Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާނޫނު އަސާސީގެ ދިފާއުގައި ނުކުތުން

ގާނޫނު އަސާސީގެ ދިފާއުގައި ނުނިކުމެއްޖެނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނޯންނާނެ: މެންބަރު މީކާއިލް

މިސަރުކާރުގެ ވައްކަމުގެ ވާހަކަދައްކަންޖެހޭ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މަޖިލީހުން ކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2024 | އާދީއްތަ 14:06
ގާނޫނު އަސާސީގެ ދިފާއުގައި ޕްރޮގްރާމްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާހަކަދައްކަވަނީ

ގާނޫނު އަސާސީގެ ދިފާއުގައި ޕްރޮގްރާމްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާހަކަދައްކަވަނީ

މިއަދު ގާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުން ނުނިކުމެއްޖެނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރާއްޖޭގައި ނޯންނާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ފުނޑާލަމުންދާތީ އެކަމާއި ދެކޮޅަށް އަޑު އުފުލުމަށް 10 ޑިސެމްބަރު ވާ އަންގާރަ ދުވަހު ކާނިވާ ސަރަހައްދުގައި އެއްވުމެއް ބޭއްވުމަށް އެމްޑީޕީން ދަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖެޓީވީގެ ގާނޫނު އަސާސީގެ ދިފާއުގައި ކަވަރޭޖްގައި ވާހަކަދައްކަވަމުން މެންބަރު މީކާއިލް ވިދާޅުވީ މިސަރުކާރުގެ ވައްކަމުގެ ވާހަކަދައްކަންޖެހޭ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަމަށެވެ. ނަމަވެސް މިސަރުކާރުން މިހާރު މަޖިލިސް ވަނީ ވާކޮށްފައިވާ ކަމަށާއި، އެހެންކަމުން ރައްޔިތުން ސީދާ ހަރަކާތަށް ނުކުންނަންޖެހޭ ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.

މެންބަރު މީކާއިލް ވިދާޅުވީ މިއަދު ރައްޔިތުން ގާނޫނު އަސާސީގެ ދިފާއުގައި ހައްގުތައް ހޯދަން ނުނިކުމެއްޖެނަމަ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ނޯންނާނެ ކަމަށެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހުދުމުހުތާރުކަމަށް އިޝާރާތް ކުރައްވައި މެންބަރު މީކާއިލް ވިދާޅުވީ އިންތިޚާބު ނުބާއްވާ ގޮތަށް ގާނޫނު އަސާސީ ބަދަލުކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. ރައީސް މުއިއްޒަށް ތާއީދު ނެތްކަމާއި، ކުރިއަށް އޮތް ދައުރު ވެސް ގެއްލިފައިވާކަން މިހާރު އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާ މެންބަރު މީކާއިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް އަބްދު ޔާމީންގެ ތާއީދާއެކު ކަމަށްވާއިރު، އެ ތާއީދު ވެސް ގެއްލިފައިވާ ކަމަށެވެ.

މެންބަރު މީކާއިލް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި އިންތިޚާބު ނުބާއްވާނަމަ ރައްޔިތުންގެ ރުހުން ހޯދުމަށް މަސައްކަތް ކުރަން ނުޖެހޭނެ ކަމަށެވެ. ރައީސް މުއިއްޒު ފަރާތުން ފެންނަނީ އާރާބާރު ބޭނުންކޮށްގެން ގާނޫނު އަސާސީ އެފުށްމިފުށަށް ޖަހައިގެން އެމަނިކުފާނު ބޭނުންވާ މަގުސަދެއް ހާސިލްކުރާ މަންޒަރު ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު މީކާއިލް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓު އަޅަން ބޭނުންވާނަމަަ އަދި ރަނގަޅު ވެރިކަމެއް ބޭނުންވާނަމަ 10 ޑިސެންބަރުގައި ސަރުކާރާ ދެކޮޅަށް ބާއްވާ އެއްވުމަށް ރައްޔިތުން ނުކުންނަންޖެހޭ ކަމަށެވެ. އަދި ސަރުކާރަށް ނުރުހުން ފާޅުކުރަންޖެހޭ ކަމަށާއި، ސީދާ މަގުމަތިން ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ޕްރެޝަރާއެކު ސަރުކާރަށް ބައެއް ނިންމުންތައް ބަދަލު ކުރުމަށް މަޖުބޫރުވާ ކަމަށާއި، މިއަދު އެޕްރެޝަރު ސަރުކާރަށް ދޭންޖެހޭ ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.

ޤާނޫނުއަސާސީގެ ދިފާއުގައިމީކާއީލް ނަސީމް އެމްޑީޕީރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު