Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެންސްޕާ ކޮރަޕްޝަން

އެންސްޕާގެ ފައިސާއިން އެމްއެމްޓީވީ އުފެއްދިކަމުގެ ތުހުމަތުކުރެވޭތީ އަވަސް މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގު ކުރުމަށް އޭސީސީ އަށް ހުށަހަޅައިފި

އެންސްޕާގެ 34.8 މިލިއަން ރުފިޔާއިން އެމްއެމްޓީވީއަށް ދިން ކަމަށް ތުހުމަތުކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2025 | އަންގާރަ 10:35
އެމްއެމްޓީވީގެ މައްސަލަ އޭސީސީއަށް ހުށަހަޅަނީ

އެމްއެމްޓީވީގެ މައްސަލަ އޭސީސީއަށް ހުށަހަޅަނީ

އެންސްޕާގެ ފައިސާއިން އެމްއެމްޓީވީ އުފެއްދިކަމުގެ ތުހުމަތުކުރެވޭތީ އަވަސް މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގު ކުރުމަށް އޭސީސީ އަށް ހުށަހަޅައިފި އެވެ.

މި މައްސަލަ އޭސީސީއަށް ހުށަހެޅުއްވީ އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ. އޭސީސީގެ ރައީސް އާދަމް ޝާމިލް އަށް އެޑްރެސްކުރައްވާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ 2024 ވަނަ އަހަރުގެ ތެރޭގައި ނޭޝަނަލް ޕުރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ފައިސާ އިން މޯލްޑިވްސް މީޑިޔާ ހައުސް ޕުރައިވެޓު ލިމިޓެޑް ގެ ދަށުން އެމްއެމްޓީވީ ނަމަކަށް ކިޔާ ޓީވީ ސުޓޭޝަނެއް އުފެއްދިކަމުގެ ތުހުމަތު ކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މާޒުގެ ސިޓީގައި ވިދާޅުވެފައިވަނީ އެންސްޕާގެ ފައިސާއިން އެމްއެމްޓީވީ އުފެއްދިކަމުގެ ތުހުމަތު ކުރެވުމުން މިކަމުގައި ހިނގާފައިވާ ކަންކަމުގެ ވަށައިގެން ހުރި މަޢުލޫމާތުތަކަށް ބަލާއިރު، އެންމެފުރަތަމަ މއ.ސީރާޒ/މާލެ އެގޭގެ 4 ފަންގިފިލާއެއް ކުއްޔަށް ހިފާ އަދި ކުއްޔަށްދީ ހަދާފައިވަނީ ހއ.ވަށަފަރަށް ނިސްބަތްވާ ޢަބުދުﷲ ޒާހިރު ނަމަކަށް ކިޔާ މީހަކާ ނޭޝަނަލް ޕުރޮޓެކްޝަން އެޖެންސީ އާއި ދެމެދުގައި ކަމަށާއި، ޒާހިރަކީ މިހާރުގެ ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢީޒު އަމިއްލަ ގެކޮޅު ކަމުގައިވާ މ. ދިމްޔާތު ބަލަހައްޓާ އަދި ރައީސް މުއިއްޒުގެ މަސްލަޙަތު އޮތް ޢާއިލީ ގުޅުން އޮންނަ މީހެއް ކަމަށެވެ.

އަދި އެމް.އެމް.ޓީވީ އަކީ، ޢަބުދުﷲ ޒާހިރު ގެ ނަމުގައި ރެޖިސްޓުރީ ކުރެވިފައިވާ މޯލްޑިވްސް މީޑިޔާ ހައުސް ޕުރައިވެޓް ލިމިޓެޑް ގެ ދަށުން ހިންގުމަށް އުފައްދާ އަދި ހިންގަމުން ގެންދާ ޓީވީ ޗެނެލެއް ކަމަށާއި، މި މުޢާމަލާތް ހިންގުމަށް ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ކުންފުނި އެންސްޕާ އާއި ޢަބުދުﷲ ޒާހިރު އާއި ގުޅިގެން ޕުލޭން ކުރެވިގެން، މއ.ސީރާޒީ ގޭގައި ހުރި ސައިޒުގެ ފުލޯތަކެއް ކުއްޔަށް ހިފުމަށް އެންސްޕާ އާއި ޢަބުދުﷲ ޒާހިރު އާއި ދެމެދުގައި އެއްބަސްވުން ހެދުމަށްފަހު، އެންސުޕާ އަށް ދީފާއިވާ ދައުލަތުގެ ފަންޑުން 34،800،000.00 ރ. (ތިރީސް ހަތަރު މިލިއަން އަށެއް ލައްކަ) ދިވެހި ރުފިޔާ ގެ ވިޔަފާރީގެ މުޢާމަލާތް ހިންގާފައިވާ ކަމަށެވެ.

މީގެ އިތުރުން ސިޓީގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ގެ ސުޕޯކުސް ޕާރސަންގެ މަޤާމުގައި ހުންނަވާ ހީނާ ވަލީދު ދައުލަތުގެ އަދި މިފަދަ ކުންފުންޏެއްގެ ޒިންމާދާރު ވެރިއެއްގެ މަޤާމެއްގައި ހުންނަވާ، މިހާގިނަ ޢަދަދެއްގެ ދައުލަތުގެ ފައިސާ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް، ޢަބުދުﷲ ޒާހިރު އާއި އެކު ވިޔަފާރީގެ މުޢާމަލާތެއްގެ ގޮތުގައި ހިންގިކަން ދަލީލު ކޮށްދޭ ހެއްކަކީ، ހީނާ ވަލީދު އެންސްޕާ އިން ނެރުނު ނޫސްބަޔާން ކަމަށެވެ.

އެ އެނޫސް ބަޔާނުގައި ބުނެފައިވަނީ، "އެއެޖެންސީ ހިންގުމަށް ލިބިފައިވާ ޢިމާރާތުގެ ފަންގިފިލާތައް މޯލްޑިވްސް މީޑިޔާ ހައުސް އިން ކުއްޔަށް ހިފުމުގެ މަސައްކަތްތައްވަނީ ކުރެވިފަ އެވެ. މިމުޢާމަލާތާއި ގުޅިގެން އެކުންފުނީގެ އަގު ވައްޓާލާ ބަދުނާމު ކުރުމަށް ޙަޤީޤަތާއި ޚިލާފު އެތައް ވާހަކަތަކެއްދައްކާ، މީޑިޔާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން، އެއްވެސް އަސްލެއްނެތް ދޮގުވާހަކަތައް ފަތުރަމުން ދިޔުމުގެ ސަބަބުން އެކުންފުންޏަށް މާއްދީގޮތުންނާއި މަޢުނަވީ ގޮތުން ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމާއި ކުރިމަތިވެފައިވާތީވެ، މިއެއްބަސްވުން ނިމުމަކަށް ގެނައުމަށް އެކުންފުނިން ވަނީ ހުށަހަޅާފައެވެ." މިހެންނެވެ.

މާޒް ވިދާޅުވީ އެންސްޕާ އާއި ޢަބުދުﷲ ޒާހިރު ގެ އަމިއްލަ ކުންފުންޏަކާ ދޭތެރޭގައި ހިންގާފައިވާ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މަސްއަލާގައި ސާފޮކޮށް ފެންނަން އޮތް ޙަޤީޤަތަކީ، އޭނާއަކީ މާލީގޮތުން އެއްވެސް ތަނަވަސްކަމެއް ނެތްތާނގައި އިތުރު އެއްވެސް ވިޔަފާރިއެއް ކުރާ އަދި އެފަދަ ޤާބިލުކަމެއް ހުރިފަރާތެއް ނޫން ކަމަށެވެ. އަދި ޒާހިރަކީ މިހާރުގެ ރައީސް މުއިއްޒު އާއި ޢާއިލީ ގޮތުން ގުޅުން އޮންނަ ފަރާތަކަށްވެފައި މުޢީއްޒު ގެ އަމިއްލަ ގެކޮޅު ކަމަށްވާ މ. ދިމްޔާތު ބެލެހެއްޓުމާ ޙަވާލުވެގެން ހުންނަފަރާތް ކަމަށްވުމުގެ އިތުރުން އެއްވެސް މަސައްކަތެއް ކުރާ ފަރާތެއް ނޫން ކަމަށެވެ.

އެހެންނަމަވެސް 17 މާރޗް 2024 ވަނަ އަހަރު މިދެންނެވި ޒާހިރު، މިނިސްޓުރީ އޮފް އިކޮނެމިކް ޑިވްލޮޕްމަންޓް އެންޑު ޓުރޭޑުގައި، މޯލްޑިވްސް މީޑިޔާ ހައުސް ޕުރައިވެޓް ލިމިޓެޑް ގެ ނަމުގައި ކުންފުންޏެއް އުފައްދާ އެކުންފުނީގެ ދަށުން 34،800،000.00 ރ. (ތިރީސް ހަތަރު މިލިއަން އަށެއް ލައްކަ) ދިވެހި ރުފިޔާގެ ބޮޑު ވިޔަފާރިއެއް ދައުލަތުގެ ކުންފުންޏަކާއި ގުޅިގެން ހިންގާފައިވާއިރު މިވަރުގެ ބޮޑު ވިޔަފާރިއަކަށް ޒާހިރު ކޮލިފައިވެ އަދި ބޭންކް ގެރެންޓީ ހޯދާ މިކަންކަން ކުރީ ކިހިނެތްކަމާއިމެދު ސުވާލު އުފެދޭ ކަމަށް ބުނެފައިވެ އެވެ. އަދި މިހެންކަން ހުރުމުގެ ސަބަބުން، ސަބަބުވެރި އިންސަނެއްގެ ސިކުނޑިން ވިސްނާއިރު، ޒާހިރު އަކީ މިފަދަ ވިޔަފާރިޔަކަށް އެއްވެސް ޙާލެއްގައި ޤާބިލުކަމެއް ނެތް މީހެއްކަން އެންސްޕާގެ ވެރިއެއްގެ ގޮތުގައި ހުންނެވި ހީނާ ވަލީދު އަށް ސާފުކޮށް އެނގޭނެ ކަމަށާއި، މިމުޢާމަލާތް ހިންގާފައިމިވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި، ޤަވާޢިދުތަކާއި ޚިލާފަށް ޒާހިރު އަށް ނާޖާއިޒު މަންފާ ހޯދާދިނުމަށްކަމަށް ތުހުމަތު ކުރެވޭ ކަމަށް ސިޓީގައި މާޒް ވިދާޅުވެފައިވެ އެވެ.

މޯލްޑިވް މީޑިޔާ ހައުސް ޕުރައިވެޓް ލިމިޓެޑްގެ ނަމުގައި ހުޅުވާފައިވާ އެމްއެމް ޓީވީ އަށް ދުނިޔޭގެ އެންމެފަހުގެ އިކްވިޕްމަންޓުސް ގެނެސް އިންސްޓޯލް ކުރެވި އެތަން އޮޕަރޭޓު ކުރަމުން އެބަދޭ. މިދެންނެވި ޓީވީ ސުޓޭޝަނަށް ބޭނުންވާ އެންމެފަހުގެ އިކުވިޕްމެންޓު ގަނެ އިންސްޓޯލްކޮށް އެތަނަށް ސިޔާސީ މުވައްޒަފުން ހިމަނައިގެން އެސްޓޭޝަން ވަނީ އޮޕަރޭޝަނަށް ގެނެސްފައި. ފާހަގަ ކުރެވޭގޮތުގައި މިސުޓޭޝަނުގައި މަސައްކަތް ކުރަމުންދާ އެއްމެ އިސްފަރާތަކީ މިހާރުގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެއްކަމަށްވާ އިބްރާހިމް ޚަލީލް. މިދެންނެވި ފަދައިން މިޓީވީ ސުޓޭޝަނުގައި މިސަރުކާރުގެ މިނިސްޓަރުންނާއި ސިޔާސީ މުވައްޒަފުން މަސައްކަތް ކުރަމުންދާނަމަ އެއީ ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޚިލާފަށް ކުރަމުންދާ ކަމެއްގެ ގޮތުގައި ބެލުމުގެ ޖާގަ އެބައޮތް. ރައީސް މުޢިއްޒު އަށް ވެރިކަން ލިބިލެއްވުމުން، އެގެ ބެލެހެއްޓުމާއި ޙަވާލުވެގެން ހުންނަ ހއ. ވަށަފަރު ޢަބުދުﷲ ޒާހިރު ކުއްލިޔަކަށް މުއްސަނދިވެ އިސްވެ ދެންނެވިފައިވާ ވިޔަފާރީގެ މުޢާމަލާތް އެންސްޕާ އާއި ދެމެދު ހިންގާ، އަދި މާލޭގެ ބޮޑު ޢިމާރާތަކުން ބޮޑުއަގުގައި ފުލޯތަކެއް ކުއްޔަށް ހިފައިގެން މިވަރުގެ ބޮޑު ޓީވީ ސުޓޭޝަނެއް ހިންގަމުންދާއިރު ކަމާއިބެހޭ އެއްވެސް ފަރާތަކުން މިމަސްއަލަ މިހާތަނަށް ބަލާފައިވެސް ނެތް. ރައީސުލްޖުމްހޫރިއްޔާ ދުނިޔޭގެ ރިކޯޑު ހެދުމަށް ބޭއްވި ނިވްސް ކޮންފަރެންސްގައި މިޓީވީ ސުޓޭޝަނާއި ބެހޭގޮތުން ސުވާލުކުރުމުން ވިދާޅުވީ ތިމަން މަނިކުފާނަށް ތިޔަފަދަ ޓީވީ ސުޓޭޝަނެއް ހިންގާ ކަމާއި އަދި ތިޔަޓީވީ ސުޓޭޝަނަކާއި ތިމަން މަނިކުފާނާއި އެއްވެސް ގުޅުމެއްވެސް ނެތްކަމަށް ވިދާޅުވެ ފާޅުގައި ރައްޔިތުންގެ ކުރިމަތީގައި ކަނޑައެޅިގެން ވަނީ އިތުރުފުޅު ހައްދަވާފައި.
މާޒް ސަލީމް

މާޒް ވިދާޅުވީ މިއީ ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ހޯދާ އަދި ފައިސާ ލިބިގަތުމުގެ އިތުރަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްފައިވާ މުޢާމަލާތެއްކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެހެންކަމުން، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤާވާއިދުތަކާއި ޚިލާފަށް، ޤާނޫނު ނަމްބަރ 2014/10 މަނީލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުމުގެ ޤާނޫނުގައި އަދަބު ކަނޑައެޅިގެންވާ ކުށެއްކަން އޮތްހިނދު، އަދި ޤާނޫނު ނަމްބަރ 2000/2 ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގައި މިފަދަ ކަންކަމަކީ ކުށެއްކަން ބަޔާންކޮށްފާ އޮތުމުން، އަދި ޤާނޫނުލް ޢުޤޫބާތުގައި އަދަބު ކަނޑައެޅިގެންވާ ކުށްކުށެއް ކަމަށް މާޒް ސިޓީގައި ވިދާޅުވެފައިވެއެވެ.

މާޒް ވިދާޅުވީ ޒާހިރު އާއި ނޭޝަނަލް ޕުރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ދެމެދު 34،800،000.00 (ތިރީސް ހަތަރު މިލިއަން އަށް ލައްކަ) ދިވެހި ރުފިޔާގެ ވިޔަފާރީގެ މުޢާމަލާތެއް ހިންގާ، ނުވަތަ އެންސްޕާ އިން މިދެންނެވި މުޢާމަލާތް ހިންގުމުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޚިލާފު ވެފައިވޭތޯ އާއި، އަދި މީގެ އިތުރުން، ހއ.ވަށަފަރު ޢަބުދުﷲ ޒާހިރު، 17 މާރޗް 2024 ވަނަ އަހަރު މޯލްޑިވްސް މީޑިޔާ ހައުސް ޕުރައިވެޓް ލިމިޓެޑް ގެ ނަމުގައި ކުންފުންޏެއް އުފައްދާ އެކުންފުނީގެ ދަށުން މއ.ސީރާޒީ ގެއިން އެތައް ފަންގިފިލާތަކެއް ކުއްޔަށްހިފާ އެތަނުގައި ޓީވީ ސުޓޭޝަނެއް ޤާއިމުކޮށް އެޓީވީ ސްޓޭޝަން އުފެއްދުމަށް ރާއްޖޭން ބޭރުން އަގުބޮޑު އިކްވިޕްމެންޓުސް އެތެރެކޮށް އިންސްޓޯލްކޮށްފައިވާތީ، މިތަކެތި ގަތުމަށް ފައިސާ ހޯދީކޮންތާކުންތޯ އާއި، މީގެ އިތުރުން މިވިފާރީގެ މުޢާމަލާތް ތަކުގައި ދައުލަތުގެ އެއްވެސް މުވައްސަސާއެއްގެ ނުވަތަ ސަރުކާރު ޙިއްސާވާ އެއްވެސް ކުންފުންޏެއްގެ ތަކެއްތި ނުވަތަ މުދާ ބޭނުންކޮށްފައިވޭތޯ އާއި، އަދި މިސްޓޭޝަންގައި ސަރުކާރުގެ ސިޔާސީ މުވައްޒަފުންނާއި ސަރުކާރުގެ މުވައްޒަފުން ސަރުކާރުގެ ޤާނޫނުތަކާއި ޚިލާފަށް މަސައަކަތް ކުރޭތޯ އާއި، އަދި މިސްޓޭޝަން ހިންގުމުގެ ކަންކަންރާވާ އިންތިޒާމް ކުރުވަމުންދާ އެއްފަރާތަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ގެ އޮފީހުގެ މިނިސްޓަރެއް ކަމުގައިވާ އިބްރާޙިމް ޚަލީލް ކަމުގައިވާތީ އާއި، އަދި އެމްއެމްޓީވީ ސުޓޭޝަންއަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢީޒް ޕުރޮމޯޓު ކުރުމަށް ހިންގާ ޓީވީ ސުޓޭޝަނެއް ކަމުގައިވާތީވެ، މިމުޢާމަލާތްތަކުގައި، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާއިދު، އާއި މަނީލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުމުގެ ޤާނޫނު ޢާއި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު އާއި، އަދި އެޤާނޫނުގެ އިތުރުން ހެދިފައިވާ އެހެނިހެން ޤާނޫނު ތަކާއި ޤަވާޢިދު ތަކާއި ޚިލާފުކަމެއް ހިނގާފައިވޭތޯ އާއި އަދި ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވޭތޯ، ތިޔަ ކަމިޝަނުން އަވަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީގު ކޮށްދެއްވުން އެދި ދަންނަވާ ކަމަށެވެ.

އެންސްޕާއެމްއެމް ޓީވީރައީސް މުއިއްޒުއަބްދުﷲ ޖާބިރުހީނާ ވަލީދު މޯލްޑިވްސް މީޑިއާ ހައުސް

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު