Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގި

ބިލްބާއޯ އިން ރެއާލް ބަލިކުރިއިރު، އެމްބާޕޭގެ ޕެނަލްޓީ ނާކާމިޔާބު

5 ޑިސެމްބަރު 2024 | ބުރާސްފަތި 04:56

ބައްޔާއެކު ރެއާލް ދެ ވަނައިގައި އޮތީ 15 މެޗުން 33 ޕޮއިންޓާ އެކު އެވެ. މިއީ މި ސީޒަންގެ ސްޕެނިޝް ލީގުގައި ރެއާލްގެ ދެ ވަނަ ބައްޔެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޑިސެމްބަރު 2024 | ބުރާސްފަތި 04:56
މެޗުގައި ރެއާލްގެ އެމްބާޕޭ ޕެނަލްޓީ ފޮނުވާލަނީ

މެޗުގައި ރެއާލްގެ އެމްބާޕޭ ޕެނަލްޓީ ފޮނުވާލަނީ | ރޮއިޓާސް

ސްޕެނިޝް ލީގުގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު ބަލިވެއްޖެ އެވެ.

ބިލްބާއޯގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ރެއާލް ބަލިވީ 2-1 އިންނެވެ. އެ މެޗުން މޮޅުވެ، އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަ ކުރުމުގެ ފުރުސަތު ރެއާލަށް އޮތެވެ.

މެޗުގައި ދެ ޓީމުން ވެސް ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ބިލްބާއޯ އަށް ލީޑު ނަގައިދިނީ އެލެކްސް ބެރެންގޫރް އެވެ. އޭގެ ފަހުން މެޗުގެ 68 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކުރުމަށް ރެއާލަށް ޕެނަލްޓީއެއް ލިބުނެވެ. ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ.

އޭގެ ފަހުން މެޗުގެ 78 ވަނަ މިނެޓުގައި ރެއާލުން ނަތީޖާ ހަމަހަމަ ކުރީ އިންގްލެންޑުގެ ޖޫޑް ބެލިންހަމް ޖެހި ލަނޑުންނެވެ. ރެއާލް އިން ނަތީޖާ ހަމަހަމަ ކުރިތާ އެންމެ ދެ މިނެޓު ފަހުން، ބިލްބާއޯ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި އަނެއްކާ ވެސް ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ގޯކާ ގުރުޒެޓްކާ އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

ބައްޔާއެކު ރެއާލް ދެ ވަނައިގައި އޮތީ 15 މެޗުން 33 ޕޮއިންޓާ އެކު އެވެ. މިއީ މި ސީޒަންގެ ސްޕެނިޝް ލީގުގައި ރެއާލްގެ ދެ ވަނަ ބައްޔެވެ. އެއް ވަނައިގައި ވާދަވެރި ބާސެލޯނާ އޮތީ 16 މެޗުން 37 ޕޮއިންޓާ އެކު އެވެ.

ސްޕެނިޝް ލީގުއެތުލެޓިކް ބިލްބާއޯރެއާލް މެޑްރިޑްކީލިއަން އެމްބާޕޭ

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

4

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

5

ޗައިނާގެ އިންޒާރުތަކަށް ބެލުމެއްނެތި އެމެރިކާއިން ޓައިވާނަށް އާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ފަށައިފި

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2026

އެތުލެޓިކޯގެ އަތް ދަށުވެ، ރެއާލް ފަހަތަށް

21 ސެޕްޓެމްބަރު 2026
އެތުލެޓިކޯގެ އަތް ދަށުވެ، ރެއާލް ފަހަތަށް
20 ސެޕްޓެމްބަރު 2026

ރަފީނިއާގެ ހެޓްރިކް އިން މޮޅުވެ، ބާސެލޯނާ ފޯމުގައި

20 ސެޕްޓެމްބަރު 2026
ރަފީނިއާގެ ހެޓްރިކް އިން މޮޅުވެ، ބާސެލޯނާ ފޯމުގައި
17 ސެޕްޓެމްބަރު 2026

ރަފީނިއާގެ ހެޓްރިކުން މޮޅުވެ، ބާސެލޯނާ އަށް ހަތް ލަނޑުގެ މޮޅެއް

17 ސެޕްޓެމްބަރު 2026
ރަފީނިއާގެ ހެޓްރިކުން މޮޅުވެ، ބާސެލޯނާ އަށް ހަތް ލަނޑުގެ މޮޅެއް
16 ސެޕްޓެމްބަރު 2026

ފަހު ވަގުތު އެލްޗޭ އަތުން ރެއާލް އަށް އުނދަގޫ މޮޅެއް

16 ސެޕްޓެމްބަރު 2026
ފަހު ވަގުތު އެލްޗޭ އަތުން ރެއާލް އަށް އުނދަގޫ މޮޅެއް
14 ސެޕްޓެމްބަރު 2026

ޔަމާލްގެ ދެ ލަނޑުން މޮޅުވެ، ބާސެލޯނާ އަށް ތިން ޕޮއިންޓުގެ ލީޑެއް

14 ސެޕްޓެމްބަރު 2026
ޔަމާލްގެ ދެ ލަނޑުން މޮޅުވެ، ބާސެލޯނާ އަށް ތިން ޕޮއިންޓުގެ ލީޑެއް
13 ސެޕްޓެމްބަރު 2026

އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ރެއާލް އަށް ހަމަޖެހުމެއް

13 ސެޕްޓެމްބަރު 2026
އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ރެއާލް އަށް ހަމަޖެހުމެއް
09 ސެޕްޓެމްބަރު 2026

އިންޓަރ ބަލިކޮށް، ރެއާލްގެ ފެށުން ވެސް ރަނގަޅުކޮށްފި

09 ސެޕްޓެމްބަރު 2026
އިންޓަރ ބަލިކޮށް، ރެއާލްގެ ފެށުން ވެސް ރަނގަޅުކޮށްފި
07 ސެޕްޓެމްބަރު 2026

ބޮޑު މޮޅާ އެކު ބާާސެލޯނާ އަށް ދެ ޕޮއިންޓުގެ ލީޑެއް

07 ސެޕްޓެމްބަރު 2026
ބޮޑު މޮޅާ އެކު ބާާސެލޯނާ އަށް ދެ ޕޮއިންޓުގެ ލީޑެއް
05 ސެޕްޓެމްބަރު 2026

ބެޓިސް އިން ރެއާލް ބަލިކޮށްފި

05 ސެޕްޓެމްބަރު 2026
ބެޓިސް އިން ރެއާލް ބަލިކޮށްފި
01 ސެޕްޓެމްބަރު 2026

ފަހަތުން އަރައި ވަޔެކާނޯ ބަލިކޮށް، ބާސެލޯނާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

01 ސެޕްޓެމްބަރު 2026
ފަހަތުން އަރައި ވަޔެކާނޯ ބަލިކޮށް، ބާސެލޯނާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް