަގަށް ސިނގިރޭޓް އެތެރެކުރަނިކޮށް ފަޅާވެސް އެރިއެވެ. އެވާހަކަވެސް ދެކެވުނީ ދެތިން ދުވަހުއެވެ. އެއިން މީހަކަށް ވީގޮތެއް ނޭނގުނެވެ. އަމުދުން ކާކު އެއްޗެއް ކަމެއްވެސް ހާމައެއް ނުކުރެއެވެ.

ވަގު ސިނގިރޭޓް ތައް ބަހައްޓާފައި ހުރި ގުދަނެއްވެސް ހިފެހެއްޓިއެވެ. އޭގެ ދުވަސްކޮޅެއްފަހުން ސިނގިރޭޓްތައް ގެއްލުނީއެވެ. އެ ގުދަންވެސް އެތާނެތީއެވެ. މިފަހަރުވެސް މާބޮޑު ކަމެއް ވީކަމެއް ނޭނގެއެވެ. ބުނެވޭ ގޮތުގައި އެކަމުގެ އަޑީގައި ތިބީ ސަރުކާރަށް ވާގިވެރިވާ ވިޔަފާރި ވެރިންކޮޅެކެވެ.

ފަހުން މިފެނުނު 13 މިލިއަން ސިނގިރޭޓަކީވެސް ބޮޑު އަރަތެކެވެ. ގެއްލުނީ އެމްޕީއެލްގައި ހުއްޓައެވެ. އެތާކު އެއެއްޗެއް ނެތްކަން ވެސް އެނގުނީ ބަޔަކު މީހުން ލަވަން ފެށި ހަޅޭކަކުން ގޮސް ބެލިބެލުމުންނެވެ. އޭގެ ކުރީގައި ނުބީހޭތީ ކަނޑާ ހަމަވެފައެވެ. އޭރަކު ވަގު ސިނގިރޭޓް އެތެރެކުރީ ކޮންވިޔަފާރި ވެރިންނެއް ކަމެއް އަދި އެކަމުގައި ބޭނުންކުރީ ކޮން އުކުޅުތަކެއް ކަމެއް ހާމައެއް ނުކުރެއެވެ. އެތެރެވުމުގައި ހުރި އެބުނާ ލޫޕްހޯލްތަކެއްގެ ވާހަކައެއްވެސް އަމުދަކުން ނުދައްކައެވެ.

ސިނގިރޭތްތައް ގެއްލުނީމާ ބަޔަކު ހައްޔަރު ކުރީ ކުރިންވެސް ބުނިހެން މާފަހުންނެވެ. އޭގެ ތެރޭގައި ދެ ވިޔަފާރި ވެރިއަކުވެސް ހެމެނުނީއެވެ. އެކަމަކު ކަސްޓަމާއި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުންނަ އެފަދަ ބޮޑު ކޮންޓޭނަރެއް އެތަނުން ނެރެ ދޯންޏަކަށް ލައިގެން ގެންދެވުނީ ކިހިނެއް ހެއްޔެވެ. އެއީ އެންމެ މީހަކު ދެމީހަކަށް ކުރެވޭނެވަރުގެ ކަމެއް ނޫނެވެ. ތިނޯހެއްވެސް ވަގަށް ނުނެރެވޭވަރުގެ ސެކިއުރިޓީއެއް އޮންނަންޖެހޭ އަދި އެފަދަ ސެކިއުރިޓީއެއް ދީފައި އޮންނަތަނެކެވެ. ހައްޔަރުކުރި މަދު ބައެއްގެ މުއްދަތު އިތުރުކުރިއިރު އެކަން ހިނގައިދިޔަ ގޮތެއް އެކަމުގައި ބައިވެރިވި އެމުއްސަސާތަކުގެ އެހެން މީހުންގެ ދައުރެއް އަދިވެސް އޮތީ ހާމަނުކޮށެވެ. ރައްޔިތުންގެ ހިތުގައި އޮތީ އެތައް ހާސް ސުވާލެކެވެ. 40 ފޫޓުގެ ސިނގިރޭޓް ކޮންޓޭނަރެއް އެތަނުން ފަސޭހަ ކަމާއެކު ނެރެ މީހުންނަށް ދޮންކަޅުވެސް އަންގާ ނުލައި ނިންމާލެވޭހާ އެތަން ދޯދިޔާނަމަ މިހާރު ބޭރުވެފައި އޮންނާނީ ކިތައް ބަނގުރާ ކޮންޓެއިނަރ ހެއްޔެވެ. ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ކިތައް ކޮންޓެއިނަރ ހެއްޔެވެ. މައި ވިޔަފާރި ދޮރާށި ފޫއަޅާ އެތަނުން ބޭނުން އެއްޗެއް ބޭނުން ގޮތަކަށް ނެރެވޭނަމަ މިއަދު ރައްޔިތުންނަށްއޮތް ރައްކާތެރިކަމަކީ ކޮބައި ހެއްޔެވެ. މާބޮޑު ތަހުގީގެއް ހިންގާ ކުރިއެރުންތަކެއް ހޯދުނުކަން ދައްކާން ދެ ވިޔަފާރިވެރިއަކު ހައްޔަރުކޮށްގެން މުޅި އެތީގެ ރާގު ބަދަލު ކޮށްލަން އުޅޭނަމަ އެއީ ހައްލެއް ނޫނެވެ. ސެކިއުރިޓީ ފޫއެޅި ގޮތާއި އެކަމުގައި ޒިންމާވާންޖެހޭ މީހުންނާ އެކަން ކުރުމުގައި ބައިވެރިވި ވެރިންގެ ލެވެލްގެ ގިނަ މީހުންގެ ވަނަވަރު ނޭނގޭނަމަ ތިޔައީ އަދި ތިޔަ ތަހުގީގު ފުރިހަމަވުމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް ރައްޔިތުންނަށް ގަބޫލު ކުރެވޭނީ ގުޅިގެން ކުރެވުނު ވައްކަން ނުވަތަ ސަރުކާރުގެ ބޮޑު ފެއިލިއަރގެ މަތި އޮއްބަން ދުއްވާ ދެބޯގެރިއަކަށެވެ.

އެމްޕީއެލްކަސްޓަމްސް ސިނގިރޭޓް ވައްކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

11 ޑިސެމްބަރު 2025
ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް ވަގަަށްނެގި މައްސަލައި ގައި، ސީނިއަރ ސާޖަންޓް މުނައްވަރު ހައްޔަރުކޮށްފި

ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް ވަގަަށްނެގި މައްސަލައި ގައި، ސީނިއަރ ސާޖަންޓް މުނައްވަރު ހައްޔަރުކޮށްފި

08 ޑިސެމްބަރު 2025
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

08 ޑިސެމްބަރު 2025
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ވަގައް ނަގާތީ ފާޑު ކިޔުން ބޮޑުވެއްޖެ، ފުލުހުން ބުނީ އިތުބާރު ގެއްލުވާލަން ފުރުސަތު ނުދޭނެ ކަަމަށް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ވަގައް ނަގާތީ ފާޑު ކިޔުން ބޮޑުވެއްޖެ، ފުލުހުން ބުނީ އިތުބާރު ގެއްލުވާލަން ފުރުސަތު ނުދޭނެ ކަަމަށް

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު