Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް ޖަލްސާ ކެންސަލް ކުރުން

މިއަދު ބާއްވަން ތާވަލް ކުރި މަޖިލިސް ޖަލްސާ ކެންސަލް ކޮށްފި

މިދައުރު 15 ޑިސެންބަރަށް ވަނީ ދިގު ދަންމާލާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 4 ޑިސެމްބަރު 2024 | ބުދަ 06:05
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ބުދަ ދުވަހު ބާއްވަން ތާވަލް ކުރި ރައްޔިތުން މަޖިލީހުގެ ޖަލްސާ ކެންސަލް ކޮށްފިއެވެ.

ޖަލްސާ ކެންސަލް ކުރުމާއި ގުޅިގެން މަޖިލީހުގެ އޮފިޝަލް ވިދާޅުވީ ދެން ޖަލްސާއެއް އޮންނަނީ 9 ޑިސެންބަރު 2024 ވާ ހޯމަ ދުވަހު ކަމަށެވެ. ޖަލްސާ ކެންސަލް ކުރި އިތުރު ސަބަބެއް ހާމަކޮށްފައިނުވެއެވެ.

އަންގާރަ ދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ބުދަ ދުވަހުގެ ހެނދުނު 9:00ގައި ޖަލްސާ އޮންނާނެކަން ވެސް އިއުލާން ކުރައްވާފައެވެ.

މަޖިލީހުން ނިންމަން ޖެހޭ ގިނަ މަސައްކަތްތައް ހުރި ކަމަށް ބުނެ، މިދައުރު ޑިސެންބަަރު މަހުގެ 15 އަށް ވަނީ ދިގު ދަންމާލާފައެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރުއާ ސުވާލުކުރެއްވުމާއި، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހަޅުއްވާފައިވާ، ޓޫރިސްޓް ރިޒޯޓް އަދި ހޮޓާތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ތަބާވާންޖެހޭ ގްރޫމިންގ އަދި ހެދުންއެޅުމުގެ އުސޫލުތައް ހުރި ގޮތުގެ ސަބަބުން، ބުރުގާ އެޅުމަށާއި، ޑީސެންޓްކޮށް ތުނބުޅި މަތިމަސް ބެހެއްޓުމަށް، މުވައްޒަފުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ ގްރޫމިންގ އަދި ހެދުންއެޅުމުގެ ޢާންމު މިންގަނޑެއް ނުވަތަ އުސޫލެއް އެކުލަވާލުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވާފައިވެއެވެ. އަދި ސަރުކާރުގެ ފަރާތުން، ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ހުށަހަޅުއްވާފައިވާ، (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން ސަރުކާރުގެ ފަރާތުން، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާއު ހުށަހަޅުއްވާފައިވާ، ބަންޑާރަނައިބުގެ އޮފީހުގެ ބިލުގެ އިބްތިދާއީ ބަހުސް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މަޖިލިސް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް
05 ނޮވެމްބަރު 2025

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް
28 އޮކްޓޯބަރު 2025

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި
27 އޮކްޓޯބަރު 2025

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު
22 އޮކްޓޯބަރު 2025

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

22 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު