Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަރަންސޭސި ވިލާތް

ފްރާންސްގެ ސަރުކާރު ވެއްޓުމާ ދިމާލަށް

އިތުބާރު ނެތްކަމުގެ ހުށަހެޅުމެއް ފާސްވުމަށް މަދުވެގެން ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 574 މެމްބަރުންގެ ތެރެއިން 288 މެމްބަރުންގެ ވޯޓު ބޭނުންވެއެވެ. އެ އަދަދަށް ވޯޓު ލިބޭނެ ކަމަށް މައްސަލަ ހުށަހެޅި ފާޓީތަކުން ދެކެއެެވެ.

ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2024 | ބުދަ 14:20
ފަރަންސޭސި ބޮޑު ވަޒީރު މިޝޭލް ބާނިއޭ (ވ)

ފަރަންސޭސި ބޮޑު ވަޒީރު މިޝޭލް ބާނިއޭ (ވ)

ގާނޫނު ހަދާ މަޖިލީހުގެ ހުއްދަ ނެތި، ބަޖެޓު ގައި ހިމެނުއްވި އިސްލާހީ ފިޔަވަޅު ތަކާ ގުޅިގެން ފަރަންސޭސި ބޮޑު ވަޒީރު މިޝޭލް ބާނިއޭ އަށް އިތުބާރު ނެތް ކަމުގެ ވޯޓަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފިއެވެ. 

ބުދަ ދުވަހު ގެ ވޯޓުގައި ބޮޑު ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސް ވެއްޖެ ނަމަ، އެއީ ފާއިތުވެ ދިޔަ 60ށް ވުރެ ގިނަ އަހަރުގެ ތެރޭގައި ފްރާންސްގެ ސަރުކާރެއް މިގޮތަށް ވައްޓާލެވޭ ފުރަތަމަ ފަހަރު ކަމުގައި ވާނެއެވެ.

އިތުބާރު ނެތް ކަމުގެ ވޯޓު ހުށަހަޅާފައިވަނީ ވާތުފިޔައިގެ ޕާޓީތަކާއި ހައްދުފަހަނައަޅާފައިވާ ކަނާތު ފިޔައިގެ ޤައުމިއްޔަތު ޕާޓީތައް ގުޅިގެންނެވެ. އެ ހުށަހެޅުމަށް ބަހުސްކުރުމަށް ފަހު ނެޝަނަލް އެސެމްބްލީ ގައި ބުދަ ދުވަހު ވޯޓު ނަގަން ހަމަޖެހިފައިވެއެވެ. މި ދެ ފަރާތުގެ ޖުމްލަ މެންބަރުންގެ އަދަދު 330 އަށްވުރެ ގިނަ އިރު، އިތުބާރު ނެތްކަމުގެ ހުށަހެޅުމެއް ފާސްވުމަށް މަދުވެގެން ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 574 މެމްބަރުންގެ ތެރެއިން 288 މެމްބަރުންގެ ވޯޓު ބޭނުންވެއެވެ. 

ފަރަންސޭސި ސަރުކާރު ވެއްޓުމުގެ ފުރުސަތު އޮތުމާއެކު، ރައީސް އިމެނުއެލް މެކްރޯން ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު ގައުމަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.

އިތުބާރު ނެތް ކަމުގެ ވޯޓަކާ ކުރިމަތިލައްވަން ޖެހުނު އިރު ބާނިއޭ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވިތާ އަދި މިވީ ގާތްގަނޑަކަށް އެންމެ ތިން މަސް ދުވަހެވެ.

ފްރާންސްފްރާންސްގެ ބޮޑުވަޒީރު މިޗެލް ބާނިއޭ

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ
27 ނޮވެމްބަރު 2025

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
26 ނޮވެމްބަރު 2025

ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

26 ނޮވެމްބަރު 2025
ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު