Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރ މިއާމީ

މިއާމީގެ ކޯޗަކަށް މަޝެރާނޯ

މިއީ މާޝެރާނޯގެ ކޯޗިން ކެރިއަރުގައި އޭނާ ކުލަބަކަށް އިރުޝާދު ދޭނެ ފުރަތަމަ ފަހަރެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޑިސެމްބަރު 2024 | އަންގާރަ 04:53
އިންޓަ މިއާމީގެ ކޯޗަަކަށް ހަމަޖެއްސި ހަވިއޭ މަޝެރާނޯ

އިންޓަ މިއާމީގެ ކޯޗަަކަށް ހަމަޖެއްސި ހަވިއޭ މަޝެރާނޯ

އެމެރިކާގެ އިންޓަރ މިއާމީގެ ކޯޗަކަށް، އާޖެންޓީނާގެ ހަވިއޭ މަޝެރާނޯ ހަމަޖައްސައި، އެ ކުލަބާ ރަސްމީކޮށް އޭނާ ހަވާލުވެއްޖެ އެވެ.

މިއާމީގެ ކޯޗުކަމުގެ މަގާމުގައި އެންމެ ފަހުން ހުރީ އާޖެންޓީނާގެ ޖެރާޑޯ މާޓިނޯ އެވެ. އެ މަގާމަށް އޭނާ ހަމަޖެއްސީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. މިއާމީ އާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވާ، މާޓިނޯ ވަނީ އަމިއްލަ ސަބަބަކާ ހުރެ އެ ޓީމުގެ ކޯޗުކަމުން ވަކިވާން ނިންމައިފަ އެވެ.

އިންޓަރ މިއާމީން އެ ޓީމުގެ ކޯޗަކަށް މާޝެރާނޯ ހަމަޖައްސާފައި ވަނީ މީގެ ދުވަސް ކޮޅެއް ކުރިންނެވެ. މިހާރު މިއާމީން ވަނީ އެކުލަބުގެ ކޯޗުގެ ގޮތުގައި ރަސްމީކޮށް މާޝެރާނޯ ދައްކާލައިފަ އެވެ. އެ ކުލަބާ އޭނާ ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން 2027 ވަނަ އަހަރުގެ މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ ނިޔަލަށް އޭނާ އެ ކުލަބަށް އިރުޝާދު ދޭނެ އެވެ. މިއީ މާޝެރާނޯގެ ކޯޗިން ކެރިއަރުގައި އޭނާ ކުލަބަކަށް އިރުޝާދު ދޭނެ ފުރަތަމަ ފަހަރެވެ. 2022 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި މާޝެރާނޯ މީގެ ކުރިން އިރުޝާދު ދީފައި ވަނީ އާޖެންޓީނާގެ ޒުވާާން ޤައުމީ ޓީމަށެވެ.

މާޝެރާނޯ އިންޓަރ މިއާމީއާ ހަވާލުވެފައިވާއިރު، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަކީ މާޝެރޯނާ އާއެކު އާޖެންޓީނާގެ ޤައުމީ ޓީމުގައި ކުޅެފައިވާ ދެ ކުޅުންތެރިންނެވެ. އޭނާ ވަނީ އާޖެންޓީނާ ޤައުމީ ޓީމަށް 147 މެޗު ކުޅެދީ، ތިން ލަނޑު ޖަހައިފަ އެވެ. 2003 ވަނަ އަހަރު އޭނާ އަށް ޤައުމީ ޓީމުން ޖާގަ ލިބުނުއިރު، 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕަށް ފަހު އޭނާ ވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި
23 މެއި 2017

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކޮންޓޭ

23 މެއި 2017
ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކޮންޓޭ
23 މެއި 2017

ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ

23 މެއި 2017
ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ
02 މެއި 2017

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ
09 އެޕްރީލު 2017

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު