Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑިމޮކްރެޓްސް ޖަލްސާ

ރައީސް މުއިއްޒު 24 ގަޑީއިރު ހުންނަވަނީ ޚިދުމަތުގައޭ ބުނާ ފަރާތްތަކަށް ފިރުޝާންގެ ރައްދު: ނޫން، 24 ގަޑީއިރު ހުންނަވަނީ ވައްކަމެއް ކޮށްލެވޭތޯ، ދޮގެއް ހެދޭތޯ

ތިންބާރު ވަކިވެފައިވާ ގާނޫނުއަސާސީ މިއަދުގެ ސަރުކާރުން ޕެރެލައިޒްކޮށްލައިފި

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2024 | ބުރާސްފަތި 05:36
ހުސެއިން ފިރުޝާން މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު

ހުސެއިން ފިރުޝާން މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު

ސައުވީސް ގަޑީއިރު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހުންނަވަނީ ޚިދުމަތުގައި ކަމަށް ބުނެ ޓްވީޓް ކުރައްވާ ފަރާތްތަކަށް މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ފިރުޝާން ރައްދު ދެއްވައިފިއެވެ.

ޤާނޫނުއަސާސީގެ ދިފާޢުގައި، ބުދަ ދުވަހުގެ ރޭ ދަ ޑިމޮކްރެޓިސް އިން ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން ފިރުޝާން ވިދާޅުވީ، ރައީސް މުއިއްޒު ގަޑިއަށް ބައްލަވައިގެން ހުންނަވާ ފޮޓޯއެއް އެ ޕާޓީގެ މެމްބަރުން ޓްވީޓްކޮށް އެމަނިކުފާނު ހުންނަވަނީ 24 ގަޑީއިރު، ޚިދުމަތުގައޭ ބުނާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށާއި، ހަގީގަތުގައި އެމަނިކުފާނު އެ ހުންނަވަނީ 24 ގަޑީއިރު، ވައްކަމެއް ކޮށްލެވޭނެ ގޮތެއް ބައްލަވަން ކަމަށެވެ.

ފިރުޝާން އިތުރަށް ވިދާޅުވީ، ގާނޫނުއަސާސީ ދިވެހި ރައްޔިތުން ހޯދީ ވަރަށް މަސައްކަތުން ކަމަށާއި، އެހެން ކަމުން އެ ނިގުޅައި ނުގަނެވޭނެ ކަމަށެވެ. އަދި އެޖާގަ ނުދޭނެ ކަމަށާއި، ގުޅެންޖެހުނު ކޮންމެ ބަޔަކާ ގުޅިގެން ވެސް މި ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށެވެ. ޑިމޮކްރެޓްސް އަކީ ކިތައްމެ ކުޑަ ޕާޓީއަކަށް ވީ ނަމަވެސް އެޕާޓީގެ އަޑު ގަދަވާނެ ކަމަށެވެ.

"އެ ހިތްވަރު ހުންނާނެ، އަޒުމެއް ނުގުޑާނެ. ސާބިތު ކަމާއެކު މި ހަރާކާތުގައި ތިއްބަވާނެ." ފިރުޝާން ވިދާޅުވިއެވެ.

ފިރުޝާން ވިދާޅުވި ގޮތުގައި ތިންބާރު ވަކިވެފައިވާ ގާނޫނުއަސާސީ މިއަދުގެ ސަރުކާރުން ޕެރެލައިޒްކޮށްލައިފި އެވެ. ރައީސް މުއިއްޒު އިސްވެ ހުންނަވައިގެން މި ގައުމުގައި އެތުރިފައި އޮތް ޑިމޮކްރެޓިކް ނިޒާމް ފުނޑާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ފިރުޝާން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މިއަދުގެ ސަރުކާރުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ވާހަކަތައް ފާހަގަކުރައްވާ ފިރުޝާން ވަނީ ފަތުރުވެރި ކަމުގެ ދާއިރާ ހަލާކުކޮށްލަން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ވާހަކަ ފާހަގަކޮށްފައެވެ. އެގޮތުން ފިރުޝާން ވިދާޅުވީ، ތަރައްގީވަމުން އަންނަ ގައުމެއްގައި ބައިވަރު ކަންކަން ބަދަލުވެގެން ދާނެ ކަމަށް އަމިއްލަ އަށް ވެސް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ވިޔަފާރިވެރިންނާ ޖެހިގަނެގެން މިކުރަން ދިމާކުރާ މަސައްކަތަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ފިރުޝާން ވިދާޅުވިއެވެ.

ފިރުޝާން އެ އިޝާރާތް ކުރެއްވީ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ހޮޓާތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހޭ ގޮތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލި ގަވައިދަށެވެ. އެ ގަވައިދާ ގުޅިގެން ވިޔަފާރިވެރިން ފޮނުވި ކަންބޮޑުވުންތަކުގެ ސިޓީތަކަށް ރަސްމީ ޖަވާބެއް ނުދެއްވާ ރައީސުލްޖުމްހޫރިއްޔާ ސިޔާސީ ހަރަކާތެއްގައި ހުންްނަވައިގެން ވިދާޅުވީ ގަވައިދު ބަދަލު ނުކުރައްވާނެ ކަމަށެވެ. އަދި އޭގެ ފަހުން އެމްއެމްއޭ ގެ ގަވަނަރު އަހްމަދު މުނައްވަރު ވެސް ވަނީ އެ ވާހަކަ ތަކުރާރު ކުރައްވާފައެވެ. ނަމަވެސް ރައީސް ބަދަލު ނުކުރައްވާނަމޭ ވިދާޅުވި ގަވައިދަށް ގާނޫނެއްގެ ސިފަ ޖެއްސެވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން މިއަދު ތިބީ ބިރުވެރި ކަމެއްގައި ކަމަށާއި، އަންނަ އޮފް ސީޒަނުގައި ރިސޯޓްތައް ބަންދުކޮށްލަފާނެތީ އެކަމުގެ ބިރުގައި ކަމަށް ފިރުޝާން ވިދާޅުވިއެވެ. ފިރުޝާން ފާހަގަ ކުރެއްވި ގޮތުގައި ހަރުދަނާ އުސޫލު ހެއްދެވުމުން އެކަމަށް މަރުހަބާ ކިޔާނެއެވެ.

ރާއްޖޭގެ ރައްޔިތުންނަށް މިއަދު ޖެހިފައިވާ ނިކަމެތި ހާލަތަކީ ދުވަހަކު ނުޖެހޭ ހާލެއް ކަމަށާއި، އަތުގަ ޚަރަދު ކުރާނެ ލޯ ލާރިއެއްވެސް ނެތް ހިސާބަށް ކަންކަށް ގޮސްފައިވާ ކަމަށް ފިރުޝާން ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްޤާނޫނުއަސާސީގެ ދިފާއުގައިހުސެއިން ފިރުޝާން، މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑިމޮކްރެޓްސްގެ މެމްބަރުން އައުމުން އެމްޑީޕީ ވާނީ ވަރުގަދަ، މާޒީ އަށް ނުބަލާ ދާންވީ އެކުގައި ކުރިއަށް - ރައީސް ޞާލިހު

ޑިމޮކްރެޓްސްގެ މެމްބަރުން އައުމުން އެމްޑީޕީ ވާނީ ވަރުގަދަ، މާޒީ އަށް ނުބަލާ ދާންވީ އެކުގައި ކުރިއަށް - ރައީސް ޞާލިހު

26 ޖޫން 2025
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

24 ޖޫން 2025
ސުލްހަވެރި އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް ވަގުތުން މިނިވަންކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި

ސުލްހަވެރި އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް ވަގުތުން މިނިވަންކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި

01 މެއި 2025
ސުޕްރީމް ކޯޓަށް އަމާޒު ކޮށް ސަރުކާރުން މިހާރު އަމަލު ކުރަމުން ގެންދާ ގޮތް ދަ ޑިމޮކްރެޓްސް އިން ކުށްވެރި ކޮށްފި

ސުޕްރީމް ކޯޓަށް އަމާޒު ކޮށް ސަރުކާރުން މިހާރު އަމަލު ކުރަމުން ގެންދާ ގޮތް ދަ ޑިމޮކްރެޓްސް އިން ކުށްވެރި ކޮށްފި

26 ފެބުރުއަރީ 2025
"ރައްޔިތުންގެ މަޖިލީސް ހުޅުވާދުވަހު އެއްވަނީ ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް، ރައްޔިތުންގެ ބާރު ހޯދަން"

"ރައްޔިތުންގެ މަޖިލީސް ހުޅުވާދުވަހު އެއްވަނީ ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް، ރައްޔިތުންގެ ބާރު ހޯދަން"

05 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު