Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
"ސިޓިޒެން ޕްރޯމާސްޓާ"

ލިމިޓެޑް ސީރީޒް ގަޑިތައް އެކުލެވޭ، "ސިޓިޒެން ޕްރޯމާސްޓާ" އެނިވަރސަރީ ކަލެކްޝަން ރާއްޖެއަށް ތައާރަފްކޮށްފި

ޕްރޯމާސްޓަރ 35 އެނިވަރސަރީ ކަލެކްޝަންގައި ހިމެނޭ ގަޑިތަކަކީ ކޮލިޓީ ރަނގަޅު ބޭނުންކުރަން ފަސޭހަ މޮޅު ގަޑިތަކެކެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2024 | ހޮނިހިރު 03:10
ޕްރޯމާސްޓަރ 35 އެނިވާރސަރީ ކަލެކްޝަން ރާއްޖެ އަށް ތައާރަފްކުރުން

ޕްރޯމާސްޓަރ 35 އެނިވާރސަރީ ކަލެކްޝަން ރާއްޖެ އަށް ތައާރަފްކުރުން

ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ސިޓިޒެން ބްރޭންޑްގެ، ޑައިވަރުންނަށް ޚާއްސަގަޑިއެއް ކަމަށްވާ "ސިޓިޒެން ޕްރޯމާސްޓާ" އަތުކުރިގަޑީގެ އެނިވަރސަރީ ކަލެކްޝަން ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރީފްސައިޑްގެ މެނޭޖްމެންޓްގެ ފަރާތުން ވާހަކަދައްކަވަމުން އަނަސް ހަސަން ވަނީ "ސިޓިޒެން ޕްރޯމާސްޓާ" އާއި ރީފްސައިޑް ގުޅިގެން ބަޔާނެއް އިއްވާފައެވެ. އެބަޔާނުގައި ޕްރޯމާސްޓަރ 35 އެނިވަރސަރީ ކަލެކްޝަން ރާއްޖެ އަށް ތަރާފްކުރުމަކީ ލިބުނު އުފަލެއް ކަަމަށް ވަނީ ބުނެފައެވެ. އަދި ރީފްސައިޑުން މިހާތަނަށް ޚިދުމަތުގައި ހޭދަކުރި ދިގު މުއްދަތަށް ވެސް ވަނީ އެ ބަޔާނުގައި އަލިއަޅުވާލާފައެވެ. މީގެ އިތުރުން ކޮލިޓީ، އިތުބާރު ހުރި، ޒަމާނީ އުފެއްދުންތައް ދިވެހިންނާއި ހަމައަށް ފޯރުކޮށްދިނުމުގައި މިހާތަނަށް ވެސް ޤާއިމްވެ ތިބިކަން ވަނީ ފާހަގަކޮށްފައެވެ. ރީފްސައިޑުން ވަނީ ސިޓިޒެން އަކީ ދިވެހިންގެ މެދުގައި މަޤްބޫލް ބްރޭންޑެއްކަން ފާހަގަކޮށްފައެވެ. އެގޮތުން ރީފްސައިޑުން ޚިދުމަތުގައި ހޭދަކުރި މުއްދަތުގެ ބޮޑުބައެއްގައި ސިޓިޒެން ބްރޭންޑްގެ ގަޑިތައް ރާއްޖެއަށް ފޯރުކޮށްދީފައިވާކަން ވަނީ ފާހަގަކޮށްފައެވެ. ސިޓިޒެން ބްރޭންޑްގެ ގަޑިތަކަކީ ދިރިއުޅުމާއި ވައްޓަފާޅި އާއި އުޅުމާއި ގުޅޭ ބްރޭންޑެއްކަމަށް ވެސް ވަނީ ބުނެފައެވެ.

ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ސިޓިޒެން ޕްރޯމާސްޓަރ ގަޑިތަކަކީ ގޮންޖެހުންތަކާއި ކުރިމަތިލާ ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރާ މީހުންނަށް ކަމުދާނެ ފަދަ ގަޑިތަކެއްކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ޓެކްނޮލޮޖީ އާއި އާ ޑިޒައިން ބޭނުންކޮށްގެން އުފައްދާފައިވާ މި ގަޑިތަކަކީ ފައިން ޑައިވަރުންނާއި ފެންވަރު ރަނގަޅު ގަޑިތަކަށް ލޯބިކުރާ މީހުންނަށް ވެސް އެންމެ ކަމުދާނެ ފަދަ ގަޑިތަކެއްކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ޕްރޯމާސްޓަރ 35 އެނިވާރސަރީ ކަލެކްޝަން އަކީ ގަޑިތަކަށް ލޯބިކުރާ މީހުންނަށް ހިތްގައިމު ތަޖުރިބާއެއް ކުރެވޭނެ ގަޑިތައް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ރަސްމިއްޔާތުގައި 38 އަހަރު ސޭލްސްމަނެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ވަހީދު ވަނީ ޕްރޯމާސްޓަރގެ ތާރީހަށް އަލިއަޅުވާލާފައެވެ. އެގޮތުން އެންމެ ފުރަތަމަ "ސިޓިޒެން ޕްރޯމާސްޓާ"ގެ ފުރަތަމަ ގަޑި އެޅީ އިޓަލީ މީހެއްކަމަށް އޭނާ ފާހަގަކުރިއެވެ. އޭރު ޑައިވިން ސިނާއަތުގައި ތިބީ ބޭރު މީހުންކަމަށާއި ދިވެހިން އެ ސިނާއަތުގައި ހަރަކާތްތެރިވާން ފެށުމުން ޕްރޯމާސްޓާގެ ގަޑިތައް ވަރަށް ގިނައިން ވިކެން ފެށިކަމަށެވެ. އޭނާ ވަނީ ސިޓިޒެން ބްރޭންޑުގެ ލިމިޓެޑް ގަޑިތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ. އެނިވަރސަރީ ސީރީޒްގެ ގަޑިތަކުގެ ފަހަތުގައި 35 ވަަނަ އެނިވާސަރީކަން އަނގާދޭ ގޮތަށް ކަނޑާ ނަގާފައިވާ ލޯގޯއެއް ހިމެނެއެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން 34 އަހަރު ސޭލްސްމަނެއްގެ ގޮތުގައި ހަރަކާތްތެރިވާ އަނިލް ވަނީ ސިޓިޒެން ޕްރޯމާސްޓަރ އަކީ ރާއްޖޭގެ މާރކެޓަށް އުފާވެރިކަން ގެނެސްދޭ ޕްރޭންޑެއް ކަމަށް ބުނެފައެވެ. އަދި ރާއްޖެއަކީ ދެކުނު އޭޝިއާއަށް ބަލާއިރު ޕްރޯމާސްޓަރ ބްރޭންޑްގެ ގަޑިތަކަށް ލޯބި ކުރާ މީހުން ގިނަ އެއް ޤައުމުކަމަށް އޭނާ ވިދާޅުވިއެވެ. މިއީ މޫދާއި އެއްގަމުގެ އިތުރުން އެހެނިހެން ހަރަކާތްތަކުގައި އުޅޭ މީހުންނަށް ވެސް ކަމުދާނެ ފަދަ ގަޑިއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސީރީޒްގައި ހިމެނޭ ގަޑިތަކުގެ ތެރެއިން މެކޭނިކަލް ޑައިވަރގެ އެކުލަވާލާފައި ވަނީ ޖުމްލަ 4500 ގަޑިއެވެ. މިއީ މެގްނެޓިކް ރެސިސްޓެންޓް މެކޭނިކަލް މޫވްމެންޓް ހިމެނޭ ގަޑިއެކެވެ. އަދި މި ގަޑީގައި ހިމެނޭ ނޫކުލަ އަކީ އޮސްޓްރޭލިއާގެ ލޯންގް ރީފް ބީޗް އިން އިންސްޕިރޭޝަން ލިބިގެން ހިމަނާފައިވާ ކުލައެކެވެ. މި ގަޑި އާއި އެކު 200 މީޓަރ ފުނަށް ޑައިވްކުރެވޭނެއެވެ. މީގއި ހިމެނޭ ކޭސް އަދި ބްރޭސްލެޓް ޓްރީޓްކޮށްފައި ވަނީ ޑިއުރަޓެކް ޕްލެޓިނަމް ބޭނުންކޮށްގެންނެވެ. އޭގެ ސަބަބުން މި ޑިޒައިންގެ ގަޑި އިތުރަށް ހިތްގައިމުކޮށްދެއެވެ. އަދި ޓްރާންސްޕޭރެންޓް އަދި އަލިގަދަ ޓޯން އިން ދައްކުވައިދެނީ ލޯންގްރ ރީފް ބީޒްގެ ހުދު ވެލިގަނޑެވެ.

މީގެ އިތުރުން މި ސީރީޒްގައި ހިމެނޭ އިކޯ ޑްރައިވް ކޮމްބިނޭޝަން ވޮޗް އަކީ ގުދުރަތީ މަންޒަރުތައް ރަމްޒުކޮށްދޭ ކެމޮފްލާޖް ޑިޒައިނެއް ހިމެނޭ ގަޑިއެކެވެ. މޮނޮޓޯން ވެޒެން އަދި ޑައިލް އެކުލެވޭ މިގަޑީގެ ޖުމްލަ އެކުލަވާލާފައި ވަނީ 5900 ޕީސްއެވެ. މި ގަޑީގެ ޚާއްސަ ފީޗަރތަކުގެ ތެރޭގައި މި ގަޑީގައި ހިމެނޭ މެމޮރީ އިން ޕިކްސެލް އެލްސީޑީގެ ސަބަބުން އައުޓްޑޯ ތަންތަނުގައި ވެސް ސާފުކޮށް ފެނުމަށް މަގުފަހިކޮށްދެއެކެވެ.އަދި ވޯލްޑް ޓައިމް، ކަލަންޑަރގެ އިތުރުން ކްރޮނޮގްރާފް އަދި އެލާމްގެ ފަންގްޝަން މި ގަޑީގައި އެކުލެވިގެންވެއެވެ.

ދެން މި ސީރީޒްގައި ހިމެނެނީ އީކޯ ޑްރައިވް ރޭޑިއޯ ކޮންޓްރޯލްޑްގަޑިއެވެ. މިގަޑީގެ ޖުމްލަ އެކުލަވާލާފައި ވަނީ 5600 ޕީސްއެވެ. މިއީ ހައި ސެންސިޓިވިޓީ ޕަރފެލްސް މަލްޓި 3000 ސިސްޓެމް އާއި އެކު އޮޓޮމިކް ޓައިމް ސިގްނަލް ލިބޭ ގަޑިއެކެވެ. އެގޮތުން ޔޫރަޕް، ޗައިނާ، ޖަޕާނުން އެޓޮމިކް ޓައިމް ސިގްނަލް ލިބެމުން ދިއުމާއި އެކު ގަޑީގެ ވަގުތު ބެލުން އިތުރަށް ފުރިހަމަ ވެގެްނދެއެވެ، މި ގަޑިއަކީ ބޭނުންކުރަން ފަސެހަ ވިޒިބިލިޓީ ރަނގަޅު ގަޑިއެކެވެ.

ރީފްސައިޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމަޟާން މަހު މޯލްޑިވްސް ގޭހުން ޚިދުމަތްދޭ ގަޑިތައް ކަނޑައަޅައިފި

ރަމަޟާން މަހު މޯލްޑިވްސް ގޭހުން ޚިދުމަތްދޭ ގަޑިތައް ކަނޑައަޅައިފި

24 އެޕްރީލު 2020
މުޅި ދުވަހު އުރީދޫ ނަންބަރުތަކަށް ގުޅުމަށް އަންލިމިޓެޑް ކޯލް 35ރ އަށް

މުޅި ދުވަހު އުރީދޫ ނަންބަރުތަކަށް ގުޅުމަށް އަންލިމިޓެޑް ކޯލް 35ރ އަށް

22 އެޕްރީލު 2020
އެމްއެމްއޭއިން ޚިދުމަތް ދޭނެ ދުވަސްތަކާއި ގަޑިތައް އިއުލާންކޮށްފި

އެމްއެމްއޭއިން ޚިދުމަތް ދޭނެ ދުވަސްތަކާއި ގަޑިތައް އިއުލާންކޮށްފި

18 މާރިޗު 2020
ރޯދަ މަހު ބީއެމްއެލްގެ ޚިދުމަތް ދޭނެ ގަޑިތައް އާންމު ކޮށްފި

ރޯދަ މަހު ބީއެމްއެލްގެ ޚިދުމަތް ދޭނެ ގަޑިތައް އާންމު ކޮށްފި

01 މެއި 2019
އުރީދޫއިން ޕަބްޖީ އަންލިމިޓެޑް ޕެކޭޖެއް ތައާރަފްކޮށްފި

އުރީދޫއިން ޕަބްޖީ އަންލިމިޓެޑް ޕެކޭޖެއް ތައާރަފްކޮށްފި

24 އެޕްރީލު 2019

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު