Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވަގު ފޯރމްގެ މައްސަލަ

ވަގު ފޯރމްގެ މައްސަލަ - "މިއީ ޑިމޮކްރެޓިކް ނިޒާމަށާއި ޕާޓީ ނިޒާމަށް ދޭ އަނިޔާއެއް"

ވަގުފޯރމް ފުރައިގެން ޕީއެންސީ އަށް ދަ ޑިމޮކްރެޓްސްގެ މެމްބަރުން ވައްދާފައިވާ މައްސަލައިގައި އާދިއްތަ ދުވަހު ދަ ޑިމޮކްރެޓްސް އިން އިލެކްޝަންސް ކޮމިޝަނަށާއި ފުލުހުންނަށް މައްސަލަ ވަނީ ހުށަހަޅާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2025 | އާދީއްތަ 10:40
ޑިމޮކްރެޓްސް އިން ވަގުފޯމްގެ މައްސަލަ ހުށަހެޅުމަށް ފުލުހުންގެ އިދާރާއަށް ދިއުން

ޑިމޮކްރެޓްސް އިން ވަގުފޯމްގެ މައްސަލަ ހުށަހެޅުމަށް ފުލުހުންގެ އިދާރާއަށް ދިއުން

ވަގުފޯރމް ފުރައިގެން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެމްބަރުން ވެއްދުމަކީ މިއީ ޑިމޮކްރެޓިކް ނިޒާމަށާއި ޕާޓީ ނިޒާމަށް ދޭ އަނިޔާއެއް ކަމަށް ދަ ޑިމޮކްރެޓްސްގެ ވަގުތީ ރައީސް އަދި މަޖިލީހުގެ ކުރީގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ވަގުފޯރމް ފުރައިގެން ޕީއެންސީ އަށް ދަ ޑިމޮކްރެޓްސްގެ މެމްބަރުން ވައްދާފައިވާ މައްސަލައިގައި އާދިއްތަ ދުވަހު ދަ ޑިމޮކްރެޓްސް އިން އިލެކްޝަންސް ކޮމިޝަނަށާއި ފުލުހުންނަށް މައްސަލަ ވަނީ ހުށަހަޅާފައެވެ.

Advertisement - newsAdvertisement

ފުލުހަށް މައްސަލަ ހުށަހެޅުމަށް ފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފިރުޝާން ވިދާޅުވީ އެ ޕާޓީގެ 700 އެއްހާ މެމްބަރުން އުސޫލާއި ޚިލާފަށް ޕީއެންސީ އަށް ވައްދާފައިވާ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެކަން ޖިނާއީ މައްސަލަ އެއްގެ ގޮތުގައި ބަލާދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށާއި މި މައްސަލައިގައި ފުލުހުންގެ އެއްބާރުލުން ދޭނެ ކަމަށް ފުލުހުން ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފިރުޝާން ވިދާޅުވީ އީސީން ފޯރުކޮށްދޭ ޑޭޓާ އަށް ބަލާލުމުން ނިމިދިޔަ އޮގަސްޓުން ފެށިގެން އެއްފަހަރާ ގިނަ ބަޔަކު ޕާޓީން ކެނޑި ޕީއެންސީ އަށް ވަންނަ މައްސަލަ ފާހަގަވި ކަމަށެވެ. އަދި ޕާޓީން ބެލި ބެލުމުން އެކަން ހިނގަނީ މެމްބަރުންނަށް ނޭނގިކަން ހާމަވެފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ފިރުޝާން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ އަކީ ވަރަށް ސީރިއަަސް މައްސަލަ އެއް ކަމަށާއި މިއީ ޖިނާއީ މައްސަލަ އެއްގެ ގޮތުގައި ބަލާ ވީ އެންމެ އަވަހަކަށް މި ޖަރީމާ ހިންގި މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ފިރުޝާން ވިދާޅުވީ ޕީއެންސީ އަށް މީހުން އިތުރުކުރަމުން ދަނީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ އޮޅުވާލައިގެން ހޯދުމުގެ ބޭނުމުގައި ކަމަށް ޝައްކު ކުރެވޭ ކަމަށެވެ. އަދި ޕީއެންސީ އަށް މެމްބަރުން ވައްދަމުންދަނީ ޑީއެންއާރުގެ ޑޭޓާ ބޭނުންކޮށްގެން ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.

މީގެ އިތުރުން ޑިމޮކްރެޓްސް ޤާނޫނީ ވަކީލް ވިދާޅުވީ މި މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ހުށަހަޅަން ނިންމީ ފިންގަރޕްރިންޓް ވެރިފައިކޮށް، މި މައްސަލަ ހިނގި ގޮތް ތަހުގީގުން ހޯދޭނެ ކަމަށް ޤަބޫލުކުރެވޭތީ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފަށް މެމްބަރުން ވައްދާފައިވާ މައްސަލައިގެ އަސްލު ހޯދުމަށް ބޭނުންވާތީ މައްސަލަ ފުލުހަށް ހުށަހެޅުމަށް ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ. ލިޔެކިޔުންތައް ފޯރޖްކުރުމަކީ ޤާނޫނުލްއުޤޫބާތުގެ ދަށުން ކުށެއް ކަމަށާއި އެ މައްސަލަ ބަލާ ސީރިއަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު ފުލުހަށް ޑިމޮކްރެޓްސްއިން މައްސަލަ ހުށަހެޅީ އެ ޕާޓީގެ މެންބަރުންގެ އިތުރުން ވެސް ޕީއެންސީއަށް ވަގަށް ވައްދާފައިވާ މީހުންގެ މައްސަލަ ސީރިއަސް މައްސަލައެއްގައި ގޮތުގައި ބަލައި ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް އެދި ކަމަށެވެ.

ހުސެއިން ފިރުޝާން، މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރުޕީއެންސީގެ ވަގު ފޯމުގެ އޮޅުވާލުންމޯލްޑިވްސް ޕޮލިސް ސަރވިސްއިލެކްޝަންސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު