Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެންސްޕާގެ ކޮރަޕްޝަންގެ ތުހުމަތު

އެންސްޕާގެ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ވާހަކަ ދައްކަން ފެށުމުން ރިޔާސަތުން އެކަމަށް ތަކުރާރުކޮށް އެޅީ ހުރަސް

ހޯމަ ދުވަހު މަޖިލީހުގައި އެންސްޕާގެ ކޮރަޕްޝަންގެ ވާހަކަ ދައްކަން ފެށުމުން ރިޔާސަތުން އެކަމަށް ތަކުރާރުކޮށް ވަނީ ހުރަސްއަޅާފައެވެ. މިއީ މަޖިލީހުގެ އުސޫލުތަކާއި ވެސް ޚިޔާފު އަމަލެކެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2024 | ހޯމަ 14:46
މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް

ހޯމަ ދުވަހު މަޖިލީހުގައި އެންސްޕާގެ ކޮރަޕްޝަންގެ ވާހަކަ ދައްކަން ފެށުމުން ރިޔާސަތުން އެކަމަށް ތަކުރާރުކޮށް ވަނީ ހުރަސްއަޅާފައެވެ. މިއީ މަޖިލީހުގެ އުސޫލުތަކާއި ވެސް ޚިޔާފު އަމަލެކެވެ.

ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާ ހިންގަން ނަގާފައިވާ އިމާރާތުގައި ޓީވީއެއް ހިންގާތީ ހުށަހަޅާފައިވާ ކުއްލި މައްސަލަ ވެސް ހޯމަ ދުވަހު ވަނީ ބޭރުކޮށްލާފައެވެ. އެ މައްސަލަ އަކީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އޮފީސް ހިންގުމަށްޓަކައި ކުއްޔަށް ނަގާފައިވާ އިމާރާތުގެ ދެ ފްލޯގައި މޯލްޑިވްސް މީޑިއާ ހައުސް ޕްރައިވެޓް ލިމިޓެޑްއިން "އެމްއެމްޓީވީ" ގެ ނަމުގައި މީޑިއާއެއް ހިންގާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައެކެވެެ. އެ މައްސަލަ ހުށަހެޅީ ހޯމަ ދުވަހުއެވެ. މި ހުށަހަޅުއްވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

އެ ކުއްލި މައްސަލަ ޝަރުތު ހަމަނުވާކަމަށް ނިންމުމަށް ފަހު ވަނީ ބޭރުކޮށްލާފައެވެ. އެހެންނަމަވެސް ހޯމަ ދުވަހު ކޮޕީރައިޓްގެ ޤާނޫނަށް ވާހަކަދައްކަވަމުން މީކާއިލް ވަނީ އެންސްޕާއިން ވެފައިވަނީ ޚިޔާނާތެއް ކަަމަށް ފާހަގަކުރައްވާ އެކަމާއި ދެކޮޅަށް އަޑު އުފުއްލަވާފައެވެ. އެންސްޕާގެ ކޮރަޕްޝަންގެ ވާހަކަ މީކާއިލް ދައްކަވަން ފެއްޓެވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އޭނާގެ ވާހަކަ ހުއްޓުވާފައެވެ. މީކާއިލް ވަނީ ކޮޕީރައިޓް ޤާނޫނުވެސް ގުޅެނީ ޚިޔާނާތާއި ކަމަށް ވިދާޅުވެފައެވެ. އެންސްޕާ ފޭރިގެން ނުވާނެ ކަމަށް މީކާއިލް ވިދާޅުވިއެވެ. މީކާއިލްގެ ވާހަކަ އަށް ލިބެން ޖެހޭ 4 މިނިޓް ފުރިހަމަ ނުވަނީސް އޭނާގެ މައިކުން ވަނީ އަޑު ކަނޑާލާފައެވެ. އެކަން މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެނައުމުން އަބްދުއްރަހީމް ވިދާޅުވި މަޖިލީސް ކުރިއަށް ގެންދަނީ އުސޫލާއި އެއްގޮތަށް ކަމަށެވެ. މީކާއިލްގެ ވާހަކަ އަށް ފުރުސަތު ނުދެއްވުމުން މީކާއިލް ވަނީ އެހެން މެމްބަރުންގެ ވާހަކަ ކުރިއަށް ގެންދަނިކޮށް ވެސް ނިޒާމީ ނުކުތާ ނަންގަވައިގެން އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭގެ ފަހުން މީކާއިލް އަށް ފުރުސަތު ދެއްވުމަށް ފަހު ވެސް ވަކި ގޮތަކަށް ވާހަކަ ކުރިއަށް ނުގެންދިއުމުން ވާހަކަ މެދުުކަނޑާލާފައި އަލުން މީކާއިލްގެ ވާހަކަ އަށް ފުރުސަތު ދިނުމަށް އަބްދުއްރަހީމް ވަނީ ދެކޮޅުހައްދަވާފައެވެ.

މިއީ މަޖިލީހުގައި ފަހަކަށް އައިސް އާއްމުވަމުން އަންނަ ކަމެކެވެ. ތިމާމެން ނުރުހޭ ވާހަކައެއް ދައްކާ ނަމަ އެ ވާހަކަ ހުއްޓުވަނީއެވެ. މީކާއިލްގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވެސް ވަނީ ސަރުކާރުގެ ކިބައިގައި އަޑު އެހުމުގެ ޤާބިލްކަން ނެތްކަމަށް ފާހަގަކުރައްވާފައެވެ. އަދި އެންސްޕާ މެދުވެރިކޮށް ހިންގާ ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ އަމަލުތަކާއި މެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ޒިޔާދުގެ ވާހަކައަށް ވެސް ރިޔާސަތުންނާއި، ޕީއެންސީގެ މެމްބަރުން ވަނީ ތަކުރާރުކޮށް ހުރަސްއަޅާފައެވެ.

މިއަދު މަޖިލީހުގައި އޮތް މެޖޯރިޓީ ބޭނުންކޮށްގެން ޕީއެންސީގެ ކުލަ ނެތް ކޮންމެ މައިކެއްގެ އަޑު ކަނޑުވާލާ މަޑުކޮށްލަނީއެވެ. އެކަން ވެސް ތިމާމެން ކުރީމަ އޯކޭއެވެ. ކޮރަޕްޝަނާއި ޚިޔާނާތުގެ ވާހަކަ ދެއްކީމަ ކެތް ނުކުރެވޭނަމަ އެކަން ނުކުރެއްވީމަ، އެ ތުހުމަތުތައް ސާފުކޮށްދެއްވީމަ އެ ވާހަކަތައް ނިމިދާނެއެވެ. އެކަމަށް އޮތް ގޮތަކީ މެމްބަރުންގެ ވާހަކަ އަސް ހުރަސްއެޅުމެއް ނޫނެއް ނޫންތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

08 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު