Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑު

އަންޗެލޮޓީ ބުނީ އޭނާ ވަރުބަލި ނުވާ ކަމަށް

ރެއާލަށް އިރުޝާދު ދިނުމުގައި ވެސް އޭނާ ވަރުބަލި ނުވާކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، ރެއާލާ އެކު ކުރިއަށް ދާން އޭނާ އަށް އިނގޭ ކަމަށާއި، އެ ކުލަބާއެކު ކާމިޔާބީތައް ހޯދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2024 | ހޮނިހިރު 09:55
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑަށް އިރުޝާދު ދިނުމުގައި އޭނާ ވަރުބަލި ނުވާ ކަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ އިޓަލީގެ ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އޭނާ މިހެން ބުނީ މި ސީޒަންގައި ރެއާލްގެ ނަތީޖާތައް ދަށް ކަަމަށް ބުނެ އަމާޒުވަމުން އަންނަ ފާޑު ކިޔުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން އަންޗެލޮޓީ ބުނީ އޭނާ އަށް އެތައް ފާޑު ކިޔުންތަކެއް އަމާޒުވާ މަންޒަރު ފެންނަ ކަމަށާއި، އެ ފާޑުކިޔުންތަކުގެ އަޑު ވެސް އިވޭ ކަމަށެވެ. ޚާއްސަކޮށް މި ސީޒަންގައި އެކަން ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ.

ކިތަންމެ ފާޑު ކިޔުންތަކެއް އަމާުޒުވީ ނަމަވެސް ރެއާލާ މެދު އޭނާގެ ވިސްނުމެއް، އަދި އެ ކުލަބާ އެކު ކުރިއަށް ދިޔުމުގައި އޭނާ ރޫޙަށް ބަދަލެއް ނާންނާނެ ކަމަށް ވެސް އަންޗެލޮޓީ ވަނީ ބުނެފަ އެވެ. ރެއާލްގައި އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށާއި، އެ ކުލަބުގައި މަސައްކަތް ކުރަނީ އުފަލުންކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، ރެއާލް އަށް އިރުޝާދު ދިނުމަކީ އޭނާ ލޯބި ކުރާ ކަމެއް ކަމަށެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ ކިތަންމެ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވީ ނަމަވެސް، އޭނާ ވަރުބަލި ނުވާ ކަމަށެވެ. ރެއާލަށް އިރުޝާދު ދިނުމުގައި ވެސް އޭނާ ވަރުބަލި ނުވާކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، ރެއާލާ އެކު ކުރިއަށް ދާން އޭނާ އަށް އިނގޭ ކަމަށާއި، އެ ކުލަބާއެކު ކާމިޔާބީތައް ހޯދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަަށެވެ.

ދެ ވަނަ ފަހަރަށް އަންޗެލޮޓީ ރެއާލާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ކުލަބުން ވަނީ އޭނާގެ އިރުޝާދުގެ ދަށުން ސްޕެނިޝް ލީގު ދެ ފަހަރު، ކޮޕާ ޑެލް ރޭ އެއް ފަހަރު، ސްޕެނިޝް ސުޕަ ކަޕް ދެ ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު، ޔުއެފާ ސުޕަ ކަޕް ދެ ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ.

ރެއާލް މެޑްރިޑްކާލޯ އަންޗެލޮޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު