Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
13 މިލިއަން ސިނގިރޭޓް ވައްކަން

ސަރުކާރުގެ އިސްފަރާތެއްގެ އެހީގައި ވަގަަށްނެގިކަމަށް ތުހުމަތުކުރެވޭ ސިނގިރޭޓް ކޮންޓެއިނަރުތައް އުފުލިކަމަށް ބެލެވޭ ދޯނީގެ ކައްޕި ހައްޔަރުކޮށްފި؛ ކޯޓުން ނިންމީ އޭނާ 7 ދުވަހަށް ބަންދުކުރަން

ހުޅުމާލޭ ވިޔަފާރި ބަނދަރުން ވަގަށްނެގި ސިނގިރޭޓް މައްސަލައިގައި މިހާތަނަށް 6 މީހަކު ވަނީ ހައްޔަރުކުރެވިފަ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2025 | ހުކުރު 04:46
ސިނގިރެޓް ކޮންޓެއިނަރުތައް ވަގަށް ގެންދިޔަ އިރު ދޯނީގެ ކެޕްޓަނަކަށް ހުރި ކަމަށް ތުހުމަތުކުރެވޭ އާދަމް ވަހީދު

ސިނގިރެޓް ކޮންޓެއިނަރުތައް ވަގަށް ގެންދިޔަ އިރު ދޯނީގެ ކެޕްޓަނަކަށް ހުރި ކަމަށް ތުހުމަތުކުރެވޭ އާދަމް ވަހީދު

އެމްޕީއެލް ހުޅުމާލު ވިޔަފާރި ބަނދަރުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ވަގަށްނެގި 2 ކޮންޓެއިނަރު ސިނގިރޭޓް އެެހެން ތަނަކަށް އުފުލި ކަމަށް ތުހުމަތު ކުރެވޭ ދޯނީގެ ކެޕްޓަން ހައްޔަރުކޮށްފިއެވެ.

މިތުހުމަތުގައި ބުރާސްފަތި ފުލުހުން ހައްޔަރުކުރީ ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު އެވެ. ހައްޔަރުކުރި ވަހީދު ދިރިއުޅެމުން ދިޔައީ އެމްޕީއެލްގެ މުވައްޒަފުންނަށް ހުޅުމާލެ ފޭސް 2 ގައި އަޅާފައިވާ ޓަވަރެއްގެ އެޕާޓްމަންޓެއްގައެވެ. ވަހީދު ބަންދުކުރަން ފުލުހުން ކްރިމިނަލް ކޯޓުގައި އެދުމުން، ކޯޓުން ވަނީ އޭނާ ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، އޭނާއަކީ ވަގަށްނެގި ކޮންޓެއިނަރުތައް އުފުލި ދޯނީގެ ކެޕްޓަންކަމަށް މައްސަލަ ތަހުގީގުކުރާ ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ވަނީ ފާހަގަކޮށްފައެވެ. އަދި ވަހީދުގެ މައްޗަށް ކުރެވެނީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކަމަށްވެސް އަމުރުގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި މީގެ ކުރިން ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)، އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)، ކަސްޓަމްސްގައި ކުރިން މަސައްކަތްކުރި، މިހާރު މިފްކޯގެ މެނޭޖަރެއްގެ މަގާމުގައި ހުރި މުއާޒް އަލީ އާއި ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް އަދި ހަސަން އަބްދުއްރަހްމާން ހިމެނެއެވެ. މީގެތެރެއިން ހަސަަން އަބްދުއްރަހްމާން އަކީ މި ވައްކަމުގައި އެންމެ އިސްކޮށް ޝާމިލްވާކަމަށް ތުހުމަތުކުރެވޭ ދިގަލި އާއި ގާތްގުޅުމެއް އޮންނަ ފަރާތެއްކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލައިގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ 5 މީހުން
މި މައްސަލައިގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ 5 މީހުން

ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރެއިން އާއްޓޭ އާއި ދިގަލިގެ މައްޗަށް ވަނީ ވައްކަމަށް ފަންޑުކުރުމުގެ ތުހުމަތު ކުރެވިފައެވެ. އަދި މުއާޒު އާއި ޒިވާރުގެ މައްޗަށް ވަނީ އަމަލީގޮތުން ވައްކަން ރާވައި ހިންގުމުގެ ތުހުމަތު ކުރެވިފައެވެ. ހަސަން އަބްދުއްރަހްމާންގެ މައްޗަށް ކުރެވެނީ ވައްކަން "ކާމިޔާބުކުރަން" އެހީތެރިވުމުގެ ތުހުމަތެވެ.

ވަގަށްނެގި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. މިއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މި ސިނގިރޭޓްތަކުގެ ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އަދަދަކީ 122 މިލިއަން ރުފިޔާއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ބައެއް ފަރާތްތަކަކީ މީގެ ކުރިންވެސް މިލިއަން ރުފިޔާގެ ބޮޑެތި މައްސަލަތަކުގައި ދައުލަތުން ދައުވާ އުފުލާފައިވާ ފަރާތްތަކެކެވެ. އަދި މި މައްސަލައިގައި ހިމެނޭ ސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތައް މައްސަލަ ފެންމަތިވުމުން މަގާމުތަކުން ވަގުތީގޮތުން ދުރުކޮށްފައި ވީނަމަވެސް، މި ވައްކަމުގައި ސަރުކާރުގެ އިސް ފަރާތްތަކެއްގެ ބައިވެރިވުން އޮތްކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

ރާއްޖޭގެ ވިޔަފާރި ބަނދަރުތަކަކީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ބަލަހައްޓަމުން އަންނަ ތަންތަން ކަމަށްވާއިރު، މިފަދަ ބޮޑު ވައްކަމެއް ސަރުކާރުގެ އިސް ފަރާތްތަކުގެ އެހީތެރިކަމެއް ނެތި ނުހިންގޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ފާހަގަކުރެއެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް، ރަޢީސް މުއިއްޒަށް ވަފާތެރި މަޖިލީހުގެ މެމްބަރުން ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި މި މައްސަލައާ ގުޅިގެން ކަމާގުޅުންހުރި އިދާރާތައް މަޖިލީހުގެ 241 ކޮމިޓީއަށް ހާޒިރުކުރަން ނިންމުމަށްފަހު، ތަހުގީގަށް ހުރަސް އެޅިދާނެކަމަށް ބުނެ ކުއްލި ގޮތަކަށް ކޮމިޓީ ކެންސަލް ކޮށްފައިވާކަންވެސް ފާހަގަކުރެވެއެވެ.

ހުޅުމާލޭ ވިޔަފާރި ބަނދަރުކަސްޓަމްސް ސިނގިރޭޓް ވައްކަންއެމްޕީއެލް

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

11 ޑިސެމްބަރު 2025
ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް ވަގަަށްނެގި މައްސަލައި ގައި، ސީނިއަރ ސާޖަންޓް މުނައްވަރު ހައްޔަރުކޮށްފި

ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް ވަގަަށްނެގި މައްސަލައި ގައި، ސީނިއަރ ސާޖަންޓް މުނައްވަރު ހައްޔަރުކޮށްފި

08 ޑިސެމްބަރު 2025
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

08 ޑިސެމްބަރު 2025
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ވަގައް ނަގާތީ ފާޑު ކިޔުން ބޮޑުވެއްޖެ، ފުލުހުން ބުނީ އިތުބާރު ގެއްލުވާލަން ފުރުސަތު ނުދޭނެ ކަަމަށް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ވަގައް ނަގާތީ ފާޑު ކިޔުން ބޮޑުވެއްޖެ، ފުލުހުން ބުނީ އިތުބާރު ގެއްލުވާލަން ފުރުސަތު ނުދޭނެ ކަަމަށް

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު